އެސްބީއައިގައި ހުރި 253 ޑޮމަންޓް އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފި

އެސްބީއައި ހުޅުމާލެ ބްރާންޗް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗުގައި ހުރި ބޭނުން ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަދުވަސްވީ އެކައުންޓުތަކުގެ މައުލޫމާތު އާންމުކޮށްފި އެވެ.

އެސްބީއައިއިން ބުނީ ރާއްޖޭގެ ބޭންކިން ގަވައިދުގާ ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ މި މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް އެ ބޭންކުން ބުންޏެވެ.

ޑޯމަންޓް އެކައުންޓެއް އެސްބީއައިގައި އޮތް ނަމަ، ނުވަތަ އޮތް ކަމަށް ގަބޫލުކުރެވޭ ނަމަ، އެ ކަސްޓަމަރަކު އެކަން ބޭންކަށް އެންގުމަށްވެސް އެސްބީއައިއިން ވަނީ އެދިފަ އެވެ.

ޑޯމަންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރުންގެ ފަރާތުން ޖޫންމަހުގެ އެއް ވަނަ ދުވަހުގެ ކުރިން ޖަވާބެއް ނުލިބިއްޖެ ނަމަ އެކައުންޓުތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް އެމްއެމްއޭ އާ ހަވާލު ކުރާނެ ކަމަށް ވެސް އެސްބީއައިއިން ބުންޏެވެ.

އެސްބީއައިއިން ވަނީ ބޭނުން ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ 253 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފަ އެވެ.

comment ކޮމެންޓް