އެޕަލްއިން އައިފޯނަށް އައު އަޕްޑޭޓެއް ނެރެފި

އެޕަލް އައިފޯން --

ޓެކްނޮލޮޖީގެ އެންމެ ވަރުގަދަ އެއް ކުންފުނި އެޕަލްއިން އެކުންފުނީގެ އައިފޯނަށް އައު އަޕްޑޭޓެއް ނެރެފިއެވެ. މި އަޕްޑޭޓަކީ އައިއޯއެސް 18.5 ޑިވެލޮޕާ ބީޓާ ތިނެއް އަދި ޕަބްލިކް ބީޓާ ދެއެކެވެ.

މި އަޕްޑޭޓް ނެރެފައިވަނީ ޑިވެލޮޕަރުންނާއި ބީޓާ ޓެސްޓަރުންނަށެވެ. މީގެ ކުރިން ނެރުނު އަޕްޑޭޓްތަކެކޭ އެއްފަދައިން، މިއީވެސް ކުދިކުދި ބަދަލުތަކެއް ގެނެސްފައިވާ އަޕްޑޭޓެކެވެ.

މި އަޕްޑޭޓްގައި އެޕަލްގެ އައު ޑިވައިސް ކަމުގައިވާ ވިޝަން ޕްރޯގައި ދިމާވި މައްސަލައެއް ވެސް ރަނގަޅުކޮށްފައިވެއެވެ. އެއީ ބައެއް ޙާލަތްތަކުގައި ވިޝަން ޕްރޯގެ އެޕްގައި ކަޅު ސްކްރީނެއް ފެންނަ މައްސަލައެވެ.

މި އަޕްޑޭޓްގައި އިތުރު ބަދަލުތަކެއް ވެސް ގެނެސްފައިވާއިރު، އޭގެ ތެރޭގައި މެއިލް އެޕްގެ ޔޫސަރުންގެ ކޮންޓެކްޓް ފޮޓޯތައް ދެއްކުމަށް ނުވަތަ ނުދައްކާ ބަދަލުކުރެވޭނެ އޮޕްޝަނެއް އިތުރުކޮށްފައިވެއެވެ. މިކަން ކުރެވޭނީ ސްކްރީނުގެ މަތީ ކަނާތްފަރާތުގައިވާ ތިން ޑޮޓް އޮޕްޝަނަށް ފިތައިގެންނެވެ. މީގެ ކުރިން މި ފަންކްޝަން ބޭނުންކުރެވެން ހުރީ ސެޓިންގްސް އެޕް މެދުވެރިކޮށެވެ.

އެޕަލްއިން މި އަޕްޑޭޓް ނެރުމާއެކު، އައިފޯން ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އަޕްޑޭޓްތަކެއް ނެރުމަށް ރޭވިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، މެއިލް އެޕްގައި "ގްރޫޕް ބައި ސެންޑާ"، ކެޓަގަރީތައް އަދި އޭއައި ޕްރައިއޮރިޓީ މެސެޖްތައް ދެއްކުމަށް ނުވަތަ ނުދައްކާ ބަދަލުކުރެވޭނެ އޮޕްޝަނެއް ވެސް އިތުރުކޮށްފައިވެއެވެ. މިކަންވެސް ކުރެވޭނީ ތިން ޑޮޓް މެނޫއިންނެވެ.

އެޕަލްކެއާ އަދި ވޮރަންޓީ ކަވަރޭޖް ޕޭޖަށް ވިޝުއަލް އެންހޭންސްމަންޓްތަކެއް ވެސް ގެނެސްފައިވެއެވެ. އަދި ސެޓިންގްސް އެޕްގައި އެޕަލްކެއާ ކަވަރޭޖްއާ ގުޅޭ އައު ބެނަރެއް ވެސް އިތުރުކޮށްފައިވެއެވެ. މި ބެނަރުގައިވާ ލިންކަށް ފިތައިގެން ކަވަރޭޖްއާ ބެހޭ އިތުރު މަޢުލޫމާތު ލިބޭނެއެވެ.

އެޕަލްއިން ބުނާގޮތުގައި، އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ އެޕަލް އެކައުންޓަށް ވަދެ، ޑިވައިސް ލިސްޓުން ޑިވައިސްއެއް ޚިޔާރުކޮށްގެން އެޕަލްކެއާ ޕްލޭން މިހާރު މެނޭޖްކުރެވޭނެއެވެ.

މި ފީޗާތަކުގެ އިތުރުން، ބައެއް މައްސަލަތައް ވެސް ރަނގަޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެޕް ސްޓޯއިން ޑައުންލޯޑްކުރާއިރު އެޕަލް ވިޝަން ޕްރޯ އެޕް ހުޅުވުމުން ކަޅު ސްކްރީނެއް ފެންނަ މައްސަލަ އާއި އެޗްވީއެފް ފްރޭމްވޯކްގައި ސިސްޓަމް ރިސޯސްތަކާއި ހާޑްވެއާ ފަންކްޝަނަލިޓީތަކަށް ސީދާ އެކްސެސް ދޭ ސީ އޭޕީއައިތަކުގެ ލިބެންހުރި މިންވަރު ރަނގަޅަށް ޗެކްނުކުރެވޭ މައްސަލަވެސް ރަނގަޅުކޮށްފައިވެއެވެ.

މީގެ އިތުރުން، ކުރިން ފާހަގަކުރެވި، މިހާރު ރަނގަޅުކޮށްފައިވާ އަނެއް މައްސަލައަކީ ސްޓޯކިޓްއާ ގުޅުންހުރި މައްސަލައެކެވެ.

މި މައްސަލަތައް އައިއޯއެސް 18.5 ޑިވެލޮޕާ ބީޓާ އެކެއްގައި ރަނގަޅުކުރެވުނު ނަމަވެސް، އެންމެ ފަހުގެ ޑިވެލޮޕާ ބީޓާ ތިނެއް އަދި ޕަބްލިކް ބީޓާ ދޭއްގެ އަޕްޑޭޓްތަކުން މި މައްސަލަތައް އަދިވެސް ދިމާވާކަމަސް ރިޕޯޓު ކޮސްފައިވާ ބައެއް ޑިވައިސްތަކުގައި އެކަން ރަނގަޅުކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު