Last Updated: 5 hour 5 minutes ago

ފެންނަ ނުފެންނަ ވޯޓާއި މޭޔަރު ގޮނޑިތައް ސަރުކާރަށް ގެއްލި، އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް

ބުލޮގު ޚުލާސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް އިންތިޚާބުގެ ކަވަރޭޖަށް މަރުޚަބާ.

23:28

ވޯޓު ގުނުން ކުރިއަށް ދަނީ -- ސަން ފޮޓޯ

ވޯޓު ގުނުން ކުރިއަށް ދަނީ -- ސަން ފޮޓޯ

22:36

މިހާތަނަށް ލިބުނު ނަތީޖާއިން ދައްކާ ގޮތުން، ތިނަދޫ ސިޓީގައި ވެސް، އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ މޭޔަރު ވަނީ ކުރި ހޯއްދަވަން ފައްޓަވައިފައި. ވަގުތީ ނަތީޖާ:

  • ޕީއެންސީ ކެންޑިޑޭޓް މުހައްމަދު އަޖީބު: 49.8 ޕަސެންޓް
  • އެމްޑީޕީ ކެންޑިޑޭޓް ސައުދު އަލީ: 50.2 ޕަސެންޓް

https://boduninmun-2026.sun.mv/

21:58

ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދު ނެގި ވޯޓްގައި އެމްޑީޕީން ވަނީ ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފައި ކަމަށް. ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށެއްގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދިކަން ނަޝީދު އިއުލާން ކުރެއްވި.

21:29

މިހާތަނަށް ލިބުނު ނަތީޖާއިން މޭޔަރުންގެ ތެރެއިން ސަރުކާރަށް ކުރި ލިބެނީ ތިނަދޫ ސިޓީގެ މޭޔަރު ގޮނޑިން އެކަނި.

ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުޙައްމަދު އަޖީބު--
21:25 އަހުމަދު ސާއިލު އަލީ

މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން ފަސް ސިޓީގެ ތެރެއިން ހަތަރު ސިޓީގެ މޭޔަރުގެ އިންތިޚާބުގައި ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީން.

https://boduninmun-2026.sun.mv

20:48

މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ތިނަދޫ ސިޓީގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ މޭޔަރު ވަނީ ކުރި ހޯއްދަވަން ފައްޓަވައިފައި. ވަގުތީ ނަތީޖާ:

  • ޕީއެންސީ ކެންޑިޑޭޓް މުހައްމަދު އަޖީބު: 49.8 ޕަސެންޓް ވޯޓު
  • އެމްޑީޕީ ކެންޑިޑޭޓް ސައުދު އަލީ: 50.2 ޕަސެންޓް ވޯޓު
20:40
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓެއްގެ ނަތީޖާ އިއުލާންކުރި ވަގުތު، ފުލުހުން ހަރަކާތްތެރިވުން -- ސަން ފޮޓޯ/ ޙަސަން ހާފިޒް
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓެއްގެ ނަތީޖާ އިއުލާންކުރި ވަގުތު، ފުލުހުން ހަރަކާތްތެރިވުން -- ސަން ފޮޓޯ/ ޙަސަން ހާފިޒް
20:37 އަޙްމަދު އިޔާދު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު 'ސަން'އަށް ވިދާޅުވީ ހަތް ފޮށްޓެއްގެ ވޯޓުލުން އަދިވެސް ކުރިއަށްދާ ކަމަށް. އެގޮތުން 588 ފޮށީގެ ތެރެއިން މިހާތަނަށް 581 ފޮށި ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި.

20:25

މިހާތަނަށް ލިބުނު ނަތީޖާއިން ދެ އިންތިޚާބު އެއްކުރުމާ އާއްމުން ދެކޮޅު. އެގޮތުން "ސަން" އަށް 7 ފޮށީގެ ނަތީޖާ ލިބިފައިވާއިރު, އިންތިޚާބު އެއްކުރަން ފެންނަ ކަމަށް 532 މީހުން ވޯޓް ދިންއިރު ނުފެންނަ ކަމަށް ވޯޓް ދިނީ 1,152 މީހުން

20:24

މިހާތަނަށް ގުނައިފައިވާ ވޯޓުތަކުގެ ވަގުތީ ނަތީޖާއިން، މޭޔަރު ކަމުގެ ރޭހުގައި ކުރީގައި އުޅުއްވަނީ:

އައްޑޫ ސިޓީ ކައުންސިލް

އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ މޭޔަރު އަލީ ނިޒާރު

ފުވައްމުލަކު ސިޓީ ކައުންސިލް

އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ މޭޔަރު އިސްމާއީލް ރަފީގް

ކުޅުދުއްފުށީ ސިޓީ ކައުންސިލް

އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ މޭޔަރު މުހައްމަދު އާތިފް

މާލޭ ސިޓީ ކައުންސިލް

އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް

ތިނަދޫ ސިޓީ ކައުންސިލް

ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބް

މި ނަތީޖާ ބިނާވެފައިވަނީ މިހާތަނަށް ލިބިފައިވާ ވޯޓުފޮށިތަކުގެ ނަތީޖާއަށް ކަމަށްވުމުން، މި ނަތީޖާ ބަދަލުވުން އެކަށީގެންވޭ. އިތުރު ތަފުސީލް:

https://boduninmun-2026.sun.mv/

20:15

މޭޔަރުން ހޮވުމަށް ދީފައިވާ ވޯޓުތަކުގެ ވަގުތީ ނަތީޖާއާއި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ސަން އޮންލައިންގެ ޕޭޖްއިން ފެނިވަޑައިގަންނަވާނެ:

https://boduninmun-2026.sun.mv/

20:03

މިއަދަކީ ވަރަށް ހޫނުގަދަ ދުވަހެއް ކަމުން، ވޯޓުލާ މަރުކަޒުތައް ފިނިކުރުމަށް އީސީން ފިޔަވަޅުތައް އަޅައިފައިވޭ. ނަމަވެސް، ދިމާވެދާނެ ހާލަތަކަށް، ވޯޓުލާ މަރުކަޒުތައް ކައިރީގައި މޯލްޑިވްސް ރެޑް ކްރެސެންޓުން ހަރަކާތްތެރިވެފައިވޭ

19:55

މާލޭގެ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލްގައި ބަހައްޓައިފައި ހުރި ފޮށިން، މާލޭ ސިޓީ ކައުންސިލް މޭޔަރު ކަމަށް ދީފައިވާ ވޯޓުގެ ވަގުތީ ނަތީޖާ:

  • އަމިއްލަ ގޮތުން ވާދަކުރި އަހުމަދު އައިހަމް މުހައްމަދަށް ހަ ވޯޓު
  • އަމިއްލަ ގޮތުން ވާދަކުރި އިސްމާއީލް ޒަރިޔަންދަށް 73 ވޯޓު
  • އެމްޑީޕީގެ އާދަމް އާޒިމަށް 98 ވޯޓު
  • ޕީއެންސީގެ މޫސާ އަލީ ޖަލީލަށް 87 ވޯޓު
  • އެމްޑީއޭގެ އަބްދުﷲ މަހްޒޫމް މާޖިދަށް ތިން ވޯޓު
19:17

19:16

ސަން ސިޔާމް އޮޅުވެލީގައި ހުރި، ނ. ކުޑަފަރީ ފޮށީގެ ޑަބްލިޔުޑީސީ ވޯޓު:

  • އެމްޑީއޭގެ ފާއިގާ ވަހީދަށް ހަ ވޯޓު
  • ޕީއެންސީގެ އާއިޝަތު ޝަފާޒާއަށް ވޯޓެއް ނުލިބޭ
19:15

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ: މާފަންނު މެދު 1

ފެންނަ ކަމަށް: 100 ވޯޓު

ނުފެންނަ ކަމަށް: 03 ވޯޓު

19:13

ވިލާ ނޮޓިކާ ޕެރެޑައިސްގައި ހުރި، ފުވައްމުލަކު ސިޓީގެ ފޮށިން މޭޔަރަށް ދިން ވޯޓުގެ ވަގުތީ ނަތީޖާ:

  • އެމްޑީޕީގެ އިސްމާއީލް ރަފީގަށް 5 ވޯޓު
  • ޕީއެންސީގެ އަލީ މަސީހަށް ވޯޓެއް ނުލިބޭ
19:11

ވިލިމާލޭ އިޖުތިމާއީ މަރުކަޒުގައި ބެހެއްޓި ފޮށިން، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ވޯޓު:

  • 50 ވޯޓު ފެންނަ ކަމަށް
  • 2 ވޯޓު ނުފެންނަ ކަމަށް
19:09

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ: ހެންވޭރު އުތުރު 2:

ފެންނަ ކަމަށް: 66 ވޯޓު

ނުފެންނަ ކަމަށް: 185 ވޯޓު

19:06

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ: ގަލޮޅު ދެކުނު 7:

ފެންނަ ކަމަށް: 78 ވޯޓު

ނުފެންނަ ކަމަށް: 224 ވޯޓު

19:06
ވޯޓު ގުނުން ކުރިއަށްދާއިރު، އާބާދީ މަދު ސަރަހައްދުތަކުގެ ނަތީޖާތައް ވަނީ ލިބެން ފަށައިފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
18:56

މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓަށް މާލޭ ހެންވޭރު އުތުރަށް ބެހެއްޓި ފޮށީގެ ވަގުތީ ނަތީޖާ:

ފެންނަ ކަމަށް: 185 ވޯޓު

ނުފެންނަ ކަމަށް: 66 ވޯޓު

18:52

ޝެވަލް ބްލޭންކް ރަންދެލީގައި ހުރި، ފުވައްމުލަކު ސިޓީގެ ފޮށިން މޭޔަރަށް ދިން ވޯޓުގެ ވަގުތީ ނަތީޖާ:

  • އެމްޑީޕީގެ އިސްމާއީލް ރަފީގަށް ދެ ވޯޓު
  • ޕީއެންސީގެ އަލީ މަސީހަށް އެއް ވޯޓު
18:47

ވަގުތީ ނަތީޖާ:

ކުރިމަތި މޯލްޑިވްސްގައި ހުރި ހއ. އުލިގަމުގެ ފޮށިން، ކައުންސިލް މެންބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި އަހުމަދު އަބޫބަކުރަށް ދެ ވޯޓު ލިބިފައިވާއިރު ޕީއެންސީގެ އިމާދު އަބްދުﷲއަށް ވޯޓެއް ލިބިފައިނުވޭ

18:47 އަޙްމަދު އިޔާދު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު 'ސަން'އަށް ވިދާޅުވީ، 588 ފޮށީގެ ތެރެއިން 525 ފޮށި ބަންދުކޮށް، ގުނަން ފަށައިފައިވާ ކަމަށް.

18:46

ވަގުތީ ނަތީޖާ:

ޝެވަލް ބްލޭންކް ރަންދެލީގައި ބަހައްޓާފައި ހުރި މ. ދިއްގަރު ކައުންސިލްގެ ފޮށިން، ކައުންސިލްގެ ރައީސަށް ދީފައިވާ ވޯޓަށް ބަލާއިރު، މިހާތަނަށް ޕީއެންސީގެ ވަސީލް ހުސައިނަށް ދެ ވޯޓު އަދި އެމްޑީޕީގެ އަހުމަދު ނިޝާނަށް ދެ ވޯޓު ލިބިފައިވޭ

18:41

ވަގުތީ ނަތީޖާ:

ޝެވަލް ބްލޭންކް ރަންދެލީގައި ބަހައްޓާފައި ހުރި މ. ދިއްގަރު ކައުންސިލްގެ ފޮށިން، ޕީއެންސީގެ އާދަމް ޚަލީލަށް ތިން ވޯޓު ލިބުނުއިރު އެމްޑީޕީގެ އަބްދުﷲ އާރިފަށް އެއް ވޯޓު ލިބިފައިވޭ

18:40

އެންމެ އާބާދީ ކުޑަ ސަރަހައްދުތައް ކަމަށްވާ ރިސޯޓުތަކުގެ ނަތީޖާތައް ވަނީ އަންނަން ފަށައިފައި

18:29 އަހުމަދު ސާއިލު އަލީ

މިއަދު މުޅި ރާއްޖޭގައި އޮތް ބޮޑު އިންތިޚާބާ ގުޅިގެން މާދަމާ އާއި ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފި.

https://www.sun.mv/220134

17:51

ވޯޓް ގުނަން ފަށައިފި. ފުރަތަމަ ގުނާނީ ލޯކަލް ކައުންސިލްތަކުގެ ވޯޓް. އެއަށް ފަހު އަންހެނުންގެ ކޮމެޓީ. އޭގެ ފަހުން ރެފަރަންރަންޑަމް ވޯޓް.

17:16

17:00 ޖެހިއިރު ވޯޓްލުމަށް ކިޔޫގައި މީހަކު ނެތް ފޮށިތައް މިހާރު ވަނީ ބަންދު ކޮށްފައި. ވޯޓް ގުނަން ފަށާނީ އެ ވޯޓް ފޮއްޓެއް ބަންދު ކުރާތާ 30 މިނެޓް ފަހުން. މި ފަހަރު ތިން އިންތިޚާބެއް އެކުގައި ކުރިއަށް ދިއުމުގެ ސަބަބުން ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅެފާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ބުނޭ.

17:14
17:00 ޖެހުމާއެކު ވޯޓް ލުމަށް އަރާ ކިޔޫ ބަންދު ކުރުން-- ސަން ފޮޓޯ: ޝާތިއު
17:08

ވޯޓްލުމަށް ކިޔޫގައި ތިބި މީހުން, ހޫނު ގަދަވުމުގެ ސަބަބުން އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު

16:57

ވޯޓްލާ ކިޔޫ ބަންދުކޮށްފި, 17:00 އާ ހަމައަށް ކިޔޫގައި ތިބި މީހުންނަށް ވޯޓް ލެވޭނެ. އެއަށްފަހު ވޯޓް ފޮށި ބަންދު ކުރާނެ. 17:00 އާ ހަަމައަށް ކިޔޫގައި މީހަކު ނެތް ފޮށިތައް އެ ވަގުތުން ފެށިގެން ބަންދު ކުރާނެ.

16:46

16:00 އާ ހަމައަށް ވަނީ 62 ޕަސެންޓް މީހުން ވޯޓްލައިފައި. އެއީ 185709 މީހުން

16:23
ވޯޓްލާ ކިޔޫ ބަންދު ކުރާ ވަގުތާ ގާތް ކޮށްފައި ގިނަ ބަޔަކު ވޯޓް ލުމަށް ކިޔޫއަށް އަރައިފި-- ސަން ފޮޓޯ: އައިމިނަތު ރަޝާ
16:10

ވޯޓްލާ ކިޔޫ ބަންދު ކުރާ ވަގުތާ ގާތް ކޮށްފައި ގިނަ ބަޔަކު ވޯޓް ލުމަށް ކިޔޫއަށް އަރައިފި

16:02

އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓުލުމުގެ މުއްދަތު އިތުރުކުރި އެއް ސަބަބަކީ ހޫނުގަދަވެ، ވޯޓުލާން ދަތިވުން ކަމަށް

15:57

ވޯޓްލާން ކިޔޫއަށް އެރޭނެ ވަގުތު 17:00 އާ ހަމައަށް އިތުރު ކޮށްފި.

15:40 އަހުމަދު ސާއިލު އަލީ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ދެންމެ "ސަން" އަށް ވިދާޅުވީ ވޯޓްލާ ގަޑި އިތުރު ކުރުމުގެ ވިސްނުން އަދި ނެތް ކަމަށް. މިހާރު އޮތްގޮތަށް 16:00 ޖަހާއިރު ވޯޓްލާން ކިޔޫއަށް އެރުން ބަންދު ވާނެ ކަމަށް ވިދާޅުވި.

15:18

ވޯޓްލުން ބަންދު ކުރަން ކައިރިވާވަރަކަށް ވޯޓްލާ މީހުންގެ އަދަދު އިތުރުވާން ފަށައިފި.

މިއަދު 14:00 އާ ހަމައަށް ވަނީ 44 ޕަސެންޓް މީހުން ވޯޓްލައިފައި. އެއީ 131947 މީހުން.

15:16

ވޯޓްލުން ބަންދު ކުރަން ކައިރިވާވަރަކަށް ވޯޓްލާ މީހުންގެ އަދަދު އިތުރުވާން ފަށައިފި.

މިއަދު 14:00 އާ ހަމައަށް ވަނީ 44 ޕަސެންޓް މީހުން ވޯޓްލައިފައި. އެއީ 131947 މީހުން.

14:27

12:00 ޖެހުމާ ހަމައަށް ވޯޓްލީ 62000 މީހުން, އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 21 ޕަސެންޓް

14:14 އަހުމަދު ސާއިލު އަލީ

އިލެކްޝަންސްގެ މެންބަރު ހަސަން ޒަކަރިއްޔާ "ސަން" އަށް ވިދާޅުވީ ބައެއް ޝަކުވާތައް ލިބެމުން ދިޔަ ނަމަވެސް ވޯޓްލުން ހުއްޓާލަން ޖެހޭ ފަދަ ހާލަތެއް އެއްވެސް މަރުކަޒެއްގައި ދިމާ ނުވާ ކަމަށް.

14:11

ގިނަ ވޯޓް ފޮށިތަކެއް ބަހައްޓާފައި ހުރި ހެންވޭރު ދަނޑުގެ ޓެންޓްގެ އެތެރެ ވަރަށް ހިރަފުސް ވެފައި. އެތަނަށް ފެން ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައި. ވޯޓްލާން ގިނަ ބަޔަކު އެއްވެ އެ ތަން އޮތީ ތޮއްޖެހިފައި.

ހެންވޭރު ދަނޑުގެ ޓެންޓް އެތެރެ ހިރަފުސް ވެފައި-- ފޮޓޯ: ނާޖިހު ދީދީ
14:03

ހެންވޭރު ދަނޑުފަދަ ގިނަ ވޯޓް ފޮށި ބަހައްޓާފައިވާ ސަރަހައްދުތަކުގައި ވަރަށް ޓްރެފިކް ބާރު ބޮޑު. ގަދަ ހޫނުގައި އެތައް ބަޔަކު މަގުގައި ތާށިވެގެން ތިބެން ޖެހޭ.

14:01

ފުލުހުން ދެންމެ ބުނީ ގދ. ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖާހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލުގެންނަން އުޅުމުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް. ނަމަވެސް، މިހާރު ވަނީ އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެސްފައި ކަމަށް ފުލުހުން ބުނި.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ރާއްޖެއަކީ ޑިމޮކްރެޓިކް ގައުމެއް. ކޮންމެ މީހަކަށް ވެސް ގާނޫނުގެ ތެރެއިން އަމަލުކުރެވޭނެ. މިނިވަންކަމާއެކު ވޯޓު ލާން ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން،
13:16 ޝާނިހާ ޝަރީފް

ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވެސް މިއަދުގެ އިންތިޚާބުގައި ވޯޓު ލައްވައިފި.

13:10 ޝާނިހާ ޝަރީފް

ވޯޓްގެ ސިއްރުކަން ގެއްލިދާނެތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ޓްރާންސްޕޭރެންސީން ބުނި ގޮތުގައި އޮބްޒާވްކުރި 26 މަރުކަޒުގެ ތެރެއިން 23 މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށް އިންތިޒާމުތައް ވަނީ ހަމަޖެހިފައި. ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ ނުވަތަ މަރުކަޒު އަތުރާލެވިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ބެލެވޭ މަރުކަޒުތައް އެ ޖަމްޢިއްޔާއިން ވަރަށް ގާތުން މޮނިޓާކުރަމުންދާ ކަމަށް ވަނީ ބުނެފައި.

12:24

މިއަދު 11 ޖެހުމާ ހަމައަށް ވޯޓްލީ, 19.95 ޕަސެންޓް, އެއީ 58819 މީހުން

12:18
މަޝްހޫރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވޯޓް ލެއްވުން: ސަން ފޮޓޯ: ޝާތިއު މުޙައްމަދު
11:45

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އަމާންކަމާއެކީ ވޯޓުލާ މަންޒަރު ފެންނާތީ, ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް. އަދި ހުރިހާ ރައްޔިތުން ވެސް ހައްގު އަދާކުރެއްވުމަށް އިލްތިމާސް ކުރެއްވެވި.

އިންސާފުވެރިކަމާ ސުލްހަވެރިކަމާއެކު ކެމްޕެއިން ހިންގިއްޖެ. އެގޮތަށް ޑިމޮކްރަސީ ހިނގާތަން ފެންނާތީ އުފާވޭ.
ރައީސް މުޙައްމަދު ނަޝީދު ވޯޓް ލެއްވުން: ވިދާޅުވީ އަމާންކަމާއެކު ވޯޓުގެ ކަންކަން ދާނީ އުފާވެލައްވާ ކަމަށް-- ސަން ފޮޓޯ: ޝާތިއު މުޙައްމަދު
11:15

ވޯޓްލުމުގެ ކަންކަން މުޅި ރާއްޖޭގައި ކުރިއަށްދަނީ ވަރަށް ސުލްހަވެރިކަމާއެކުގައި. ފުލުހުން ބުނީ މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް.

11:04

ވޯޓް ލެއްވުމަށް ފަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައި. އަދި ރައްޔިތުން ވޯޓް ލާއިރު ވަރަށް ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި.

އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް ޞާލިޙް: -- ފޮޓޯ/ އެމްޑީޕީ
10:53

ވޯޓްލާން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ވޯޓްލީ, 41162 މީހުން, އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 13.96 ޕަސެންޓް.

ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން ވޯޓްލެއްވުމަށް ފަހު ވިދާޅުވީ ރެފަރަންޑަމް ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް. އަދި ހަމައެހެންމެ ވޯޓް ކަރުދާސް ޑިޒައިން ކޮށްފައި ވަނީ އާއްމުންނަށް ފަސޭހަ ގޮތަކަށް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި.


އަޅުގަނޑުމެން އެންމެން އިލްތިމާސް މި ކުރަނީ ވީހާވެސް ގިނަ ބަޔަކު ވޯޓް ލެވޭގޮތް ހަދައި ދޭށޭ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ވަރަށް ޣައިރު ޒިންމާދާރުކޮށް އެކަން ކޮށްފައި ވަނީ
10:00

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް, ވޯޓްލައްވައިފި.

ޕީއެންސީގެ މޭޔާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވޯޓް ލައްވަނީ-- ސަން ފޮޓޯ: ޝާތިއު މުޙައްމަދު
މާލޭގެ މޭޔަރު އާދަމް އާޒިމް ވޯޓް ލައްވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާން
09:44

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް, އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވީ އިންތިޚާބާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނަށް 10 ޝަކުވާ ހުށަހަޅާފައިވާ ކަމަށް. އޭގެ ތެރޭގައި ހިމެނެނީ މަނާ ގަޑީގައި ކެމްޕެއިން ކުރުމާއި ތިން ވޯޓެއް ކުރިއަށް ދާއިރު އެ ވޯޓް ކަރުދާހެއް ލާން ޖެހޭ ފޮށި ނޫން އެހެން ފޮއްޓަކަށް ލެވިއްޖެ ނަމަ ބާތިލު ވާނެތޯ އެހުން ފަދަ ކަންކަން ކަމަށް އޭނާ ވިދާޅުވި.

ވޯޓްލުން ކުރިއަށް ދަނީ: ސަން ފޮޓޯ: ޝާތިއު މުޙައްމަދު
09:43

ގިނަ މަރުކަޒުތަކުގައި 8 ޖެހިއިރު ވޯޓްލާން ފެށި، އީސީން 9:33 ގައި ބުނީ ހުރިހާ މަރުކަޒެއްގައި ވޯޓްލުން ފަށައިފި ކަމަށް

09:30

ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ, އިލެކްޝަންސް ކޮމިޝަނުން ސަރުކާރު ބޭނުންވާ ގޮތަށް ރިފަރެންޑަމްގެ ވޯޓު ގެންދިއުމަށް މަސައްކަތް ކުރާކަން ފާޅުކަން ބޮޑުކޮށް ސާބިތުވެއްޖެ ކަމަށް. އެހެން ނޫންނަމަ ވޯޓު ލާން ދާ މީހުންގެ ގާތުން އެ ވޯޓުގައި ބައިވެރިވާން ބޭނުންތޯ ނުވަތަ ނޫންތޯ އަހާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި.

09:26

09:23

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފެށިފައި.

"ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން." އިލެކްޝަންސް

09:18

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ވަނީ ފެށިފައި: އީސީ

09:10

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަދު ހެނދުނު 08:50 ހާއިރު ތާޖުއްދީން ސްކޫލަށް ވަޑައިގެން, ވޯޓު ލައްވާފައި.

އެއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ގޮސް، ހައްގު އަދާކުރުމަށް އެދިވަޑައިގަންނަވާ ކަމަށް.


ރައީސް ޑރ. މުޙައްމަދު މުއިއްޒު ވޯޓް ލައްވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާން
08:42

މިއަދު ތިން ވޯޓެއް ބާއްވާއިރު، އޭގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނޫން ކަމަށް ވޯޓުލާން ދާ މީހަކު ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް އެ މީހަކަށް ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެއީ ކަންބޮޑުވާ ކަމެއް ކަމަށް, އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި.

"މިއަދު ނަގާ ތިން ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެއް. މިއީ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއް." އެމްޑީޕީ

އެމްޑީޕީން ތުހުމަތު ކުރާގޮތުގައި މި ކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އިލެކްޝަންސްއިން ކޮށްދޭ ކަމެއް. އެކަން އެގޮތަށް ނުކުރަން އެމްޑީޕީން ވަނީ އީސީއަށް ގޮވާލައިފައި.

އީސީގެ ރައީސް ޒާހިދު: --- ފޮޓޯ/ އިިލެކްޝަންސް ކޮމިޝަން
08:34
ވޯޓްލުން ކުރިއަށް ދަނީ: ވޯޓްލާން އަދި ނުކުންނަނީ މަދު ބައެއް-- ސަން ފޮޓޯ: މުޙައްމަދު ޝާން
08:24

ވޯޓްލާ ގިނަ މަރުކަޒުތަކުގައި މާ ބޮޑު ކިޔޫއެއް ނެތް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 294،876އަށް އަރާ

08:17

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ވަނީ މުޅި ރާއްޖޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި.

އިންތިޚާބާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ފެށުން-- ފޮޓޯ: ފުލުހުން
08:07

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާންކޮށް

ވޯޓްލުމުގެ އިންތިޒާމުތައް އިލެކްޝަންސްގެ އޮފިޝަލުން ހަމަޖައްސަނީ: ފޮޓޯ: އީސީ
08:05

އެ މީހަކު ވޯޓްލާން ދާންވީ ތަން ޔަގީން ކުރުމަށް އެސްއެމްއެސް ކުރާނީ
VR (ID NUMBER) to 1414

08:01

8 ޖެހުމާއެކު ގިނަ މަރުކަޒުތަކުގައި ވޯޓްލާން ވަނީ ފަށައިފައި

07:54
07:40

މިއަދު 8:00 ޖެހުމާއެކު ވޯޓް ލުމަށް މުޅި ރާއްޖެ އޮތީ ތައްޔާރުވެފައި.

07:35 އަހުމަދު ސާއިލު އަލީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް އިންތިޚާބުގެ ކަވަރޭޖަށް މަރުޚަބާ.