އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު އެއްކޮށް ރޫޅާލަން ޖެހޭ: އެމެރިކާ

މޮސްކޯ (17 އެޕްރީލް 2025): އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު އެއްކޮށް ރޫޅާލައި ނިއުކްލިޔާ ޓެކްނޮލޮޖީއާ ދުރަށް އީރާން ދިޔުން ނޫންގޮތެއް ގަބޫލުނުކުރެވޭނެކަމަށް އެމެރިކާ ބުނެފިއެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭ ގޮތުން އީރާނާއި އެމެރިކާ ފަށާފައިވާ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ރައީސްގެ މަންދޫބު ސްޓީވަން ވިޓްކޯފް ވިދާޅުވީ އީރާނުން ނިއުކްލިޔާ ބޮން ނުހަދާނެކަމުގެ ޔަގީންކަން އެމެރިކާއަށް ލިބޭނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލައި ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތައް ރޫޅާލައި ނިއުކްލިޔާ ޓެކްނޮލޮޖީ އާ މުޅިން ދުރަށް އީރާން ޖެހިލައިގެން ކަމުގައެވެ.

ވިޓްކޯފް މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާގެ އިސްވެރިން ވައިޓްހައުސްގައި ޓްރަމްޕާއެކު ބޭއްވި މަޝްވަރާތަކަށްފަހު ދެއްވި ބަޔާނެއްގައެވެ.

މި ބައްދަލުވުމުގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު އެއްކޮށް ރޫޅާލަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިކަމަށްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއެވެ. އޭނާއަކީ އެމެރިކާއަށް ބާރާއި ނުފޫޒު ހިންގާ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ މާލީ އެހީ ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ނަންމަޝްހޫރު ބޭފުޅެކެވެ.

އީރާނާއި އެމެރިކާ އާދެމެދު ފަށާފައިވާ ނިއުކްލިޔާ ވާހަކަތައް ޚަރާބުކޮށް އެ ވާހަކަތައް ނާކާމިޔާބު ކޮށްލުމަށް އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ އަދި ޔަހޫދީ ޓެރަރިޒަމަށް ފަންޑްކުރާ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުން އިންތިހާއަށް މަސައްކަތްކުރާނެކަމަށް ކުރިން ވެސް ވަނީ ބެލެވިފައެވެ.

ޓްރަމްޕާއި އެމެރިކާގެ އެ ނޫން ވެސް ސިޔާސީ ފަރާތްތަކުގެ ކޭންޕެއިންތަކަށް މައިގަނޑު ގޮތެއްގައި ޚަރަދު ކުރަނީ އެމެރިކާގެ ޔަހޫދީ މަހުޖަނުންނާއި ޔަހޫދީންގެ ކުންފުނިތަކުން ކަމީ ވަރަށް ކުރީއްސުރެ ހާމަވެފައިވާ ހަގީގަތެކެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު އެއްކޮށް ރޫޅާލައި ޔޫރޭނިއަމް ފައްކާކުރުންފަދަ ނިއުކްލިޔާ ހައްސާސް ޓެކްނޮލޮޖީން އީރާން މަހުރޫމް ކުރުމުގެ ވާހަކަތަކަކީ މީގެކުރިން އެމެރިކާގެ މަންދޫބު ސްޓިވަން ވިޓްކޯފް ދެއްކެވި ވާހަކަތަކެއް ނޫނެވެ. ކުރިން ވިޓްކޯފް ވާހަކަދައްކަވާފައިވަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަންދޭން ޖެހޭ ވާހަކައާއި އެކަން ބަލައި މޮނިޓާ ކުރާނެ މެކޭނިޒަމެއް އެކުލަވާލުމުގެ ވާހަކަތަކެވެ.

އީރާނާއި އެމެރިކާ އާ ދެމެދު ނުސީދާ ގޮތެއްގައި އޮމާންގެ ވެރިރަށް މަސްގަތުގައި މިދިޔަ ހަފްތާގައި ބޭއްވި މަޝްވަރާތަކުގައި ވެސް އެމެރިކާގެ މަންދޫބު ދައްކަވާފައިވާ ކަމަށްވަނީ މިވާހަކަތަކެވެ.

ވިޓްކޯފްގެ މި ބަޔާނާ ގުޅިގެން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވީ މިއީ އީރާނުގެ ރަތްރޮނގު ހުރަސްކުރުންކަމަށާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލުމާ ބެހޭގޮތުންނާ އަދި ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމާ ބެހޭގޮތުން އެމެރިކާއާ ވެސް އަދި އެހެން ފަރާތަކާއެކު ވެސް އީރާނުން ވާހަކަ ނުދައްކާނެކަމުގައެވެ.

މިއީ އެމެރިކާގެ ނިންމުންކަމަށްވާނަމަ އެމެރިކާއާއެކު މިހާރު ފަށާފައިވާ ނިއުކްލިޔާ ވާހަކަތައް ކާމިޔާބު ނުވާނެ ކަމަށާއި ވާހަކަތައް ކޮޅެއްގައި ނުޖެހި ރޫޅިގެން ދާނެކަމަށް ބެލެވޭކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވިއެވެ.

އިރާގްޖީ ވިދާޅުވީ އީރާނަށް ޔުރޭނިއަމް މުއްސަނދި ކުރުމަށް ލިބިގެންވާ ހައްގަކީ އެކަމާމެދު މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމެއް ނޫން ކަމުގައެވެ. އަދި ނިއުކްލިޔާ މަރުކަޒުތައް ރޫޅާލުމަކީ ކުރާނެކަމެއް ނޫންކަމާއި އީރާން އޮތީ އެތަންތަން ދިފާއުކުރަން ތައްޔާރަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގެ ދެވަނަ ބުރު ބާއްވަން ރާވާފައިވަނީ އިޓަލީގެ ވެރިރަށް ރޯމްގައި އަންނަ ހޮނިހިރު ދުވަހެވެ.

comment ކޮމެންޓް