"ދިރިއުޅުމުގައި ކަރާމާތްތައް ފެންނަން އެދެންޏާ ގަވާއިދުން ދަމު ނަމާދުކުރަން ފަށާށެވެ."

***

"އޯކޭ....އުރޫޖް ވެސް ނެތީމަ އައި ނީޑް އޮޕީނިއަންސް ޓޫ...ކުޑަބެ އަކަށް ނޭނގެނެ އެހާ ފެޝަން އެއް....އޯކޭ އެވްރީވަން އައުޓް...ނީޑް ޓު ގެޓް ރެޑީ..." ނާޝިދު ކެނާން އާއި ވާހަކަ ދައްކަމުން ބޭރަށް ނުކުތުމުން އޭނަ ދޮރު ތަޅުލުމަށްފަހު ލޯގަނޑު ކައިރީ ހުއްޓުނެވެ. އަމިއްލަ ނަފްސަށް ބަލަން އިރުކޮޅަކަށް ހުރެވުނެވެ. އުވެއިސް ފައުޅުވެދާނެ ކަމުގެ އުންމީދުގައެވެ.

"އައިމް ޖަސްޓް ވޭސްޓިންގް މައި ޓައިމް...." އޭނަ އަމިއްލަ ނަފްސަށް ބުނެލިއެވެ. ލޮލުން ކަރުނަ ފޮހެލައި ހިތްވަރު ގަދަކޮށްލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ.

"އިނަފް އޮފް އޯލް ދިސް...." އަމިއްލަ ނަފްސާ މުޚާތަބްުކޮށް ކިޔާލިއެވެ.

***

މިރެލް އިށީނދެލައިގެން އިނީ އޭނަ އެންމެ ލޯބިވާ ގޮނޑީގައެވެ. ރޮއެ ރޮއެފައި ނިދުމަށްފަހު ތެދުވުނުއިރު އޭނާގެ ބުޅި އިސްތަށިގަނޑު އޮތީ ކުޑަކޮށް ހޭވިފައެވެ. ވަށައިގެން ކުޅޭ ތަކެތީގެ ފުނިވަރެވެ. މިއަދު މިރެލްގެ މިޒާޖު ތަފާތެވެ. ނެގި މަޑުވެފައި އިންއިރު އެހާ ބަސް މަދެވެ. ނިދިން ހޭލުމުން ކާންދިން އިރުވެސް އެހާ ކިޔަމަންތެރިއެވެ. އެހެން ދުވަސްތަކު ބޮޑާ ހާކައި ތަކުރާރުކޮށް ކާ އެއްޗިހި ހަދަން ނުޖެހުނެވެ. އެހާ ހިމޭންކަން މިރެލް އަކާއި ނުގުޅެއެވެ. އެ ކުޑަ ހިތުތެރޭގައި އެތައް އިހުސާސްތަކެއް ފޮރުވާލައިގެން ހުރި ފަދައެވެ.ހުޝަލް ވެސް ވަޒީފާ އަށް ވެސް ނުގޮސް މިރެލް ގާތު މަޑުކޮށްލިއެވެ.

ހުޝަލް މިރެލް އާއި އެކު ކުޅެންވެގެން ތަޅުންމަތީގައި އިށީނެވެ. ކުޅޭ ކުޅޭ ސައި ސެޓުން ތަށި ނަގާފައި ސައި އެޅުމަށް މިރެލް ގާތު އެދުނެވެ. މިރެލް ވެސް އޭނާ އާއި އެކު ކުޅެންފެށިއެވެ.

" އަންކަލް....ނައު ކޭން އައި ކޯލް މޯމް..." މިރެލް އަހާލީ ކުޅެން އިނދެއެވެ.

މިރެލް ގެ ދޮން މޫނު އަދިވެސް ހުރީ ރަތްކުލަ އަރާފައެވެ. ލޯ ވެސް ކުޑަކޮށް ދުޅައެވެ. އުރުޖުވާން އަށް ގުޅައިގެން އުޅެނިކޮށް މާޒިމްއަށް ދަރިފުޅު ފެނިއްޖެއްޔާ ވަރަށް ކަންތަކެއް ހުންނާނެއެވެ.

" އަދި އިރުކޮޅަކުން....ދެއި މައިޓް ބީ އަ ލިޓިލް ބިޒީ....ލެޓްސް ޕްލޭއި..." އޭނަ އަވަހަށް ބޭނުންވީ މިރެލް ގެ ސަމާލުކަން އެކަމުން ދުރުކޮށްލުމަށެވެ.

މިރެލްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ދެން ލަސްލަހުން މޫނު އަނބުރާލައި، ސީދާ ހުޝާލްއަށް ބެލިއެވެ. އެއްލޯ މުށިކުލައިގައި އަނެއްލޯ ފަނޑު މުށިކުލައިގައި ހުރިއިރު އެލޮލުގައި ތޫނުކަމެއްވިއެވެ. އެކުއްޖާ ހުޝާލްއަށް ބަލަން އިނީ ހިމޭން ނަޒަރަކުންނެވެ. ސީރިޔަސްވެފައެވެ.

"އަންކަލް ސްކެއާޑް ދެއި މައިޓް ނޯ؟" މިރެލްގެ އަޑު މަޑުމައިތިރިއެވެ. ނަމަވެސް ނަޒަރު އިންތިހާއަށް ތޫނެވެ. އެހެން ކަހަލަ ބާރެއް ވީފަދައެވެ.

އޭނަ ސިހި ހައިރާންވިއެވެ. ޖަވާބުދޭނެ ގޮތެއް ނޭނގުނެވެ. "ނޫން، އެހެނެއްނޫން..."

ނަމަވެސް އޭނާގެ ވާހަކަ ނިންމާލުމުގެ ކުރިން، މިރެލް ބޯ ކަތިކޮށްލިއެވެ. އޭރު ތުންފަތުގައި މަޑު، އަދި އާދަޔާ ޚިލާފު ހިނިތުންވުމެއް ވެރިވިއެވެ. އަދި ހީލާފައި ކުޅޭ ބުދު ނަގައި، އިނގިލިތަކުން އޭގެ އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ.

"އެވްރީވަން ޝުޑް ބީ ސްކެއާޑް...."މިރެލް ވަރަށް މަޑުން އަދި ލަސްލަހުން ބުނެލިއެވެ. " އޮފް މީ..."

އެ ލަފުޒުގެ ސަބަބުން މުޅި ކޮޓަރިއަށް ވެރިވި ހިމޭންކަން ދިގުދެމިގެން ދިައެވެ. އޭނަގެ އަތުން ހީބހި ނެގުމާއެކު މިރެލްއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިލިއެވެ. ވައި ހިމޭންވެ، ހަވީރުވެފައި ވުމުން އަލިކަން ފަނޑުވެފައިވިއެވެ. ކޮޓަރީގައި ހުޅުވިފައި ހުރި ކުޑަދޮރުން ވައިރޯޅިއަކަށ ފަހު ވައިރޯޅިއެއް ވަންނަމުން ދިޔައެވެ. ހުޝަލް ކުޑަކޮށް ހީލީ ކޮންމެހެން މަޖާވެގެނެއް ނޫނެވެ.

" ބޭބީ ހާދަ ވިސްނުން ތޫނޭ..." އޭނަ މިރެލް ގެ މޫނަށް ފަރުވާތެރި ނަޒަަރަކުން ބެލިއެވެ. ބައެއް ފަހަރު މިރެލް ގައިގައި ކުޑަކުއްޖެއްގެ ސިފައެއް ނުހުރެއެވެ. ހީވަނީ ހަރު މީހަކު ދައްކާލާހެންނެވެ. މިރެލް އެ ކުޅެން ގެންގުޅޭ ބުދު ގަޔާ ކައިރިކޮށްލާ ސިއްރުން ވާހަކަ ދައްކަމުން ދިޔައެވެ. އެ ކުރު ވަގުތުކޮޅު ތެރޭގައި، ވެސް އޭނަގެ ގަޔަށް ވަން ފިނި ގަނޑުގެ އިހުސާސް ފިލުވާނުލެވުނެވެ.

ހަނުހިމޭންކަން މާ ދިގުލައިގެން ދާން ފެށުމުން މިރެލް ހޭންފެށިއެވެ. އެކަން އިހުސާސްވީކަން ނޭގެއެވެ. މަލާމާތުގެ ފާޑެއްގެ ހުނުމެކެވެ. ކޮޓަރި ތެރޭގައި އެ ހުނުމުގެ އަޑު ގުގުމައިލިއެވެ. ވައިގައި ޖެހޭ ރަނގަބީލެއްހެންނެވެ. މިރެލް އޭނަގެ ކައިރިއަށް ޖެހިލިއެވެ. އަދި އޭނާގެ ކުޑަކުޑަ ފިނި އަތްތިލަ ހުޝާލްގެ އަތްމަތީގައި ބޭއްވިއެވެ.

" އައި ސްކެއާޑް ޔޫ..." ދިމާކޮށްލާފަދަ ރާގެކެވެ.

ވަރަށް ލޯބި މައުސޫމުކަމެއް އެ މޫނުގައި ވިދާލިއެވެ. ޚުޝަލްވެސް ހީލަމުން މިރެލް ގެނެސް މޭގައި ޖައްސާބާރުކޮށްލިއެވެ. ކުޑަކުއްޖެއްދެކެ ބިރުގަނެވުނުކަމާއިމެދު އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ. އެކަމަކު އެ ޚިޔާލު ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. މިރެލް ހާދަ ތަފާތެވެ. ހިނިގަނޑެއް ޖަހާލާފައި ކުއްލިއަކަށް ސީރިޔަސްވިއެވެ.

" އައި ލަވް ގޯސްޓްސް....އައި ލަވް ދަ ޑާކް..." މިރެލްގެ އަޑުގައި ސަމާސާގެ އެއްވެސް ކުލަވަރެއް ނެތެވެ. އެ ބަސްތަކުގައި ވަނީ އާދަޔާ ޚިލާފު ބަރުދަނެއްވިއެވެ. ހަމައެކަނި ކުޑަކުއްޖެއްގެ ޚިޔާލީ ވާހަކައަކަށްވުރެ މާ ބޮޑު މާނައެއް އެކުލެވިގެންވާ ކަހަލައެވެ.

" މިރެލް....ދެން އިނަފް....އެކަހަލަ އެއްޗިހި ނުބުނާތި........."އޭނަ މިރެލްގެ ކޮލުގައި ޖަހައިލިއެވެ. މިރެލް އޭނަ ބިރުގަންނަވަން ކިޔާ އެއްޗެހި ހެއްޔެވެ؟މިރެލް އަނެއްކާވެސް ކުޅެން ފެށި މަންޒަރު ބަލަހައްޓައިގެން އޭނަ އިނެވެ. މިރެލް އަނެއްކާވެސް ކުޅޭ ބުދާ ވާހަކަދައްކަން ފަށައިފިއެވެ. ފުރަތަމަ ފަހަރަށް، ހުޝާލް އަށް އެހެން ގޮތަކަށް އެކަމާއިމެދު ދެކެވެން ފެށިއެވެ. މިރެލްގެ ކުޅިވަރުތަކަކީ ހަމައެކަނި ކުޅޭ ކުޅިވަރުތަކެއް ބާވައެވެ. ނޫނީ މިކަމުގައި ގޯހެއް އުޅެނީހެއްޔެވެ؟ އެބުދުތަކުގެ ލޮލުގައި ދިރުމެއްވާހެންވެސް ހީވާންފެށިއެވެ.

މެހެކް ކޮޓަރިއަށް ވަނީ ކުޑަ ތަބަކެއް ހިފައިގެންނެވެ. ކޮށާފައި ހުރި ސްޓްރޯބެރީއާއި ކޮފީއެކެވެ.

"މިރެލްއަށް ސްޓޯބަރީ.....ކުޑަބެއަށް ކޮފީ...."މެހެކް ގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. މިރެލް އަޅާވެސް ނުލާ ބުދާއި ވާހަކަދައްކަމުން ދިޔައެވެ.

" ހާދަ ސިހިފަ....ކިހިނެއްވީ..." މެހެކްގެ ނަޒަރު ޚުޝަލްއަށް ހުއްޓުނެވެ. އެއާއެކު މިރެލް ހުޝަލް އަށް ބަލާލާފައި ހިނިތުންވެލިއެވެ. ތަފާތު ނަޒަރެކެވެ. އިންޒާރެއް ދިންފަދައެވެ. އޭނަ ބޯ ހޫރައިލިއެވެ.އެކަނިވުމުން އޭނަގެ ޝައްކާއި ވަހުމް ކިޔައިދޭން ނިންމިއެވެ.

"ކަމެއްނުވޭ. ކޮފީއެއް ބޯން ހިތަށް އެރިތަނާ ކޮފީ ލިބުމުން ހަމަ ހައިރާންވީ...."

"ހެހެ..."

"ކުޑަބެ ބިރުން އެއިނީ....އޮފް މީ..."މިރެލް ކުޑަކޮށް ލޯ އަޅައިލިއެވެ.

ޚުޝަލްއާއި މެހެކްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެމީހުންނަށްވެސް ކުރެވުނީ އެއް އިހުސާސެވެ.

***

އެ ކުޑަކުޑަ ގެ ހުރީ ހަމަ ވާހަކަ ފޮތެއްގައި ކުރަހާފައި ހުންނަ ގެއެއްހެންނެވެ. ހުދު ހިލައިން ރާނާފައިވާ ފާރުތަކާއި، ރަތް ޓައިލްސް ޖަހާފައިވާ ފުރާޅެވެ. ފުރާޅުގައި ރީނދޫވެފައިވާ ގަސްތައް އޮޅިފައިވާއިރު ކުޑަދޮރުތަކުން ރަންކުލައިގެ އަލިކަން ފެތުރެމުންދިޔައެވެ. ދުންހޮޅިއަކުން މަޑުމަޑުން ދުންއަރަމުންދިޔައެވެ.

މާޒިމް އުރުޖުވާންއާ ދިމާއަށް އެނބުރިލިއެވެ. އުރުޖުވާންގެ ނަޒަރު ހުރިހާ ތަނަކަށް ހުއްޓެމުން ދިޔައެވެ.ގަސްތަކާއި ފަޅުވެފައިވާ މަގުގެ މައްޗަށާއި، މޫސުމުގެ ސަބަބުން މިހާރު ނިދިފައިވާ ވައިލެޓް މާތަކުގެ މައްޗަށެވެ.

"މިތާ އެއްވެސް މީހަކު ނެތްތަ؟" އުރުޖުވާން އަހާލިއެވެ. އޭނާގެ ނޭވާވެސް އާތްވަށް ވެގެން ވައިގެ ތެރޭގައި ފެތުރިގެން ދިޔައެވެ.

މާޒިމް ހިނިތުންވެލަމުން އުރުޖުވާންގެ އަންގި އަޅާފައިވާ އަތުގައި ހިފިއެވެ. "އެއީ މިތަނުގެ މަޤްޞަދު. އެއްވެސް މީހަކު ނުހުންނާނެ. އިތުރު ބަޔަކުވެސް ނޫޅޭނެ..... ޖަސްޓް އަސް..."

އެތެރެއަށް ވަދެލުމުން ފެނުނު މަންޒަރު ނިކަން ހިތްގައިމެވެ. ހުވަފެނީ ތަނެކެވެ. ތަނުގެ މެދުގައި ހުރި ހިލަ އަލިފާން އަންދާ ތަނުގައި ހުޅުގަނޑ އޭގެ ވާޖިބު އަދާކުރެއެވެ. މަޑު ޗިސް އަޑަކާއެކު އެކި ދިމާލަށް އޭގެ ދޫ ހަރަކާތްކުރަމުން އޭގެ ހޫނުކަމާއި އަލިކަން މުޅި ކޮޓަރިއަށް ފަތުރަމުން ދިޔައެވެ. މަތީގައިވާ ދަގަނޑު ދަނޑިތަކުގައި ހިއްކާފައިވާ މުޝްތަކީ ފަތްތަކާއި، ލެވެންޑަރު މާތައް އެލުވާލާފައިވެއެވެ. އޭގެ މީރުވަސް މުޅި ގެއަށް ފެތުރިފައިވެއެވެ. ކަންކަނުގައި ރީނދޫ އަލިކަން ދޭ ކުދި ބޮކިތައް ދިއްލާފައިވެއެވެ.

ފަރުނީޗަރުތައް ކިތަންމެ އާސާރީވިޔަސް ހިތްގައިމެވެ. ބޯ، މުށިކުލައިގެ ގޮދަޑިއެއް އެޅިފައިވާ ބޮޑު ސޯފާއެއް ކޮޓަރީގެ އެއްފަރާތުގައި ހުއްޓެވެ. އޭގެ ކައިރީގައި ހުރީ ލަކުޑިން ތައްޔާރުކޮށްފައިވާ ކުޑަ މޭޒެކެވެ. މޭޒުމަތީގައި ހުރީ ރީތިކޮށް ކުރަހާފައިވާ ތަށްޓެއްގައި މޭވާތަކެކެވެ. އަނެއްފަރާތުގައި ހުރީ ބޮޑު ފޮތް އަލަމާރިއެކެވެ. އޭގައި ގިނަ ޢަދަދެއްގެ ފޮތްތައް ހުއްޓެވެ.

އުރުޖުވާން މަޑުމަޑުން އެތަނުގައި ހިނގާލިއެވެ. އޭނާގެ ފިޔަވަޅުތައް އެޅީ މަޑުންނެވެ. އެ ތަޅުންގަނޑުން އިވޭ އަޑު ހީވަނީ އެތައް އަހަރެއްގެ ވާހަކަ ކިޔައިދޭހެންނެވެ. ކޮންމެ ފިޔަވަޅަކާއެކު، އުރުޖުވާންގެ ހިތުގައި މި ތަނުގެ ޖާދޫވެރިކަމާއި ހިތްގައިމުކަން އިތުރުުރުވަމުންދިޔައެވެ.

"ވަރަށް ކޮޓެޖްކޯ ވައިބްސް.....އާ އައި ވިޝް..." އުރުޖުވާންގެ ޖުމްލަ ފުރިހަމަ ނުވަނީސް މެދުކެނޑުނެވެ.

"މިރެލް ދޯ..." މާޒިމް އެ ޖުމަލް ފުރިހަމަކުރިއެވެ.

"ނޫން....އައި ވިޝް އައި ކުޑް ލިވް ހިއާ..." އުރުޖުވާން ހެމުން ބުނެލިއެވެ. އޭނާ އަބަދުވެސް ދެކެމުން އައީ މިފަދަ ގެއެއްގެ ހުވަފެނެވެ. ސިޓީ ދިރިއުޅުމާއި ދުރުގައެވެ. މި ހިމޭންކަަމަކީ އޭނަގެ މިޒާޖާއި ގުޅޭ އެއްޗެކެވެ.

ކުޑަދޮރުން ފެންނަ މަންޒަރަކީ ނުނިމޭހާ ދިގު ދަނޑުބިންތަކެކެވެ. އެ ދަނޑުބިންތަކުގައި ފަތްނެތް ގަސްތައް ފެންނަމުންދިޔައެވެ. މުޅި ދުނިޔެ ހިމޭންވެފައެވެ. ހަމަޖެހިފައެވެ. އޮމާންވެފައެވެ.

"ވަރަށް ރީތި...." އުރުޖުވާން އާޝޯހުވިއެވެ.

"ހޫމް ދޯ. އެކަމަކު މިރެލް ނެތީމަ...ގުޅަންވީކަންނޭގޭ........" މާޒިމް ސޯފާގައި ހަަމަޖެހިލާފައި މިރެލް އަށް ގުޅުމަށް މަސައްކަތްކުރިއެވެ. ނަސީބު ދިމާކުރިގޮތުން މިހިސާބުގެ ރޭންޖުވެސް ރަނގަޅެވެ.

" އާ....އަ ލަވްލީ ކަޕްލް...ވެލްކަމް..." މުސްކުޅި މާމަގެ އަޑަށް އޭނައަށް ބަލައިލެވުނެވެ. އުރުޖުވާން އަށް ލިބުނީ ސިހުމެކެވެ. ކުޑަދޮރުން ބޭރު ބަލަން ހުރި އިރު މީހަކު ހުރި ކަމުގެ އިހުސާސެއް ވެސް ނުވެއެވެ.

" ސްކެއާޑް ޔޫ ؟" މާމަ އެހިއެވެ. މުސްކުޅިވުމުގެ ސަބަބުން ބުރަކަށި ގުދުވެ އަސާއެއްގެ އެހީގައި ހިނގާބިގާވެ އުޅެއެވެ. އިސް އުފުލާލުމުން މޫނުގެ އެއްފަޅީގައި ބޮޑު ނިޝާނެއް ފެނުނެވެ. ނަމަވެސް އޭނާގެ ލޯ އާދަޔާޙިލާފަށް ރިއްޗެވެ. މިރެލް ގެ އެއް ލޮލުގައި ހުންނަ ފަދަ މަޑު ފެއްސެކެވެ. ފަން ދިގު ނުރަ އިސްތަށީގަނޑެއް ވަނީ ބޮލު އަޅާ ފޮތިކޮޅަކުން ނިވާ ކޮށްފައެވެ. ބަލާ ބެލުމްަށް ހިވަނީ ކްރިސްޓިއަން ދީނުގެ މީހެއް ހެންނެވެ.

"އާނ...ދެޓްސް މިސް ވިކްޓޯރިޔާ....ލޭންޑް އޯނާ..." މާޒިމް އުރުޖުވާން އާއި ކައިރީގައި ހުއްޓިލަމުން ތައާރަފުކޮށްދިނެވެ. މޫނުމަތީގައި ބިރުގަތްކަން ދެއްކުނީތީ އުރުޖުވާން ލަދުގަތެވެ.

"ނޯ ވޮރިސް....ވެރީ ޔޫސްޑް ޓު އިޓް...އައިމް އަ ވިޗް....ޖަސް އަ ޖޯކް..." މާމަ ސަމާސާ ކޮށްލިއެވެ. އަދި ހީގަތެވެ. އުރުޖުވާން ވެސް ލަދުރަކި ކަމާއެކު ހިނިތުންވުމެއް ދިނެވެ. މާޒިމް އޭނާ ގާތުގައި ގެއަށް ވަނުމަށް އެދުނު ނަމަވެސް ނޫނެކޭ ބުނެލިއެވެ. އަދި އަތުގައި ހުރި ބާސްކެޓް އގޭ ދޮރު ކައިރީ ބަހައްޓައިލިއެވެ.

" ފާމް އެގްސް އެނޑް ސަމް ޕައި..." އޭނާ ބުނެލިއެވެ. އަދި އޭނާ އުޅެނީ މިގެއާ އެހާ ދުރުނޫން އަނެއް މަގުގައި ހުންނަ ފާމްގައި ކަމުގައި ބުނެލިއެވެ. އަދި އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ އަންނަން ދައުވަތުދިނެވެ.. ހިތްހެޔޮ މިޒާޖެެއްގެ ވެރިއެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު