ސްޕޮޓިފައިއަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ޚިދުމަތްދީފި

އޯޑިއޯ ޕްލެޓްފޯމް, ސްޕޮޓިފައިއަށް ދިމާވި މައްސަލައަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ އެޕްލިކޭޝަންގެ ޚިދުމަތް ބޭނުން ކުރުމަށް ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށް, އެ ކުންފުނިން ބުނެފިއެވެ.

ބުދަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 13:30 (ޖީއެމްޓީ) ހާއިރު، 20،000 އަށްވުރެ ގިނަ މީހުން ސްޕޮޓިފައި މަސައްކަތް ނުކުރާކަމަށް ރިޕޯޓުކޮށްފައިވާކަމަށް ޑައުންޑިޓެކްޓާއިން ހާމަކޮށްފައިވެއެވެ.

ނަމަވެސް މިހާރު އެ ޕްލެޓްފޯމް "އަނބުރާ ރަނގަޅަށް މަސައްކަތްކުރަމުންދާ" ކަމަށް ސްޕޮޓިފައިން ބުނެފައިވެއެވެ.

މި މައްސަލަ ދިމާވި ސަބަބު ސްޕޮޓިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް "ސެކިއުރިޓީ ހެކް" އެއްގެ ވާހަކަ ދެކެވެމުންދިޔަ ނަމަވެސް، އެއީ "މުޅިން ނުބައި" މަޢުލޫމާތެއް ކަމަށް ކުރިން ބުނެފައިވެއެވެ.

މައްސަލަ ދިމާވި ވަގުތު، ޔޫޒަރުންނަށް ކުރިން ޑައުންލޯޑްކޮށްފައި ހުރި މިއުޒިކް ޕްލޭ ކުރެވުނު ނަމަވެސް، އާޓިސްޓުން ބަލައި، ސާޗް ފަންކްޝަން ބޭނުން ނުކުރެވުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއުޒިކް ހޯދަން މަސައްކަތްކުރުމުން، އެޕް ޓައިމްއައުޓްވެ، "ކޮންމެވެސް އެއްޗެއް ރަނގަޅުނުވެއްޖެ" ކަމަށް މެސެޖެއް ދައްކައި، ރިފްރެޝް ބަޓަނެއް ފެނުނެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖިމްގައި ތިބި މީހުންނާއި، އިމްތިހާނަށް ތައްޔާރުވަމުންދިޔަ ދަރިވަރުން ހިމެނެއެވެ. އަދި ބައެއް މީހުން ޔޫޓިއުބް އަދި އެޕަލް މިއުޒިކް ފަދަ ވާދަވެރި ޕްލެޓްފޯމްތަކަށް ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސްޕޮޓިފައިގައި ދުނިޔޭގެ 675 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ތިބިކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު