މާދަމާ ސަރުކާރު ބަންދަސް، ބީއެމްއެލްއިން ވެސް ޚިދުމަތް ދޭނެ

ބީއެމްއެލުން އިނގުރައިދޫގައި ބެހެއްޓި އޭޓީއެމް: މަދަމާ ސަރުކާރު ބަންދަސް، ބީއެމްއެލްއިން ޚިދުމަތް ދޭނެ ---

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމް)ގެ ޚިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ، ރަސްމީ ދުވަސްތަކެކޭ އެއްގޮތަށް ބީއެމްއެލް ހުޅުވުމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ނިންމާފައިވާ ކަމަށާއި ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން، އެބޭންކުގެ ހުރިހާ ބްރާންޗެއް ހުޅުވައި ޚިދުމަތްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު މިހާރު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗާއި، 86 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމުކޮށްފައެވެ. އަދި، 143 އޭޓީއެމާއި 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް