"ފޮނި ބަސްތަކަށް އިތުބާރުނުކުރާށެވެ. ސަބަބަކީ މިހާރަކަށް އައިސް ގިނަ މީހުންގެ ދުލުގައި ހަކުރު ހުއްޓަސް ހިތުގައި ވަނީ ވިހަކަމަށް ވާތީއެވެ."
***
" އެދުވަހު ސިމް ހޮސްޕިޓަލުގަ ދެއްކި ވާހަކަ އަށް ވުރެ އިތުރު ވާހަކައެއް ހުރެދާނެތަ....އަހެދް....އެއީ ސިމް ބޭނުންވާ ފަދަ ޕާފެކްޓް ގާލް އެއް ނޫންތަ....ޝީ ލުކްސް ވެރީ ބިއުޓިފުލް....ބޭރު ކުއްޖެއްހެން ހީވަނީ....ނީޑްސް ނޯ މޭކްއަޕް...އަދި މުޅިން ނިވާ ވެފަ...ދީންވެރި ކުއްޖެއް...."މުރުތަސިމްއަށް އޭނަގެ ފަރާތުން ނުފެނުނުހާ ސިފަތަކެއް އަހެދްގެ ފަރާތުން ފެނިއްޖެ ނޫންހެއްޔެވެ؟
" ޕްލީޒް...އެލީ....."
އެވަގުތު ތުނިކޮށް ވާރޭވެހެން ފެށިއެވެ. ވައި ވެސް ތަންކޮޅެއް ބާރުވިއެވެ. ވަޔާ އެކު އުދުހިގެން އައި ތެތް ވެލި އެލީޒީގެ ލޮލަށް އެޅުނެވެ.
"އައުޗް...." އެލިޒީ ލޮލު އެސްފިޔަ ބާރަށް ފިތައިލިއެވެ. މުރުތަސިމް ވައިގަދަވާން ފެށިކަމަށް ބުނެ އަވަހަށް ޖިފުޓީގެ ހިޔަލަށް ވަނުމަށް އެލީޒީ ކައިރީ ބުނަމުން ދުއްވައިގަތެވެ. އެލިޒީ ވެސް އޭނައާއިއެކު އަންނާނެކަމަށް ހީކުރިއެވެ. ނަމަވެސް ފަހަތް ބަލާލިއިރު އެލިޒީ ލޮލުގައި އަތް އަޅައިގެން ހުރީ ރަނގަޅަށް ތަން ނުފެންނާތީއެވެ.
" ހޯލްޑް މައި ހޭންޑް.."އޭނަ އަނބުރާލާފައި އޭނަގެ ގާތަށްގޮސް އަތް ދިއްކޮށްލުމުން ވެސް އެލިޒީ އެ އަތަކު ނުހިފިއެވެ. މުރުތަސިމް ބަލާކަށް ނުހުރެ އެލީޒީ އަތުގައި ހިފައި ދުވަމުންގޮސް ހިޔަލަށް ގެނެސްދިނެވެ. އަހެދް އެ މަންޒަރު ބަލަން ހުރިއިރު އޭނާގެ މުޅި މޫނު މަތީގައިވީ ރުޅިވެރިކަން ޖަމާވެފައެވެ. ކޯތާފަތަށްވެސް ރަތް ޖަންބުކުލަ އަރާފައެވެ.
" އައިމް އޯކޭ...އިޓްސް ޖަސްޓް ޑަސްޓް..." އެލީޒީ އޭރުވެސް ލޯ ހުޅުވާފައި އުދަގޫވެގެން އުޅުނެވެ. އޭނައަށް އެކަން އެނގުމާއެކު އެ ކުނި ކޮޅު ލޮލުން ނަގައިދޭން އަވަސް ވިއެވެ. އެލިޒީ ގެ އަތް ލޮލުން ނެގުމަށް ފަހު ވަރަށް މަޑު މަޑުން އެސްފިޔަތައް ދުރުކޮށްލާފައި ފުމެލަދިނެވެ. އެލީޒީގެ ލޯ ސާފުވިއެވެ.
އަހެދް ގެ ރުޅިގަނޑު އުތުރި އަރައިގަތެވެ. މުރުތަސިމް މިއީ އޭނާ ހީކުރި ފަދަ މީހެއް ނޫނެވެ.
" ހުން އައީތަ؟މުޅީ މޫނު ރަތް ވެފަ...ކިހިނެއްވީ މަންޖެ؟" ބޭބެ ސުވާލުކުރުމުން އަހެދް ލޯ އަޅާލާފައި ތެދުވުނެވެ.
"ނުވޭ ކަމެއް...އައި ޖަސް ވޯންޓް ޓު ލީވް..." އަހެދް ގެ އަޑު ބާރެވެ.
***
" ބެޓާ؟ލެނސް ވެސް ނުލައްވާތަ އެލީ...ކޮބާ އައިނު؟" އެލީޒީގެ ލޮލުގައި މައްސަލައެއް ހުންނަކަން އޭނަ ދަނެއެވެ.
" އައިމް ފައިން...ތޭންކްސް...ސޮރީ ޔޫ ހޭޑް ޓު ހެލްޕް މީ....އައި ގެޓް ލެސް އެލާޖީސް މިހިސާބުގަ...މޭއިބީ ސިޓީ ލައިފް އަށް އައިމް އެލާޖިކް..." އެލީޒީ ބުނެލިއެވެ. އެއީ އޭނައަށް ދިން ބަހުގެ ހަމަލާއެއްކަން ދެނެގަނެވުނެވެ. އެއްޗެކޭ ބުނަން އުޅެނިކޮށް ފަހަތުން އައި އަހެދް ކަރުކަހައިލީ އޭނަ އައިކަން އެންގުމުގެ ގޮތުންނެވެ. އެލީޒީ ކުޑަކޮށް މުރުތަސިމް އާއި ދުރުވެލިއެވެ. އޭނާގެ ހިތުގައި އަހެދް ރުޅިއަރުވާލުމުގެ އެއވެސް މަގުސަދެއް ނެތެވެ.
" ސިމް...އައި ފީލް ސިކް..." އަހެދް ބުނެލީ ބާރަށެވެ. މުރުތަސިމް ފޯނު ނެގިއެވެ.
"ކައިލް އޮން ދަ ވޭއި..."އޭނަ ދިނީވެސް ރުންކުރު ޖަވާބެކެވެ. އެލިޒީ އަވަހަށް އެދެމީހުންނަށް ވާހަކަ ދެއްކުަމށް ފުރުސަތު ދެމުން އެތަނުން ދުރަށް ޖެހެލިއެވެ.
" ސިމް އައި ފީލް ސިކް...."އަހެދް ތަކުރާރުކޮށްލިއެވެ. މުރުތަސިމް އޭނާއަށް އެއްވެސް ވަރަކަށް ސަމާލުކަން ދޭނެކަމުގެ އުއްމީދުގައެވެ.
"ދެން ކީއްކުރަންވީ؟އޭމް އައި އަ ޑޮކް...." އޭނަގެ އަޑުގައިވީ ނުރުހުމާއި ފޫހިކަމެވެ. ސިކުނޑިވަނީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ. އެލީޒީ ފެނުމުްނ ހުރިހާ ވާހަކއެއް ކިޔައިދޭން ބޭނުންވިއެވެ. ހިނދުކޮޅެއްގެ ތެރޭ ކާރު ބަރުގޮނު އެޅިއެވެ.
"އެ އައީ....އަހެދް ގެއަށް ދޭ ކައިލް އާއި އެކު....އައި ވިލް ޓްރައި ޓު ގެޓް މަިއ ކާ ފިކްސްޑް އެންޑް ކަމް ވިތް އިޓް..." މުރުތަސިމް މަޑު ކުރާނެ ކަން އެނގުމުން އެލީޒީގެ ލޮލުގެ ވިދުން ގަދަވިއެވެ. އަހެދްގެ ހިތް ގެބުނެވެ. އަދި ފައިތިލަ ހީވީ ބިމުން ނައްޓާނުލެވިދާނެ ހެންނެވެ. އެހެންނޫނަސް ކައިލް އާއި އެކު އެކަނި ދެވޭނީވެސް ކިހިނެއް ހެއްޔެވެ؟
" ކިހިނެއްވީ؟....ގޯ އަހެދް..."އޭނަގެ ވާހަކަ ހުރިގޮތުން އަވަހަށް އަހެދް ފައްސައިލަން އުޅޭ ފަދައެވެ. އަހެދް ވުދެއްހެން ގާވެފައި ހުރުމުން އޭނަ އެކުއްޖާގެ އަތުގައި ހިފާ ބާރަށް ފިތައިލިއެވެ. ނަމަވެސް އަހެދް އަވަހަށް ފުރުސަތުގެ ބޭނުންހިފައި އަނބުރައިގަތް ކަމަށް ހެދުނެވެ. އަދި މުޅި ގައިން ވަރު ދޫކޮށް މުރުތަސިމްގެ ގެ އަތު ތެރެއަށް ވެއްޓިގަތެވެ.
"އަހެދް...." އޭނަ ގެ މެޔަށް ފިނި އެއްޗެއް އޮއްސައިލިހެން ހީވިއެވެ. ގެއަށް ވަންނަމުން އެނބުރި ބަލާލާފައި އެލީޒީ ވެސް ބިރުން ދުވެފައި އައެވެ. މުރުތަސިމް އަހެދް ގަޔާ ކައިރިކޮށްލިއެވެ. އަނެއްކާ މާ ބޮޑަށް ބަލިވީ ބާއެވެ. ހޮޓަލުގައިވެސް އަހެދް އަށް މިފަދަ ގޮތެއް ވިއެވެ.
"ޝެލް އައި ބްރިންގް ސަމް ވޯޓާ....އިޒް ޝީ އޯކޭ..." އެލީޒީގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި މުރުތަސިމް އަހެދް އަތްދަނޑި މައްޗަށް ލައިގެން ހުރެ ހިނގައިގަތީ ކާރާއި ދިމާލަށެވެ. ކައިލްވެސް އަވަހަށް ކާރުގެ ދޮރު ހުޅުވައިލަދިނެވެ. އެލީޒީ ދޮރުކައިރީ ހުއްޓުން އަރާފައި ހުރެ އެ ހުރިހާ ކަމެއް ދެކެމުން ދިޔައެވެ. އޭނާގެ ލޯކުރިމަތީ މިހުރިހާ މަންޒަރެއް ނިއުޅެންވީ ކީއްވެއްހެޔެވެ؟
"އެ މަންޖެ ހުސް އެކްޓް...." ބޭބެ ގެ އަޑު އިވުނެވެ.
އެލީޒީގެ ހިތަށް ކުރި އަސަރު މުތީތަކެއްގެ ސިފައިގާ ލޮލުން ފެންނަން ފެށިއެވެ. ދުވަހަކުވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނީ ހެއްޔެވެ؟ ލޯތްބަކީ އޭނައަށް ހައްގު އެއްޗެއް ނޫނެވެ.
***
އަދީނާ ހުރީ އޭނާގެ ކޮޓަރީގައި ހިމޭންކަމާއެކު މަސައްކަތުގައެވެ. އެނދުގެ ފައިލާ ކޮޅުގައި ބަހައްޓާފައިވާ ދަތުރުފޮށީގައި އަންނައުނުތައް ތަރުތީބުން ބަހައްޓަމުން ދިޔައެވެ. ހެދުންތަކާއި ޒިޕްގެ ހެލިލުމުގެ މަޑު އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް އެ ކޮޓަރިން ނީވެއެވެ. އޭނަގެ ޚިޔާލުގައިވީ އަހެދްއާއި މި އާއިލާއެވެ. އަހެދްއަށް ލިބުނު އާއިލާ އާއި ނަސީބާއި މެދު އޭނާ އުފާކުރިއެވެ. ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ފީރޯޒާ އަށް އޭނާ ވާ ލޯބީގެ އަގު ދެއްކުނުކަން އިހުސާސްކުރެވި ހިނިތުންވެލެވުނެވެ.
ކުއްލިއަކަށް ފާޚާނާގެ ދޮރު ހުޅުވުނު އަޑުން ކޮޓަރީގެ ހިމޭންކަން ކަނޑުވާލައިފިއެވެ. ނައީމް ނުކުތީ ސާފު ގަމީހެއް ލައިގެން ފަޓުލޫނުގެ ބެލްޓް އަޅުވަމުންނެވެ. ބޮޑާކަން ވައިގައި ފެތުރޭ ފަދައިން އޭނާއާއެކު ސެންޓުގެ ވަސްގަނޑުވެސް އައެވެ. އޭނާ ޕެކްކޮށްފައިވާ ދަތުރުފޮށި ފެނުމާއެކު، ލޮލުގެ ކަޅި ހަނިކޮށްލިއެވެ. އަދި ތުންފަތުން ނުރުހުމުގެ އަޑެއް ބޭރުވިއެވެ.
"މިކޮން ކުޅިވަރެއް....ފާޑަކަށް ހެވިފަ އަދި އެބަ އިނެއް ނު....."އޭނަ ހަރުކަށިކޮށް ސުވާލުކުރިއެވެ.
"ފެރީ އޮތީ މެނދުރު ފުރާގޮތަށް...އެހެންވެ އަވަހަށް ދަތުރަށް ތައްޔާރުވަނީ....ގަޑިއަށް ދާންވެގެން........" އަދީނާ ހިންދިރުވައިލިއެވެ. ނައީމު ރުޅިނާންނަ ގޮތަށް އަދި މިވީހާ ތަނަށް ނޭވާ ލެވުނުކަމެއްވެސް ނޭގެއެވެ. ހުންނަނީ ހަމަ ކުށެއް ނުފެނިފައެވެ.
" ފުރަންށޭ....ކަލޭ ދަންޏާ ދޭ...މަށެއް ނޫޅެން މިތަނުން ދާކަށް..."އޭނަ ބޮޑާ ކަމާއެކު އަތް ފުޅާކޮށްލިއެވެ. އަދީނާގެ ހިނިތުންވުން ފަނޑުވިއެވެ. ނައީމު އާއި ހެދި އަހެދްގެ ދިރިއުޅުން ހަލާކުވާން އޭނާ ނޭދެއެވެ.
އަދީނާ ބިރުގަންނަގޮތްވިޔަސް އޭނަ ހަތަރުކަޅި ހަމަކޮށްލީ ހިތްވަރު ހޯދަމުންނެވެ. "އަހެދް އުފަލުން އުޅުމަކީ އަހަރެމެންގެ އެންމެ ބޮޑު އެދުމަކަށް ވާންޖެހޭނެ ނޫންތަ؟ އަހަދުގެ ކައިވެނި ކުރީ އޭނާގެ ލާބައާއި މަންފާއަށްޓަކައި. އަހަރެމެންނަށް އެއްޗެއް ލިބޭނެ ކަމަށް އުންމީދުކޮށްގެނެއް ނޫން."
"ކީކޭ...ކީކޭ....ތި ހަމަ އަދީނާ....މިތާ ސީސީޓީވީ އެއް ހުރީތަ؟.މާ ހެޔޮކަމުގަ ހެދެން ތި...ކަލެއއަށް ލާރިގަނޑެއް ލިބުނީތަ؟" އޭނަ ދަހިވެތިކަމާއެކު އެ ފޮށި ހާވަންފެށިއެވެ. އަދި ރީތިކޮށް ފަށަޖަހާފައިވާ ހެދުންތައް ނަގައި އުކާލިއެވެ. ފޮށިތެރެއިން ފެނުނީ އެއްހާސް ރުފިޔާގެ ނޫޓެކެވެ. އޭނަ ހޭންފެށިއެވެ.
" އަދީނާ ހާދަ މޮޔަ އޭ...އެންމެ އެއހާސް ރުފިޔާއަށް ގަނެލެވިފަ...." އެ އަޑުގައިވީ މަލާމާތެވެ.
"ތިއީ އަހެދް ކުދިންނަށް އެއްޗެއް ގަނެލުމަށް ދިން ލާރި ކޮޅެއް..." އަދީނާ ހިތާމައާއެކު ބުނެލިއެވެ. އެކަމަކު އަނބުރާ ދިނުމެއްނެތި އޭނަ އެ ނޫޓުތައް ޖީބަށް ލިއެވެ.
އެއާއެކު މޫނުމަތިން ރުޅިވެރިކަން ފެންނަން ފެށިއެވެ.
"އެ ސުންޕާ އަންހެނާ...ހީކުރީތަ އެންމެ އެއް ހާސް ރުފިޔާ ދީފައި އަހަރުމެންގެ ކިބަިއން އޭނާ ސަލާމާތްވާނެކަމަށް....މި ހުރިހާ މުދަލަކުން އަހަންނަށް ބައި ނޭޅެންޏާ ކޮބާ ފައިދާ އަކީ...ބަލަ އަހެދް އަކީ އަހަރެންގެ އިންވެސްޓމެންޓް އޭ...ދެނަކު މި ނައީމު އެއް ފަގީރަކު ހެނެއް ދިރިނޫޅޭނެ....ކަލޭ ބަލަންހުންނައްޗޭ..."އޭނަ އަދީނާ ގެ ކޮލަށް ބާރަށް ފިތައިލިއެވެ. އެއިރު އެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
" އަހަރެންގެ ހެދުންތައް ނަގާލާ....ކަލޭގެ ބާވެ ވީދިފަިއ ހުރި ހެދުންތައް ހިފައިގެން ރަށާށް ދާން ތައްޔާރުވޭ.....މިތާ ކޮންމެހެން ހުންނާނެ ކަމެއް ނެތް.....އެކީގަ ހުއްޓަސް މަ ލަދުން ބޯ ހަލާކު....ބަލާބަލަ ޒަހްރާ މެން ލައި އުޅޭ ރީތި ހެދުންތައް....." އޭނަ އަދީނާއަށް ބަލައިލީ ނިކަމެތިކޮށްލާ ފަދަ ނަޒަރަކުންނެވެ.
އަދީނާ ހިތާމައާއެކު ބޯޖަހާލިއެވެ. އޭނާއަށް އިހުސާސްވީ އަހަދުގެ ދިރިއުޅުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެކަމެވެ. އެހެންނަމަވެސް މިވަގުތު އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަން އެނގެއެވެ.
ނައީމު އޭނާގެ އިސްތަޑިގަނޑުގައި އަތުން ފުނާ އަޅާލަމުން ނިކުތެވެ.
ނުނިމޭ