ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރު ފަސޭހަތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ މަޤުބޫލު ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އަށް މިހާރު ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އާޖެންޓީނާ އަށް ނިސްބަތްވާ، ޑރ. ޑިއޭގޯއަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު، އިތުބާރު ބޮޑު ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ. އޭނާ ފޯރުކޮށްދޭ ޚާއްޞަ ފަރުވާތަކުގެ ތެރޭގައި، ބަނޑާއި ގޮހޮރުގެ މައްސަލަތަކާއި، ގޭސްވުމާއި، ހަޖަމުކުރުމުގެ ނިޒާމާ ގުޅުންހުރި އެންމެހައި ފަރުވާތައް ހިމެނެއެވެ.
ޓެލެމެޑިސިން ޚިދުމަތުގެ ސަބަބުން ޚިދުމަތާއެކު، މާލެއަށް ޑަކްޓަރަށް ދެއްކުމަށް އަންނަން ކުރަންޖެހޭ ދަތުރުތަކާއި، އެކަމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްކުރެވިގެންދާނެއެވެ. ޚާއްޞަކޮށް ރިސޯޓުތަކުގައި އަދި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މި ޚިދުމަތުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޓެލެމެޑިސިންގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވީޑިއޯ ކޯލްގެ ޒަރީއާއިންނެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ޓެލެމެޑިސިން ފަރުވާއަށް ދިވެހިން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުރިއަރުވައި، ރައްޔިތުންނަށް ވީހާ ވެސް ފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ޑރ. ޑިއޭގޯ އަށް އެޕޮއިންޓްމަންޓް ހެއްދުމަށް 3351610 ގުޅޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވޭނެއެވެ.