ޒޭން މަލިކްގެ "އިކާރަސް ފޯލް" މިމަހު 14ގައި

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ޒޭން--

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ ކުރިއަށްއޮތް އަލްބަމް "އިކާރަސް ފޯލް" މި މަހު 14 ގައި ނެރުމަށް ނިންމައިފިއެވެ.

މިއީ ޒޭންގެ ދެވަނަ ސޯލޯ އަލްބަމެވެ. މި އަލްބަމަށް ޕްރީއޯޑަ ކުރުމަށް މިހާރު ފުރުސަތު ހުޅުވާލައިފައިވާއިރު މި އަލްބަމް ރިލީޒް މިވަނީ އަލްބަމްގެ މަސައްކަތް ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

މި އަލްބަމްގައި ޖުމްލަ 27 ލަވަ ހިމެނޭނެއެވެ.

"އިކާރަސް ފޯލް" ގެ ޓްރެކްތަކުގެ ތެރޭގައި ޒޭންގެ ފުރަތަމަ ސޯލޯ އަލްބަމް "މައިންޑް އޮފް މައިން" ގެ ފަހުން އޭނާ ނެރުނު ގިނަ ސިންގަލްތަކެއް ވެސް ވަނީ މި އަލްބަމްގައި ހިމަނާފައެވެ.

"ވަން ޑައިރެކްޝަން" ބޭންޑުން ވިދާލައި، ބޮޑު މަގުބޫލުކަމެއް ހޯދި ޒޭން ވަނީ 2015 ވަނަ އަހަރު އެ ބޭންޑު ދޫކޮށްލައި، ސޯލޯ ކެރިއަރެއް ފަށައިފައެވެ. އެގޮތުން 2016 ވަނަ އަހަރު "މައިންޑް އޮފް މައިން"ގެ ނަމުގައި ޑެބިއު ސޯލޯ އަލްބަމެއް އޭނާ ނެރުނު އިރު، އޭގެ ލީޑް ސިންގަލް "ޕިލޯޓޯކް" ވަނީ އެމެރިކާ އަދި ޔޫކޭގެ ޗާޓުތަކުގައި ރަސްކަން ކޮށްފައެވެ.

comment ކޮމެންޓް