ކަރީނާގެ އާ ފިލްމުގައި އޭނާގެ 'ޑްރީމް ޓީމް'

ކަރީނާ އެކްޓަރު ޕްރިތުވީރާޖް އަދި ޑައިރެކްޓަރު މޭގްނާ ގުލްޒާރުއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

ކަރީނާ ކަޕޫރު އަލަށް ސޮއިކޮށްފައިވާ ފިލްމުގެ ނަމަކީ "ދާއިރާ" ކަމަށާއި އެ ފިލްމުގެ ޓީމަކީ ހުވަފެނީ ޓީމެއް ކަމަށް ބަތަލާ ބުނެފިއެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މޭގްނާ ގުލްޒާރު ގެނެސްދޭ ފިލްމު "ދާއިރާ"ގައި ކަރީނާއާ އެކު ލީޑް އެކްޓަރެއްގެ ރޯލުން ފެންނާނީ ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރިތުވީރާޖްއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ކަރީނާ ބުނެފައިވަނީ މޭގްނާ ގުލްޒާރު އުފައްދާ ކްރިމް ތުރިލާ "ދާއިރާ"އަށް ސޮއިކޮށްފައިވާ ކަމަށާއި މި ފިލްމުގެ ޓީމަކީ ހުވަފެނީ ޓީމެއް ކަމަށެވެ.

ކަރީނާގެ ޕޯސްޓުގައި ބުނެފައިވަނީ ބަލާތައަކީ އަބަދު ވެސް ޑައިރެކްޓަރުގެ ތަރިއެއް ކަމަށެވެ. މި ފަހަރު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ދެވަނައެއް ނެތް މޭގްނާ ގުލްޒާރުއާ އެކު ކަމަށާއި އެންމެ ބޮޑަށް އުފާވީ ކަރީނާއަށް ވަރަށް ކަމުދާ އެކްޓަރެއް ކަމަށްވާ ޕްރިތުވީރާޖާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ އަދި ސައުތު އެކްޓަރު ޕްރިތުވީރާޖް--ފޮޓޯ/ފޭސްބުކް

ޑައިރެކްޓަރު މޭގްނާ ގުލްޒާރަކީ ފިލްމު "ރާޒީ" އަދި "ތަލްވާރު" ފަދަ ފިލްމުތައް އުފައްދާފައިވާ ފަރާތެކެވެ. ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލަގާއި އޮތް ފިލްމު "ދާއިރާ" ބެލުންތެރިންނަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި ކަނޑަނާޅައެވެ.

ފިލްމު "ދާއިރާ"ގައި ކުޅެން ލިބުނު ރޯލަކީ ސިނަމާގައި މިހާތަނަށް ދެއްކިފައިނުވާ ކަހަލަ ރޯލަކަށް ވުމުން ކަރީނާ ބުނެފައި ވަނީ މޭގްނާއާ އެކު އެފަދަ ފިލްމެއްގައި މަސައްކަތް ކުރުމަކީ މިހާތަނަށް އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

ކަރީނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.

comment ކޮމެންޓް