ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު އަޅުވަން ތައްޔާރުވާ އާ ފިލްމު ކަމަށްވާ "ޕްރޮޖެކްޓް 37"ގެ ރަސްމީ ނަމަކަށް "އަލިފާން" ކިޔައިފިއެވެ.
ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ޑާކްރެއިނުން ޕްރޮޖެކްޓް 37 އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މިއީ ޕްރޮޑަކްޝަނުން ނެރޭ އެކްޝަން ތުރިލާ ފިލްމެކެވެ.
ފިލްމަށް ކޯޑު ނަމެއްގެ ގޮތުގައި ދީފައިވަނީ ޕްރޮޖެކްޓް 37 ދީފައެވެ. ނަމަވެސް، ޑާކްރެއިންއިން އާންމުކޮށްފައިވާ ގޮތުގައި ފިލްމަށް ކިޔާފައިވަނީ އަލިފާނެވެ.
https://www.instagram.com/p/DIsfDIrp1VV
ފިލްމުގެ ޓައިޓަލް ރިވީލްއާއެކި ފިލްމުގެ ޓީޒަރެއް ވެސް ވަނީ އާންމުކޮށްފައެވެ. އަދި، ފިލްމުގެ ފުރަތަމަ ޓްރެއިލަރު އާންމު ކުރާނެކަން ވެސް ވަނީ މި ޓީޒަރުގައި ހާމަކޮށްފައެވެ. އެގޮތުން، ފިލްމުގެ ޓްރެއިލަރު ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ.
ފިލްމުގެ ނަން ފައިނަލްކުރުމުގެ ކުރީން ފިލްމުގެ ޝޫޓިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލާފައެވެ. އެއަށް ފަހު މިހާރު ކުރިއަށްދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.
މިއީ ޑާކްރެއިންގެ 37 ވަނަ ޕްރޮޖެކްޓެވެ.
މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.
ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައިވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފާއި، އަހުމަދު ޝާކިރު ފަދަ ތަރީންނެވެ.