މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ، ފާތިމަތު ނަހުލާގެ "ސޮރީ"ގެ ޓިކެޓު ދޫކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ.
މިހާރު ޕްރޮޑަކްޝަނުން ރެޑީ ވަމުން އަންނަނީ ފިލްމުގެ ޓިކެޓުތައް ދޫކުރަން ފެށުމަށެވެ. މި ފިލްމުގެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން ފިލްމުގެ ޓިކެޓު ދޫކުރަން ފަށާނެއެވެ.
މި ދާދިފަހުން ފިލްމުގެ ޓްރެއިލާއާއެކު ގިނަ ޕޯސްޓަރުތަކެއް ވެސް ވަނީ އާންމުކޮށްފައެވެ. ޓްރެއިލަރަށް ލިބިފައިވާ ތަރުހީބަށް ބަލާނަމަ ފިލްމުގެ ޓިކެޓުތައް ވެސް ގިނަ ބަޔަކު ބުކް ކުރާނެ ކަމަށް ބެލެވެއެވެ. \
ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.
މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.
ސޮރީ އަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށްފަހު އާ ފިލްމެއް އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފަހަރެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.