މިއަހަރުގެ މިސްވޯލްޑުގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ ވެނެސާ ޕޮންސް ޑެ ލިއޯން ހާސިލް ކޮށްފައެވެ.
ޗައިނާގައި ކުރިއަށް ދިޔަ މިސްވޯލްޑްގެ ފިނާލޭގައި މިއަހަރުގެ މިސްވޯލްޑުގެ ބޮލުގައި ރޯތީގެ ރާނީގެ ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ ރީތީގެ ރާނީ، އިންޑިއާގެ މަނޫޝީ ޗިއްލަރެވެ.
Vanessa Ponce de León of Mexico is Miss World 2018.
— Miss World 2018 (@MissWorldTime) December 8, 2018
CONGRATULATIONS!!!!!#MissWorld #MissWorldTime #MissWorld2018 pic.twitter.com/k3JzBQkZ73
މިއީ މެކްސިކޯއަށް މިސްވޯލްޑް ތާޖު ގެންދިޔަ ފުރަތަމަ ފަހަރެވެ. އުމުރުން 26 އަހަރުގެ ވެނެސާ އަކީ މެކްސިކޯގެ މޮޑެލް އެކެވެ.
ވެނެސާ އަކީ އިންޓަނޭޝަނަލް ބިޒްނަސް އިން ޑިގްރީ އެއް ހާސިލް ކޮށްފައިވާ މީހެކެވެ. އޭނާ އަކީ ވޮލަންޓްރީ މަސައްކަތް ކުރާ މީހެއްގެ އިތުރުން ރީހެބް ފޯ ގާލްސްގެ ބޯޑް ޑިރެކްޓަރެއްވެސް މެއެވެ.

މިދިޔަ އަހަރުގެ މިސްވޯލްޑުގެ ތާޖު ހޯދި މަނޫޝީ އަކީ 17 އަހަރަށްފަހު ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދި އިންޑިއާގެ ރީތީގެ ރާނީ އެވެ. މިއަހަރުގެ މިސްވޯލްޑް ރޭހުގައި ވާދަ ކުރި އިންޑިއާގެ ރީތީގެ ރާނީ އަނޫކްރީތޭ ވަނީ ވިސް ވޯލްޑުގެ ގަދަ 12 އިން ޖާގަ ނުލިބި މުބާރާތުން ވަކިވެފައެވެ.