'ސިޓަޑެލް: ހަނީ ބަނީ'ގެ ދެވަނަ ސީޒަން ވަކި ސީރީސްއެއް ގޮތަށް ދެން ނުގެނެސްދޭނެ

މިދިޔަ އަހަރު އެމޭޒަން ޕްރައިމް ވީޑިއޯއިން ގެނެސްދިން ސްޕްއި އެކްޝަން ޓެލެވިޒަން ސީރީސް "ސިޓަޑެލް: ހަނީ ބަނީ"ގެ ދެވަނަ ސީޒަން ވަކި ސީޒަނެއް ގޮތަށް ގެންނަން ނިންމާފައި ނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫއެސް މީޑިއާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި "ސިޓަޑެލް"ގެ އިންޑިއަން ވާޝަންގެ ދެވަނަ ސީޒަން ދެން ގެނެސްދޭނީ އެ ޝޯގެ އޮރިޖިނަލް އެމެރިކަން ޝޯއާ އެކުއެވެ.

އެމެރިކަން ޓެލެވިޒަން ސީރީސް "ސިޓަޑެލް" އަކީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަދި ހޮލީވުޑް އެކްޓަރު ރިޗަޑް މެޑްން ލީޑް ރޯލް ކުޅެފައިވާ ސީރީސްއެކެވެ.

"ސިޓަޑެލް"ގެ އިންޑިއާ ވާޝަން "ސިޓަޑެލް: ހަނީ ބަނީ"ގެ ލީޑް ރޯލް ކުޅެފައި ވަނީ ބޮލީވުޑް އެކްޓަރު ވަރުން ދަވަން އަދި ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ސަމަންތާ ރުތު ޕްރަބޫއެވެ.

މި ދެ ސީރީސް އަކީ ވަކިން ޕްރައިވެޓްކޮށް ހިންގާ ސްޕައި އެޖެންސީއަކަށް މަސައްކަތްކޮށްދޭ އެކަމުގެ ތަމްރީނު ލިބިފައިވާ ޖާސޫސުންތަކެއް ހިންގާ މިޝަންތަކެއް ދައްކުވައިދޭ ދެ ސީރީސްއެކެވެ.

'ސިޓަޑެލް'ގެ އެމެރިކަން ސީރީސްގައި ބަތަލާ ޕްރިޔަންކާ އަދި ހޮލީވުޑް އެކްޓަރު ރިޗަޑް މެޑްން--ފޮޓޯ/ނިއުޔޯކްޓައިމްސް

"ސިޓަޑެލް" ޑިޒައިންކޮށްފައި ވަނީ މި އެޖެންސީތަކަށް ޖާސޫސްކޮށްދޭ މީހުން ބައިނަލް އަޤްވާމީ އެކި ޤައުމުތަކުގައި އެމީހުންގެ މިޝަންތައް ހިންގާ ގޮތަށް ކަމަށާއި އިންޑިއާގައި ގެނެސްދެވުނު "ސިޓަޑެލް: ހަނީ ބަނީ"އަކީ އޭގެ ބައެއް ކަމަށް ޔޫއެސް މީޑިއާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

މި ދެ ސީރީސް އަކީ ވެސް މަޝްހޫރު މާވެލް ސިނެމަޓިކް ޔުނިވާސްގެ ހަތަރު ފިލްމު ކަމަށްވާ "ކެޕްޓަން އެމެރިކާ" ފްރެންޗައިސްގެ ދެ ފިލްމު އަދި "އެވެންޖާސް"ގެ ދެ ފިލްމު ޑައިރެކްޓްކޮށްފައިވާ ރަސޯ ބްރްދާސް އެގްޒެކެޓިވް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ދެ ސީރީސްއެވެ.

އެމޭޒަން ޕްރައިމްއާ ގުޅިގެން ދެ ސީރީސް ގެނެސްދިންއިރު އިންޑިއަން ވާޝަން ޑައިރެކްޓްކޮށްފައި ވަނީ މަގުބޫލު އިންޑިއާގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އާއި ޑީކޭއެވެ.

ދަ ހޮލީވުޑް ރިޕޯޓާގައި ބުނެފައިވާ ގޮތުން އެމެރިކަން ސީރީސް "ސިޓަޑެލް"ގެ ދެވަނަ ސީޒަންގެ މަސައްކަތް 2023ގެ ނޮވެމްބަރު މަހުތެރޭ ވަނީ އެއްކޮށް ނިންމާލާފައެވެ.

މުޅިއެކު 160 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ "ސިޓަޑެލް" އަކީ އެމޭޒަންއިން ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްގެން އުފެއްދި ޝޯއެވެ.

comment ކޮމެންޓް