ކަރަންޓުގެ މަސައްކަތަށް ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ

ސްޓެލްކޯއިން ކަރަންޓުގެ މަސައްކަތެއް ކުރުމަށް ހިޔާގެ ފްލެޓުތަކުގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލު ކޮށްފައި ވާކަމަށެވެ. އަދި އެކިދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކުގައި މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި މާދަމާ ހެނދުނު 9:00އިން ހަވީރު 17:00އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯއިން ހިޔާ ފްލެޓުތަކުގައި ކަރަންޓުގެ މަސައްކަތެއް ކުރާއިރު، ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ބައެއް ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމައި، މިހާރު ވަނީ ޓެސްޓު ކުރަން ފަށައިފައެވެ.

https://sun.mv/204505

މި މަސައްކަތް ކުރަނީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

comment ކޮމެންޓް