ގއ. އަތޮޅާއި ގދ. އަތޮޅަށް މޫސުން ގޯސްވާނެތީ ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ގއ. އަތޮޅާއި ގދ. އަތޮޅަށް މޫސުން ގޯސްވާނެތީ ރީންދޫ ސަމާލު ނެރެފި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެކުނުގެ ދެ އަތޮޅެއް ކަމަށްވާ ގއ. އަތޮޅާއި ގދ. އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓު އޮފީހުން މިރޭ ރީނދޫ ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައި ވަނީ، މިރޭ 12:30އިން ފަތިހު 04:30އާ ހަމައަށެވެ. މެޓުން ނެރުނު ސަމާލުގައި ވަނީ، އެ ދެ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓުން ވަނީ މިއަދު ބުނެފައެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި, ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

މިހާރު މޫސުން ގޯސްވަނީ ބޭ އޮފް ބެންގާލްގެ ލޯ ޕްރެޝާ އޭރިއާއަކާ ގުޅިގެން ކަމަށް ވެސް މެޓުން ވަނީ މިއަދު ބުނެފައެވެ.

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: މިހާރު މޫސުން ގޯސްވަނީ ބޭ އޮފް ބެންގާލްގެ ލޯ ޕްރެޝާ އޭރިއާއަކާ ގުޅިގެން ކަމަށް މެޓުން ވަނީ މިއަދު ބުނެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މެޓު އޮފީހުން ވަނީ މިއަދުގެ ހެނދުނު 8:45އިން 14:00އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ. އަދި އެއަށްފަހު ވަނީ ހަވީރު 17:00އިން ފެށިގެން ރޭގަނޑު 23:00އަށް އަލުން ހުދު ސަމާލު ނެރެފައެވެ.

https://sun.mv/204545

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން މިރޭ ބުންޏެވެ.

އެގޮތުން، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

ދެ ފޫޓާއި ފަސް ފޫޓާ ދެމެދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރާއިރު، އެ އިދާރާއިން ބުނީ އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

އެގޮތުން މިރޭ ވެސް ހުރިހަ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް