ސޮނާކްޝީގެ ވެބް ސީރީޒެއް އެމެޒޯން އަށް

ބަތަލާ ސޮނާކްޝީ ސިންހާ---

ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާ ލީޑު ކުޅޭ ވެބް ސީރީޒެއް އެމެޒޯން ޕްރައިމްގައި ރިލީޒްކުރަން ނިންމައިފި އެވެ.

ނަން އިއުލާންނުކުރާ މި ވެބް ސީރީޒް އަކީ ވަރުގަދަ އަންހެން ފުލުސް އޮފިސަރެއްގެ ރޯލުން ސޮނާކްޝީ ފެނިގެންދާ ސީރީޒެެކެވެ. އާންމުގޮތެއްގައި ވެސް އޭނާ އަކީ ވަރަށް ވަރުގަދަ ކެރެކްޓާތައް ކުޅޭ ބަތަލާއެކެވެ.

އެކްޓަރު ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް ރީމާ ކަތުގީ އާއި ރޫޗިކާ އޮބެރޯއީ ޑައިރެކްޓްކުރާ މި ސީރީޒާ ގުޅޭ ގޮތުން ރީމާ ބުނީ ސޮނާކްޝީ އަކީ އޭނާ ކުޅޭ ކޮންމެ ކެރެކްޓާއަކަށް ވެސް ފެތޭ ހުނަރުވެރި އެކްޓަރެއް ކަމަށެވެ. އަދި މި ސީރީޒްގެ ކެރެކްޓާއަށް ވެސް އޭނާ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ބަތަލާ ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އެކްޓަރު އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ. މި ފިލްމަކީ ހޮޓްސްޓާގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

comment ކޮމެންޓް