މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާުމު ނުކުރާނަމަ، ހުއްދަ ނުދޭނަން: މިނިސްޓަރު

ބިދޭސީންތައް ރޯދަ ވީއްލަން ކާއެއްޗެހި ނަގަނީ: މިނިސްޓަރު ވިދާޅުވީ، މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާު ނުކުރާނަމަ، ހުއްދައެއް ނުދޭނެ ކަމަށް ---

މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާމު ނުކުރާނަމަ، ހުއްދައެއް ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ސަލްމާން މިސްކިތް ގޯތިތެރޭ ބަހައްޓާފައި ހުރި ކާތަކެތީގެ ޕާރުސަލްތަކަކަށް ބިދޭސީންތަކެއް އަރައިގަންނަ ވީޑިއޯއެއް ދައުރުވެ އާންމުންގެ ނުރުހުމާއި ކަންބޮޑުވުން އަމާޒުވަމުން އަންނަނިކޮށެވެ.

އެ ވީޑިއޯގައި ފެނުނީ، އެންމެން އެއްވެ އެއްވެސް ހަމައެއް ނެތި އެކަކަށް ވުރެ ކުރިން ކާއެއްޗެހި ހޯދަން އުޅުނު މަންޒަރެވެ. އެއްވެސް އިންތިޒާމެއް ނެތި، އެންމެ ވެސް ކާއެއްޗިހި ނަގާ ތަނެވެ. އެންމެން އެ ތަނުން އެންމެ ދުރަށް ދިޔައިރު، މިސްކިތުގެ ގޯތިތެރެއަށް ހުރީ ކާބޯތަކެތި އެޅި، ހަޑިވެފައެވެ.

މިކަމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް، އެކަން އެހެން ނުކުރުމަށް އެދެމުންނެވެ.

ސަލްމާން މިސްކިތު ގޯތިތެރެ ހަޑިވެފައި ----

ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިއިރު އެއްބަޔަކު ވަނީ އަމިއްލައަށް ކާތަކެތި ބަހަން ނުތިބޭނަމަ އެކަން ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެއެވެ.

މި ވީޑިއޯއާ ގުޅުވައި، މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، އެކަން ހިނގާފައި އޮތީ ރާއްޖޭގެ ރީތި ސަގާފަތާ މުޅީން ޚިލާފަށް ކަމަށާއި މި ކަހަލަ ކަންކަން މުސްތަގުބަލުގައި ތަކުރާރުނުވާނެ ކަމަށެވެ.

އެއާއެކު، މިސްކިތު ރޯދަ ވީއްލުން ރަނގަޅަށް އިންތިޒާމު ނުކުރެވޭ މީހުންނަށް އެ ހުއްދައެއް ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން ވެސް ރޯދަ މަސްތަކުގައި މިފަދަ މައްސަލަތައް ދިމާވެފައި އެބަ ހުއްޓެވެ.

comment ކޮމެންޓް