"އަބަދުވެސް ގެންގުޅެންވާނީ ފަހި ވިސްނުމެވެ. ދުޢާކޮށް އިސްތިޚާރާކޮށްފައި ދިރިއުޅުމުގެ ކަންތައް ނިންމައިގެން ކުރިއަށް ގެންދާށެވެ. ކޮންމެ ދުވަހަކު ހެނދުނު ފަތިސްނަމާދާއި ޒިކުރުކުރުމުން ދުވަސް ފެށުމަށްފަހު އުފާވެރިކަމާއި އަމާންކަމާއި ކާމިޔާބާއި ރަގަޅުކަންތައްތައް ވާނެ ދުވަހެއްކަމަށް އުއްމީދުކޮށް ހެއްދެވި ފަރާތަށް ވަކީލުކުރާށެވެ. އިރާދަކުރައްވިއްޔާ ކާމިޔާބު ދުވަސްތަކަށް ވާނެއެވެ."
***
" ދިސް އިޒް މައި ބިއުޓިފުލް ވައިފް....ސޮރީ ފޯ ދަ ނޮއިޒް...ވީ ވާ ޖަސްޓް ހޭވިން ސަމް ފަން..." އޭނަ ބުނެލިއެވެ. އުރުޖުވާން އަށް ހިތާ ހިތުން ތަޢުރީފް ކުރެވުނެވެ. މާޒިމްއަކީ މިހުންނަށް ހާދަ ހިތްހެޔޮ މީހެކެވެ. ބައެއް ފަހަރު އާއިލާ މީހުންނަށް މާޒިމް ގެ އެ ސިފަ ނުދައްކަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އޭނާ ދެރަވިއެވެ.
"ކިހިނެއްވި މޫޑު އޮފްވެފަ؟ޖެލަސް؟އެއީ މޯ ދޭން 50 އަހަރުގެ މީހެއްކަންނޭނގެ...އުރޫޖް ވެސް ދޯ..." މާޒިމް ސީރިޔަސް ވެލިއެވެ.
އުރުޖުވާން އަށް ހޭން ފެށުނު ގޮތަށް ހުއްޓަންވެސް އުނދަގޫވިއެވެ.
ޝަހަރުން ބޭރަށް ދެވުމުން ފެންނަމުން ދިޔައީ ރަށްފުށުގެ ރީތިކަމާއި ހިމޭން ކަމެވެ. އެ މަންޒަރުތައް ދިރުން އަޅާފައިވާ ކުރެހުމެކޭ މާ ބޮޑު ތަފާތެއްނެތެވެ. ޚަރީފް މޫސުމުގެ ގަދަ ރަތްކުލައާއި، ރަންކުލަ ޖެހިފައިވާ ފަތްތަކުން ފުރިފައިވާ ގޮފިތައް ވަޔާއެކެ ހަރަކާތްތެރިވަމުން ދާތަން ބަލަބަލާ ފޫއްސެއްނުވާނެއެވެ. އިރުގެ އަލިން ފެންވަރުވާލާފައިވާ ރަން ކުލައިގެ ދަނޑުތައް ލޮލުކޮޅަށް އޮނބާލަންދެން އޮތެވެ. ބަކަރިތައް ވިނަ ކެއުމުގައި މަޝްޣޫލުވެގެން ތިބި އިރު ކުދި ގެތައްވެސް ފެންނަނީ ނިކަން ހުވަފެނީ ކޮށެވެ. އުދަރެހުގައި ކުލަ ޖެހިފައިވަނީ މަޑު އަޅިކުލައާއި ނޫކުލައިންނެވެ.
އެ ހުވަފެނީ މަންޒަރަށްވުރެ ބޮޑަށް މާޒިމް ޝައުގުވެރިވީ އުރުޖުވާންއަށެވެ. ދުނިޔެއިން އެންމެ ރީތި މަންޒަރަކީ އޭނަގެ އަނބިމީހާފަދައެވެ. އެފަދަ ދެވަނައެއް އޭނަ ނުދެކެއެވެ. އެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ވަގުތުގެ ތެރެއަށް ގެއްލިފައި އިން ހެންނެވެ. އަދި ކުޑަކުއްޖެއްގެ ޖޯޝާއި ފޯރިއާއެކު ދޭތެރެއަކުން ކޮންމެވެސް އެއްޗެއް ދައްކައިލާނެއެވެ. ބައެއް ފަހަރު ދުރުގައި އުދުހެމުންދާ ދޫނިތަކެވެ. ނޫނީ ދުރުން ފެންނަ ކުދި ފަރުބަދަތަކެވެ. އެ ޖޯޝު ފެނުމުން މާޒިމް ގެ ހިތަށް ބަޔާން ނުކުރެވޭހާ ތަސައްލީ ލިބުނެވެ.
"ބަލަ، މާޒިމް........." އުރުޖުވާން އޭނަގެ އަތުގައި ކޮށްޓައިލިއެވެ. އޭނަ ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. ވިލޯ ގަސްތަކެއްގެ ތެރެއިން ފެންނަ ހަނި ކޯރު ދިއްލިފައިވާފަދައެވެ.
"ހޫމް އެބަ ފެނޭ......"
"މިއީ ހަމަ އަހަރެން ކުރިން އޮންލައިންގައި ދެކެފައި ހުރި ފޮޓޯތަކުގައި ހުރި ގޮތް... އައި ކާންޓް ބިލީވް ވީ އާ ގޮއިންގް ދެއާ...."
"އަހަންނަށްވެސް ކުރިން ނޭގުނީ އުރޫޖްއާއެކު އަދި މިހުރިހާ ތަނެއްގައި ބުރު ޖެހުމުގެ ނަސީބު ލިބޭނެކަމެއް. ދިރިއުޅުމަކީ ހަމަ އަޖައިބެއް.....ހީނުކުރާގޮތަށް ދިމާވަނީ....މިތަނުން ކުރިންވެސް ދަތުރުކުރާއިރު އެކަނި...އުރޫޖް ނެތީމަ މިހާ މަޖަލެއްނޫން. ދަތުރު ދިގުވެފައި އޭރު އޮންނަނީ..ގިނަފަހަރު ޓްރެއިންއަށް އަރާފައި ނިދާލަނީ..މަންޒަރު ބަލަން ފޯރިއެއްވެސް ނުހުރޭ..އުރޫޖް ފެނުނު ފަހުން ރީތި އެއްޗެއްސާއިހެދި މިއުޅެވެނީ....."
ކުޑަދޮރުތަކުން ފެންނަނީ ޚަރީފް މޫސުމުގެ ވިދުވަރު ޖެހިފައިވާ ގަސްތައް މަޑުމަޑުން ހެލިހެލިފައިވާ މަންޒަރާއި، ނިމުމެއް ނެތްހެން ފެތުރިފައިވާ ވިނަގަނޑުތަކެވެ. އުރްޖުވާން ހުވަފެން ފެންނަ ލޯތަކަކުން ކޮންމެ ތަފްސީލަކަށް ސަމާލުކަން ދެމުންދިޔައިރު، އޭނާއަށް ކުއްލިއަކަށް ހުއްޓުމަކަށް އައެވެ. އޭނާގެ ކައިރީގައި އިވުނު މަޑު "ކްލިކް" އަޑަކުންނެވެ.
" އަޅޭ...މާޒް ހަނދާން ހުރިދޯ ތި ގެންނަން....އައި ވޯޒް ވެރީ ސޭޑް ތި ނުގެނެވޭ ކަމަށް ހިތާ...." އުރުޖުވާން ވީ އުފަލުން އޭނަގެ އަތަށް ފިތާލިއެވެ.
" ކީއްވެ މިހާ ކުޑަ ކުޑަ ކަނތައްތަކުން ތިހާ ބޮޑަށް އުފާ ވަނީ....ޔޫ އާ ސޯ ޑިފަރެންޓް..." އޭނައަށް މަޖާވިއެވެ.
" އެ ދެން ޑިފަރެންޓް ކަމެއްތަ؟އިޓްސް އޯލްވޭސް ދަ ލިޓިލް ތިންގް ދެޓް މެޓާ ފޯ އަސް ވިމެން....ފިރިހެނުން އެކަން ކަމަށް ސަމާލުކަން ނުދޭތީ މައްސަލައަކީ..." އުރުޖުވާން ލޯ އަޅާލިއެވެ.
"ހްމްމްމް...ތިބުނީ އެއްޗެކޭ ދޯ...." އޭނަ ހީލުމުން އުރުޖުވާން ކުޑަކޮށް ހާސްވިއެވެ. ސަމާސާއަކަށް ބުނި ބަހަކުން މާޒިމްގެ ހިތުގަ ޖެހިދާނެ ކަމަށެވެ. އެ ހިނދުކޮޅު ގެ ފޮޓޯއެއްވެސް އޭނަ ކެމެރާގައި ރައްކާކޮށްލިއެވެ.
" ދެން.....ފިލްމްސް ބޭކާރު ތިކޮށްލީ...މާޒްވެސް ދޯ....ކުރާ ކަންތައް..........." އުރުޖުވާން ބުމަ ކައިރިކޮށްލިއެވެ.
"ހޫމް އެހެން ކަމަކާއި ދެން އުޅެމާ ދޯ...އުރޫޖް މައްސަލަ ޖައްސާވަރުން ފޮޓޯއެއްވެސް ނެގޭކަށް ނޯވޭ..."
މާޒިމް ދަބަސް ހާވާލާފައި ނެގީ މުށިކުލައިގެ ބަނޑޭރި ގަނޑެއްލާފައިވާ ފޮތެކެވެ. އެއީ އޭނަ އެތައް ޒަމާނުއްސުރެ ގެންގުޅުނު އޭނާގެ ޓްރެވެލް ޖާނަލް އެވެ. އެއީ ވެސް އުރުޖުވާން ދެކެފައި ނުވާ ފޮތެކެވެ.
" ވޯވް....މީ ކޮން ދުވަހަކު ކުރަން ފެށިކަމެއް؟" އުރުޖުވާން ފޮތް ހުޅުވައިލާ ހިތުން ކެތްމަދުވިއެވެ.
" ދިސް ހޭޒް ބީން ވިތް މީ ފޯ އަ ލޯންގް ޓައިމް....ޔޫ ކޭން ޗެކް އިޓް އައުޓް..." އުރުޖުވާން އެ ބެލުމަށް ހުރި ޝައުޤު ފެނި އޭނަ ދިއްކޮށްލިއެވެ.
އުރްޖުވާންގެ އިނގިލިތައް މަޑުމަޑުން ފޮތުގެ މަތީގައި ހިންގާލުމަށްފަހު އޭނާ އެ ފޮތް ހުޅުވާލިއެވެ. ފަރުވާތެރިކަމާއެކު ޞަފްޙާތައް އުކަމުން ދިޔައެވެ. ކޮންމެ ޞަފްޙާއެއްގައިވެސް ފުރިފައި ހުރީ ރީތިކޮށް، ކަތިކޮށް ލިޔެފައިވާ ލިޔުންތަކާއި، ކަނާތްފަރާތުގައި ކުދިކުދި ދެލިން ކުރަހާފައިވާ ކުރެހުންތަކާއި، ކަންމަތީގައި ހަރުކޮށްފައިވާ ބޭނުންކޮށްފައިވާ ރޭލު ޓިކެޓްތަކާއި، ފިތާލާފައިވާ ހިކި މާތަކެވެ. އޭނާ ހިނިތުންވެލަމުން ކުރު ލިޔުންތައް ކިޔަމުންދިޔައެވެ. ފަރުބަދަ މަގުތަކުން ލިބުނު ކުރު ވިސްނުންތަކާއި، މީހުން ގިނަ ބޮޑެތި ސިޓީތަކާއި، ހަމަހިމޭން ރަށްތަކުގައި ލިޔެފައިވާ ނޯޓުތަކެވެ. ފޮތުގެ ކުރީކޮޅުގައި ހުރި ގިނަ ލިޔުންތަކަކީ އޭނަގެ އުމުރުން ވިހި އަހަރުން ފެށިގެން އެކަނި ކުރި ދަތުރުތަކުގެ ލިޔުންތަކެވެ. އޭރު އޭނާއަކީ ޅަ ޒުވާނެކެވެ. ނަމަވެސް، އޭނާގެ ވިސްނުންތެރި ސިކުނޑިއާއި، ބަސްތަކުގައި ހުންނަ އޯގާތެރިކަން އޭރުވެސް ހަމަ އެގޮތަށް ހުރިކަން ފާހަގަކުރެވުނެވެ.
" ހަމަ މިރެލް...ހާދަ ވައްތަރޭ....އެ ސްމައިލް..." މާޒިމް ޗައިނާގެ ބޮޑު ފާރަށް ލެނގިލައިގެން ރީތި ހިނިތުންވުމެއްގައި ހުރިތަން ފެނުމުން އުރުޖުވާންއަށް ބުނެވުނެވެ.
" އާން...ތީ ޗައިނާ ޓްރިޕް...ކެނާން އާއި ހެދި މޮޔަވެގެން އުޅުނު ޗައިނާ މަންޖެއެއް...ވަރަށް މަޖާ ދަތުރެއް ތިއީ..." އޭނަ މާޒީގެ ހަނދާންތައް އާކޮށްލިއެވެ ކޮންމެވެސް ވަރަކަށް އެ ދަތުރުގައި ކަންތައް ހިނގިގޮތް ކިޔާދިނުމުން އުރުޖުވާން އަށް މަޖާވެގެން ހެވުނެވެ. ކުއްލިއަކަށް ހުނުން މަޑުޖެހިލީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ކެނާން އާއި މާޒިްމގެ ގުޅުން ހީނަރުވެދިޔައީ އޭނަގެ ސަބަބުންކަމެވެ. މާޒިމްގެ ހިނިތުންވުންވެސް ފަނޑުވިއެވެ. އެއީ މާޒީކަން ވިސްނިފައެވެ. އެ ދުވަސްތައް އަނބުރާ ނާންނާނެތީއެވެ. އޭނައާއި ކެނާންގެ ގުޅުމުގެ ރޮދިފަށްވަނީ އެއްކޮށް ކެނޑިފައެވެ.
ދެން، "މާލެ" މިހެން ލިޔެފައިވާ ޞަފްޙާއަކަށް އައިސް، އޭނާގެ އިނގިލިތައް ހުއްޓުނެވެ. އެ ސަފުހާގައި ފޮޓޯއެއް ތަތްކޮށްފައި ވިއެވެ. އިރުގެ އަލިކަމުން ކުޑަކޮށް ފެހިކަން ކެނޑި އެހެން ފޮޓޯތަކަށްވުރެ ގިނައިން ބޭނުންކޮށްފައިވާ ކަހަލަ ފޮޓޯއެކެވެ.
އެއީ އުރުޖުވާންގެ ފޮޓޯއެކެވެ.
މާ ދުރުން ނަގާފައިވާ ފޮޓޯއެކެވެ. އޭނާ ހުރީ ބަސް ސްޓޮޕް ކައިރީގައިވާ ޕޭވްމަންޓްމަތީގައެވެ. ކަޅު ޢަބާޔާ އަކާއި އަޅިކުލައިގެ ޝޯލްއެއް އަޅައިގެންނެވެ. އަދި އޭނާ އާންމުކޮށް ގެންގުޅޭ ރީނދޫ ދަބަސް ފުރަގަހުގައި އަޅުވާފައެވެ. އޭނާ ހުރީ ހިނިތުންވެފައެވެ. ބަހަށް އަރަން އަވަސްވެފައި ހުއްޓާ ނަގާފައިވާ ފޮޓޯއެއްކަން ޔަގީނެވެ.
އޭގެ މަތީގައި، ކުދި އަކުރުތަކުން ލޫޕް ލައްވާފައި ލިޔެފައިވާ ޖުމްލަ ފެނުމުން އުރުޖުވާންގެ ކޯތާފަތަށް ބާރުވެލިއެވެ.
" ދަ މިސްޓީރިޔަސް ގާލް ވިތް އަ ޝައި ސްމައިލް، މައި ނެކްސްޓް ޑޯ ނެއިބާ.."
އަނެއް ސަފްޙާގައިވީ އެ ދެމީހުންގެ ކައިވެނީގެ ފޮޓޯއެކެވެ. ކުރު ޖުމްލައެކެވެ. އެ ޖުމްލައިންވެސް އުރުޖުވާންގެ ހިތުގެ ވިންދު އަވަސްވެލާ ލޯ ތެންމައިލިއެވެ. މިއީ މާޒިމްގެ ނުފެންނަ ފަރާތެކެވެ. ކޮންފަދަ ލޯތްބެއް ހެއްޔެވެ؟
" އައި މެރީޑް ހާ....ޝީ ލުކްޑް ބިއުޓިފުލް."
" ފަނީ ރައިޓް...ފޭޓް އިޒް ވަރަށް އެހެންކަހަލަ އެއްޗެއް ދޯ....އައި ނެވާ ނިއު ޔޫ...އެކަމަކު ހަމަ ޤަދްރުގަ ލިޔެވިފަ އޮތީ އަހަރެމެން ދެމީހުން އެކީގައި ދިރިއުޅެން..." އޭނަގެ ލޯބިން ފުރިގެންވާ ނަޒަރުން އަސަރުކުރިވަރުން އުރުޖުވާން އަތުގައި ފިރުމައިލިއެވެ. ޝުކުރުވެރި އިހުސާސްއިން ހިތް ބަންޑުންވިއެވެ. ކޮންމެ އަންހެން ކުއްޖަކަށް މިފަދަ ނަސީބެއް ނުލިބި ހިނގައިދާނެއެވެ.
އެންމެ ފަހުގެ ޞަފްޙާތަކަކީ ސްވިޒަލޭންޑް ދަތުރެވެ. އެ ދެމީހުން އިށީނދެ ތިބި ކޯރުގެ ކުރެހުންތަކާއި، އުރްޖުވާން ދެއްކި ވާހަކަތަކުގެ ނޯޓުތަކާއި، އަދި އެ ދެމީހުން ފަރުބަދަ މަތީގައި ހިނގާލި ހިނގާލުމުގައި ނަގާފައިވާ ޑެއިޒީ މަލުގެ ފޮޓޯއެއްވެސް ހިމެނެއެވެ.
"ސުވިޒަލޭންޑް ވިތް ހާ. އެވްރީތިންގ ފީލްސް ލައިޓާ. ދިސް އިޒް ހައު އައި ވޯންޓް ޓު ރިމެމްބަރ ޕީސް"
އެ އިބާރާތްތައް ފެނުމުން އުރުޖުވާންއަށް މާޒިމްގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. އޭރު ކެންޓްގެ ދަނޑުބިންތައް ކުޑަދޮރުން ފެންނަމުން ދަނީ ހަރަކާތްތެރި ކުރެހުމެއް ފަދައިންނެވެ. މި ވަގުތު، ތިން ގަޑިއިރުގެ ދަތުރު ހީވަނީ ލޮލެއް ޖެހުމުގެ ވަގުތުކޮޅެއް ކަހަލައެވެ. ޓްރެއިން މިގޮތަށް ދުވަހަކު ނުހުއްޓި ދުއްވަމުން ދިޔަ ނަމަވެސް، އެ ދެމީހުންނަކަށް އެކަމެއް ނޭނގުނީހެވެ. މަންޒިލަށް މާ އަވަހަށް ފޯރިކަމުގެ އިހުސާސެއް ކުރެވުނެވެ.
ފިނި ހިފާފައިވާ ގޭގެ ދުން ހޮޅިތަކުން ދުންއަރަމުންދާއިރު، ގޭގެ ފެންނަނީ ކުލަކުލައިގެ ގަސްތަކުގެ ތެރެއިންނެވެ. މިތާނގެ ވައި މާ ސާފެވެ. ހަމައެކަނި ފިނިވެފައި އޮތުމުގެ ބަދަލުގައި، ހަށިގަނޑަށް ސާފުކަން ގެނުވާ ފަދައެވެ. ތެތް ވެއްޔާއި ހުދުމާތަކުގެ މީރުވަސް އަދި ދުރުން އަންނަ ދުމުގެ ވަސް އެކުވެ ނޭފަތުގައި ޖެހުނެވެ. އަދި މަޑުމަޑުން ޖެހެމުންދާ ވައިން އުރްޖުވާންގެ ހިޖާބުވެސް ހެލިލިއެވެ. އަނެއްކާވެސް މާޒިމްގެ ޖާނަލްގެ ގަނޑުތަކުގައި ލިޔެލާނެ އިތުރު ސަފުހާތަކެއް މަގު ހުޅުވުނީއެވެ.
***
ސީރިއަސްލީ...." ކެނާން އަށް ބުނެވުނެވެ.
"އޯހޯ....ލޭލާ ހަމަ މުސްލިމް ވީ ދޯ....ކުޑަބެ އަށްޓަކާ ޖާނުވެސް ދޭނެ....." މަދީނާ ޖެއްސުން ކޮށްލިއެވެ. ކެނާން ބުމަގޮށްޖަހައިލީ ފޫހިވީފަދަ ގޮތަކަށެވެ.
" ދެން އަވަހަށް ތައްޔާރުވެބަލަ....އައި ސީރިއަސްލީ ނީޑް އަ ބްރޭކް ފްރޮމް ދިސް ތެރަޕީ..."
މަދީނާ ހިނދުކޮޅަކަށް ލޭލާ އަށް ބަލަހައްޓައިގެން ހުރެވުނެވެ.
" ތެރަޕީތަ ނޫނީ ލޭލާ ތަ؟އަޅެ ދެން ޝީ އިޒް ވެރީ ކައިންޑް....ކުޑަބެ ކީއްވެތަ އަބަދު ލޭލާ ދެކެ ރުޅިން އުޅެނީ....އައި ލައިކް ހާ..." އޭނަ ދިމާކޮށްލިއެވެ. ކެނާން ޖަވާބެއް ނުދީ ފުން ނޭވާ ލިއެވެ.
" ފަސް މިނިޓް...ބީ ރެޑީ..." ކެނާން އަމުރުވެރިގޮތަކަށް ބުނެލަމުން ވީލްޗެއާ ދުއްވާލިއެވެ. އޭނަ ދެކޮޅުހެދިޔަސް އެ އަޑު ނީވޭ ކަމަށް ހެދުނެވެ. އަދި ދޮރު ކައިރިޔަށް ގޮސް ތަކުރާރުކޮށް ފަސް މިނިޓު ކަމުގައި އެންގިއެވެ.
"އެންމެ ރަގަޅު، ފައިން... މިގޭގަ ހުރުމަށް ވުރެ ބޭރަށް ދިއުން އަސްލު ބެޓާ...އައި ނީޑް އަ ކޮފީ...އައިސްކްރީމް...މޭއިބީ އަ ޑޯނަޓް ޓު..." އޭނައަށް ބަނޑުހައިކަމުގެ އިހުސާސް ކުރެވުނެވެ. އެވަގުތު ބޭނުންވީވެސް ހިޔާލުތަކާއި ދުރަށް ދިއުމަށެވެ. ނަމަވެސް ތައްޔާރުވާން ބުރަވެފައި ހުރެ އެނދުގައި އޮށޯވެލެވުނީއެވެ. އޭނަގެ ބައްޕަ ނާޝިދު އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
" ބައްޕަ..." އޭނަ އަވަހަށް އެނދުން ތެދުވެ އިށީނެވެ. އަނެއްކާވެސް ބައްޕަ އައީ އޭނާ އަށް ބަވާލަން ހެއްޔެވެ؟ ބިރު ގަންނަގޮތްވެސް ވިއެވެ. ނަމަވެސް ވީ ހީކުރިގޮތަކަށް ނޫނެވެ.
"ސޮރީ....ދަރިފުޅަށް އަތް އިސްކުރާކަށެއް ނޫން...އެކަމަކު.."ނާޝިދު އޭނަގެ އިސްތަށިގަނޑުގައި ފިރުމައިލުމާއެކު ހިތުގައިވިހާ ޖަޒުބާތްތައް ކަރުނައަށް ވެގެން އޮހިގަތެވެ.
" ދަރިފުޅު ވަރަށް ސްޓްރެސްޑް ދޯ...ބައްޕަ އަށް އެނގޭ....އައިމް ޓްރައިންގ ޓު މޭކް އެވްރިތިން ޕާފެކްޓް ފޯ ޔޫ....ދަރިފުޅު އެއެއްވެސް ކަމަކާއި ހާސް ނުވައްޗޭ....މުޅި ގެވެސް އެންމެ ޕާފެކްޓް ކޮށް..." ނާޝިދުއަށް އޭނަގެ އަންހެންދަރިފުޅުގެ ލޮލުން ކަރުނަ އަންނަތަން ދެކެން ފަސޭހައެއް ނޫނެވެ.
" ކޮން ކަމަކަށް ބައްޕަ ގެ ތައްޔާރުކުރަނީ..." މަދީނާ ކަރުނަ ފޮހެލީ ހައިރާންވެފައެވެ.
" ދަރިފުޅުވެސް ދޯ....ކައިވެންޏަށް...މީކާ މެން އަންނާނެއްނު ވަލީ ހޯދަން..." ނާޝިދުގެ ޖުމްލައިން މަދީނާ އަށް ޝޮކެއް ލިބުނެވެ. އެއާއެކު ފަހަތުގައި ހުރި ލޯގަނޑުން އޭނާއަށް ހީވީ އުވެއިސްގެ ސޫރަ ހިނދުކޮޅަކަށް ފެނިލި ހެންނެވެ. އޭނަ ކަރުނަ ފޮހެލާފައި އަނެއްކާވެސް ބަލާލީ ޔަގީން ކޮށްލުމަށެވެ. ނޫނެކެވެ. ވަހުމެކެވެ. ލޯގަނޑަށް އަދި ކޮޓަރިން އެެއްވެސް ސޫރައެއް ހިޔަންޏެއް ނުފެނުނެވެ. މާޔޫސްވެ ހިތް ގެނބޭގޮތްވިއެވެ. ނޫނެކެވެ. އޭނާ އަދި ކައިވެންޏަކަށް ތައްޔާރެއްނޫނެވެ.
" މިއީ ބައްޕަ ވަރަށް ދެކެން ބޭނުންވި ދުވަހެއް...މީކާ ކަހަލަ ދީންވެރި ރަނގަޅު ކުއްޖަކާ ދަރިފުޅުގެ ކައިވެނި ހަމަޖެހުން....ބައްޕަ ގެ ހުރި ހަމަ އެކަނި އަންހެން ދަރި..." ނާޝިދު ގެ ލޮލުގައިވީ އިންތިހާ ދަރަޖައިގެ ލޯތްބާއި ކުލުނެވެ. އޭނަ ގެ ހިތް ނުތަނަވަސްވިއެވެ. އެންމެވެސް ކިޔަނީ އެކައްޗެކެވެ. މީކާއިްލ ފަދަ ރަނގަލު ކުއްޖެއް ނުލިބޭނެ ވާހަކަ އެވެ. އެއީ ތެދެކެވެ. ނަމަވެސް މަދީނާ ހިތުގައި އޮތް ގޮތެއް ބުނެދޭނީ ކިހިނަކުން ބާއެވެ.
" ކޮބާ...ފަސް މިނެޓް...." ކެނާން ދޮރުގައި ޓަކި ޖަހަމުން ވަނީ އޭނަގެ ބައްޕަ އެތާގައި ހުރިކަމެއް ނޭނގިއެވެ.
" ކޮން ކަމަކަށް ފަސް މިނެޓް؟ކެނާން ތެރަޕީ ނުނަގަނީތަ މިއަދު؟ލޭލާ އެބަ އުޅޭ...އަޅެ ކެނާން ބުނީތަ އެ މަންޖެގާތު ބުރުގާ އަޅާށޭ...." ނާޝިދުގެ އަޑުގައިވީ ކަންބޮޑުވުމެވެ. ފަހަރެއްގައި ކެނާންގެ މިޒާޖު ހުންނަ ގޮތުން އެފަދަ އެއްޗެއް ބުނަން ފަހެއް ނުޖެހޭނެއެވެ. އޭނާ ލޭލާ އާއި މެދު ދެކޭގޮތާއި ހަރުކަށިކަން އެންމެނަށްވެސް ފާހނަގަ ކުރެވެއެވެ.
"ދެން ބައްޕަވެސް ދޯ...ލޭލާ އެއީ ސްޓްރޭންޖާ އެކޭ....ނޮޓް މައި ވައިފް...ކީއްކުރަން ބުނަންވީ ބުރުގާ އަޅާށޭ.....ދެން މިއަދު ތެރަޕީ ލަސްކޮށްލާނީ...މަދީނާ ބޭނުންވޭ ކުޑަކޮށް ޝޮޕިންގ ކޮށްލަން...ދޯ..." ކެނާން އަވަސް ވެފައި މަދީނާ ގެ ބޮލުގައި ހުރިހާ ކަމެއް އެޅުވިއެވެ.
ލޯގަނޑަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރި މަދީނާއަށް ހޭވެރިކަންވީ އޭނަގެ ބައްޕަ އަތުގައި ކޮށްޓައިލުމުންނެވެ.
ކެނާން ބުނި އެއްޗެއް ނޭގުނަސް އޭނާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
" އާނ....ބައްޕަ ގެ ކާޑު ގެންދޭ....ދަރިފުޅު ބޭނުން އެއްޗެއް...ބޭނުން ވަރަކަށް ޝޮޕިންގ ކޮށްލަން....." ނާޝިދު އޭނާގެ ކާޑު މަދީނާގެ އަތަށް ދިނެވެ. މަދީނާ ދެކޮޅުހެދުމުންވެސް ނާޝިދު ދުލެއް ނުކުރިއެވެ.
" ދެން ކޮބާ އަޅުގަނޑަށް؟" ކެނާން އަހާލިއެވެ.
" ކެނާންވެސް މިކަހަލަ ކަމަކާއި އުޅެބަލަ....ލޭލާވެސް އެހެރީ ނު..." ބައްޕަ ދިމާކޮށްލުމުން މަދީނާއަށްވެސް ހެވުނެވެ.
" ދޯ..." މަދީނާ ގެ އަޑުގައި ފޯރިއެއް ނެތަސް ބައިވެރިވެލިއެވެ.
" މިއަދު ލޭލާ ވެސް ގޮވައިގެން ދާންވާނީ...ނޫނެކޭ ނުބުނާތި..." ނާޝިދު ކެނާން ގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ކެނާން ލޯ ބޮޑުކޮށްލަމުން މަދީނާ އަށް ބަލައިލީ ސަލާމަތްކޮށްދޭން އެދޭ ފަދައަކުންނެވެ. ނަމަވެސް އެހީއެއް ލިބޭގޮތެއް ނުވިއެވެ.
"އޯކޭ....އުރޫޖް ވެސް ނެތީމަ އައި ނީޑް އޮޕީނިއަންސް ޓޫ...ކުޑަބެ އަކަށް ނޭނގެނެ އެހާ ފެޝަން އެއް....އޯކޭ އެވްރީވަން އައުޓް...ނީޑް ޓު ގެޓް ރެޑީ..." ނާޝިދު ކެނާން އާއި ވާހަކަ ދައްކަމުން ބޭރަށް ނުކުތުމުން އޭނަ ދޮރު ތަޅުލުމަށްފަހު ލޯގަނޑު ކައިރީ ހުއްޓުނެވެ. އަމިއްލަ ނަފްސަށް ބަލަން އިރުކޮޅަކަށް ހުރެވުނެވެ. އުވެއިސް ފައުޅުވެދާނެ ކަމުގެ އުންމީދުގައެވެ.
"އައިމް ޖަސްޓް ވޭސްޓިންގް މައި ޓައިމް...." އޭނަ އަމިއްލަ ނަފްސަށް ބުނެލިއެވެ. ލޮލުން ކަރުނަ ފޮހެލައި ހިތްވަރު ގަދަކޮށްލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ.
"އިނަފް އޮފް އޯލް ދިސް...." އަމިއްލަ ނަފްސާ މުޚާތަބްުކޮށް ކިޔާލިއެވެ.
ނުނިމޭ