ހާވާޑް ބިޒްނަސް ސުކޫލާ ގުޅިގެން ހިންގި ކޯހުން މިއަހަރު ވެސް އުރީދޫގެ ދެ މުވައްޒަފުން ދަސްވެނިވެއްޖެ

އުރީދޫގެ މުވައްޒަފަކު ހާވާޑް ބިޒްނަސް ސުކޫލުން ދަސްވެނިވުން ---- ފޮޓޯ/ އުރީދޫ

ހާވާޑް ބިޒްނަސް ސުކޫލާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ހިންގި ކޯހެއްގައި އެކުންފުނީގެ ދެ މުވައްޒަފުން ދަސްވެނިވެެއްޖެއެވެ.

އެ ޔުނިވާސިޓީން ދަސްވެނިވި މުވައްޒަފުންނަކީ މުޙައްމަދު އަކްޝަމާއި މުޙައްމަދު އިބްރާހީމެވެ.

އެ މުވައްޒަފުން ދަސްވެނިވެފައި ވަނީ ހާވާޑް ބިޒްނަސް ސުކޫލާއި އުރީދޫ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެލްޑީޕީ) ގުޅިގެން ހިންގި ކޯހެއްގައެވެ.

އުރީދޫގެ މުވައްޒަފަކު ހާވާޑް ބިޒްނަސް ސުކޫލުން ދަސްވެނިވުން ---- ފޮޓޯ/ އުރީދޫ

އުރީދޫއިން ވަނީ، ދަސްވެނި އެކުންފުނީގެ މުވައްޒަފުންނަށް މަރުހަބާ ކިޔާފައެވެ. އެގޮތުން، މުވައްޒަފުންގެ ހިތްވަރާއި މަސައްކަތުން ކާމިޔާބީ ހޯދައިދީފި ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އެކުންފުނީގެ މުވައްޒަފުން އިންވެސްޓުކުރުމަށާއި މުސްތަގުބަލަށް ހަރަކާތްތެރިވާނެ ލީޑަރުން ބިނާކުރުމަށް ހިތްވަރުދޭކަން އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ވަނީ، އުރީދޫގެ ހަ މުވައްޒަފަކަށް ތިން އަހަރުތެރޭ ހާވާޑް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދީ، އެކަން ފާހަގަކޮށްފައެވެ.

https://sun.mv/197905

އުރީދޫއިން ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކޮންމެ އަހަރަކު ދެ މުއައްޒަފުންނަށް ތަމްރީނުދެއެވެ.

އުރީދޫއިން 2021ގައި ފެށި މި ޕްރޮގްރާމަކީ މުވައްޒަފުންގެ ލީޑާޝިޕް ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމަށް ފަރުމާކޮށްފައިވާ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ފޯރުކޮށްދޭ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރަކު، އޫރީދޫގެ އުންމީދީ ދެ ލީޑަރަކު މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ އައު އީޖާދުތަކާއި ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރާކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށަފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް