"އިސްތިޣުފާރުކުރުމަކީ ވަރަށް ގިނަ ކަންތައްތައް ލިބުމަށް އޮތް ހައްލެކެވެ. މުއްސަދިކަމާއި ނަފްސާނީ ބަލިތަކަށް ހައްލު ލިބުމާއި، ވަޒީފާގެ ކުރިއެރުން ލިބުން ފަދަ ކަންތައްތައް ހިމެނެއެވެ. އެންމެ ޚާއްސަ ކަމަކީ ތިބާއާއި ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވުމެވެ. ކިތަންމެ އަވަދިނެތި އުޅުނަސް އިސްތިޣުފާރުކުރުމުގައި ދެމި ހުންނާށެވެ."

***

"އައި ހޭވް ޓު ގޯ...."

މިރެލްގެ އެ ޖުމްލައާއިއެކު ވައި އަނެއްކާވެސް މަޑުވެލިއެވެ.. އަދި އެދިމާލުން ހިޔަންޏެއް ފާޅުވިއެވެ. އެއާއެކު އެހިޔަނީގެ މޫނު ހުރި ދިމާލުން ފަރަހްގެ ސޫރަ ފައުޅުވާންފެށިއެވެ. އެ ފުން ވަޅުގަނޑެއް ކަހަލަ ދެލޮލާއި ނުލަފާ ހިންޏެކެވެ. އޭނާގެ ހިކިފައިވާ އިނގިލިތައް މައްޗަށް ނެގިއެވެ. އެއާއެކު މިރެލްގެ އަތުގައި ހިފާ ކުރިއަށް ދަމައިގަނެގެން ފެންގަނޑަށް ފުންމާލިއެވެ. ފެނުގައި ޖެހުނު އަޑު އިވުނީ ބިމުގެ އަޑިން އައި ބާރުގަދަ ގުގުރުމެއްހެންނެވެ. އެއާއެކު ބިންގަނޑުވެސް ހެލިގަތެވެ. ކަޅުކޯރު އެ ފުރާނަ ދިރުވައިލިފަދައެވެ.

އުރުޖުވާން ހޭލެވުނީ ބާރަށް ހަޅޭއްލަވައިގަނެވުމާއެކުގައެވެ. އެއަޑުގައި ވޭނާއި ހިތްދަތިކަން އަދި ބިރުވެރިކަންވެސް ވިއެވެ. ހާސްކަމާއެކު ބާރުބާރަށް ނޭވާލަމުން ދިޔައިރު، ފިނި ދަލުން ތެމޭގޮތްވިއެވެ. ކޮޓަރީގެ ބޮކިތައް ނިވާލާފައި ވީނަމަވެސް ފަރުދާގެ ތެރެއިން ވަދެފައިވާ ހަނދުވަރުގެ އަލިކަމުން އެތަން އަލިވެފައިވެއެވެ.

"އުރޫޖް........" މާޒިމްވެސް އެނދުން ތެދުވެ އުރުޖުވާން ގެނެސް ގަޔާއި ކައިރިކޮށްލީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ. އޭނަގެ އަޑުގައިވެސް ވީ ހާސްކަމެވެ. "ކިހިނެއްވީ؟ ކޮންކަމެއް ދިމާވީ؟ބުނެބަލަ....ކީއްވެ ތިހާ ބިރުން؟"

އޭނަގެ ލޯ ތަންމިނަށް ބޮޑުވެ، ހާސްކަން ފާޅުވެފައިވާއިރު، ކޮޓަރީގެ ކޮންމެ ކަނަކަށް ބަލަމުންދިޔައީ މީހަކު ހޯދާ ކަހަލަ ގޮތަކަށެވެ. އޭނާގެ ލޮލުން ފެންނަނީ އާދަޔާ ޚިލާފަށް ބިރުގެންފައިވާކަމުގެ ކުލަވަރާއި ކަންބޮޑުވުމެވެ.އޭނާގެ ހިތުގެ ވިންދު އަވަސްވެފައިވާވަރު އިހުސާސްކުރެވެއެވެ. ދެންމެ ދެންމެ ނޭވާވެސް ހުއްޓިދާނެފަދައެވެ.

އޭނައަށް މާޒިމްގެ އަޑު އިވުނުހެނެއްވެސް ހިޔެއްނުވެއެވެ. އޭނާގެ ސިކުނޑި ފުރިފައިވީ އެފެނުނު ބިރުވެރިކަމުން ފުރިގެންވާ މަންޒަރުންނެވެ.

"މިރެލް-......." އޭނާގެ އަޑު ބެދުނެވެ. އެ އަޑުގައި ވޭނާއި ހިތާމަ ފާޅުވެފައިވެއެވެ.އޭނަގެ އަޑު ބާރުވަމުން ދިޔައެވެ. "މިރެލް ކޮބާ؟ ދަރިފުޅު ކޮބާ؟ މިރެލް......މިރެލް........"

މާޒިމް އޭނަގެ ކޮނޑުގައި އޯގާތެރިކަމާއެކު ހިފައި ކުޑަކޮށް ތަޅުވާލިއެވެ.

"މިރެލް އިޒް ހޯމް އުރޫޖް....ޝީ އިޒް ފައިން...އިޓްސް ޖަސްޓް އަ ބޭޑް ޑްރީމް..." މާޒިމް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ނޫން - ނޫން. އެހެނެއްނުވާނެ. އެކުޑަކުއްޖާވެސް ހަމަ ރިއަލް...މިރެލްވެސް.......،" އޭނާ ބޮލުން ނޫނެކޭ ބުނެ މާޒިމްއާއި ދުރަށް ޖެހެން މަސައްކަތްކުރިއެވެ. އޭނަގެ މުޅި ހަށިގަނޑުވެސް ތުރުތުރުލާފަދައެވެ.

"މިރެލް ޝީ ޖަމްޕްޑް.....ޝީ ޖަމްޕްޑް...މާޒް..." އޭނާގެ އަޑު އަނެއްކާވެސް ކެނޑުނެވެ. ލޮލުން ކަރުނައިގެ މުތީތައް އޮހިގަތުމާއެކު އަތްތިލަތެރޭ މޫނު ފޮރުވިއެވެ. އުރުޖުވާން ހީވީ ހަމަހޭވެރިކަން ގެއްލިފައި ވީ ހެންނެވެ. އެނދުގެ އަރިމަތީގައި ހުރި މޭޒުމަތިން ފެން ތަށި ފެނުމުން މާޒިމް އެނެގިއެވެ. އުރުޖުވާންގެ މޫނަށް ފެންތަށި ޖެހިއެވެ. މާޒިމްވެސް ބިރުގެންފައި ހުރުމުން ގޮތް ހުސްވެ ހަދާނެގޮތެއްވެސް ނޭގުނީއެވެ. އުރުޖުވާން ސިހުމާއެކު ބާރުބާރަށް ރޯންފެށިއެވެ.

"މިރޭ ހިތް ހަމަޖެހޭނީ މިރެލް ފެނުނީމަ. ވާހަކަ ދައްކައިލެވުނީމަ. ވަރަށް ނުބައި ޑްރީމްއެއް........."

"ނުބައި ޑްރީމް ފެންނަނީ ޝައިތޯނާގެ ފަރާތުންނޭ އުރޫޖު ބުނަމެއްނު. ނުބައި ކަމެއް ފެނިއްޖެއްޔާ ހަދަންވީގޮތްވެސް އުރޫޖް ކިޔާދިން ހަނދާނެއްވޭ..."

"ހަނދާނެއްނެތް...އެކައްޗެއްވެސް ބޮލަކަށް ނުވަދޭ...ކީއްވެ އެ މީހާ ފެންނަންވީ.........ވަރަށް ބިރުގަނޭ.........."އޭނަ ކަރުނައިގެ ލޮލަކުން މާޒިމްގެ މޫނަށް ބަލަހައްޓައިގެން އިނެވެ. މާޒިމް ކޯތާފަތް ފޮހެލަދެމުން ނުރޯން އެދުނެވެ.

" މާޒް...ކޭން ޔޫ ކޯލް ހާ..ޕްލީޒް...ޕްލީޒް......." އޭނަ އާދޭސްކުރިއެވެ.

"ޑީޕް ބްރެތް.....ހަމަޖެހިބަލަ..އޭރުން ގުޅާދޭނަން....އައި ޕްރޮމިސް......."

މާޒިމް އޭނަ ގެނެސް މޭގައި ޖައްސާލައިގެން އިރުކޮޅެއްވާންދެން އިނެވެ. މަޑުމަޑުން ބޮލުގަޔާއި ބުރަކަށީގައި ފިރުމައިލަދިނެވެ.އޭނަ ހަމަޔަކަށް އެޅުމުން ފޯނުން ޑައިލް ކުރިއެވެ. އޭރު ވެސް އުރުޖުވާންގެ ސިކުނޑީގައި ފިލްމެއްގެ މަންޒަރުހެން ފެންނަމުން ދިޔައީ މަރުގެ ކުލަވަރެވެ. މިރެލް ކޯރަށް ފުންމާލި ގޮތެވެ. ފަރަހްގެ ހިޔަންޏެވެ. މިރެލްގެ ފިނި ހަށިގަނޑު ކޯރުގެ ފެނުގައި ޖެހުނު މަންޒަރު އޭނާގެ ހިތް ސިއްސުވާލައިފިއެވެ. ތަކުރާރުކޮށް ލޮލަށް ސިފަވަނީ އެ ތަންކޮޅެވެ.

ފުރަތަމަ ރިންގާއެކު މެހެކް ފޯނު ނެގިއެވެ، އިންތިޒާރުގައި ހުރިފަދައެވެ. އުރްޖުވާންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އަޑުގައިވެސް ވީ ހާސްކަމެވެ. "މެހެކް ކޮބާ މިރެލް؟"

މެހެކް ޖަވާބުދޭން އިރުކޮޅެއްނެގިއެވެ. އުރްޖުވާންއަށް ހީވީ އެތައް މިނިޓެއް ވޭތުވިހެންނެވެ.

"ނިދިފަ އޮތީ...މިގަޑީ މިރެލް ނިދަން ދޯ އޮންނާނީ...ކިހިނެއްވީ އުރޫޖް...ހާދަ ހާސް ވެފަ..." މެހެކް ޖަވާބުދިނެވެ، އަޑު ހަމަޖެހިފައިވާކަމަށް ދައްކުވައިދޭން މަސައްކަތްކުރަމުންނެވެ.

"ކޭން ޔޫ ޝޯ މީ...ވީޑިއޯ ޖައްސަބަލަ...." އޭނަގެ ހިތަށް ތަސަައްލީ އެއް ނުލިބުނެވެ.

"ޕްލީޒް އުރޫޖް...މެހެކް އެންޑް ޚުޝަލް އެތިބީ ނު....ދެން ވީޑިއޯ ޖެއްސީމަ ހޭލެވޭނީ...އަދި މިއީ ދަންވަރު ގަޑި...މިރެލް އަށް ވަރަށް އުނދަގޫ ވާނެ ލައިޓް ޖެއްސީމަ..." މާޒިމް ބުނަމުންދިޔައެވެ.

މެހެކް ޖެހިލުންވެ، ވަގުތު ހޯދަން މަސައްކަތްކުރާހެން ހީވިއެވެ.

" އާނ ވަރަށް ކުޅެން އުޅެލި މިއަދު....ހެނދުނުން އޯކޭ ވާނެ ދޯ..." މެހެކް ގެ އަޑުގައިވި ހާސްކަން އެނގުމުން އޭނަގެ ހިތުގައި އޮތް ނުތަނަވަސްކަން އިތުރުވިއެވެ.

"މެހެކް ހާސްވީ ކީއްވެ؟ އަނެއްކާ ކަމެއް ދިމާވީތަ؟މިގަޑީގައި ހޭލާ ހުރީމައެއްނު ވަގުތުން ފޯނު ނަގާނީ...އެންމެ ރިންގަކުން......."

"ސާބަހޭ....އުރޫޖް ނުކުރިޔަސް ދަމު ނަމާދު ކުރާ އަޅުވެރިކުދިން އެބަތިއްބޭ....ޚުޝަލްވެސް އެ މީކާއިލްއަކާއި ޖެހުނުފަހުން ދަންނަބޭކަލަށް ވެއްޖެއެއްނު..ތީ ދެން ސުވާލުކުރާ އެއްޗެއްވެސް ނޫނެއްނު......"މާޒިމް އޭނަގެ ނޭފަތުގައި ހިފައިލިއެވެ.

"ނިދި މަޑު ދުވަސްކޮޅެއްވީމަ...ސޯ...ހެނދުނު ގުޅަންވީ ދޯ..."މެހެކް އެހިއެވެ.

"އާނ....ފަސްޓް ތިންގް އިން ދަ މޯނިން..."އޭނަ ފޯނު ބޭއްވުމަށް ފަހު ފުން ނޭވާ އެއް ދޫކޮށްލިއެވެ.

" އިޓްސް ޖަސްޓް އަ ބޭޑް ޑްރީމް...ބުނީމެއްނު...ކިހިނެއްވީ އެ ހުވަފެނުގަ؟" މާޒިމް ހީލިއެވެ. ހުވަފެނެއް ނަމަވެސް އެނގެން ބޭނުންވިއެވެ.

"ބޭޑް ޑްރީމް ކިޔައިދޭކަށް ނުވާނެ....ހަގީގަތަށް ވެދާނެ..." އުރުޖުވާން ގައިން ހީބިހި ނަގައިގެން ދިޔައެވެ."މިދަނީ ތަހައްޖުދު ކުރަން...އަޅުކަންތައްތަކާއި މިފަހުން ދުރުވެވުނީމަ މިހުރިހާ ކަންތައްތަކެއް ދިމާވަނީ.."

އޭނަގެ ދަރިފުޅަށް ކަމެއް ވެއްޖެނަމަ އޭނަގެ ފުރާނަ އުދުހިގެން ހިނގައިދާނެއެވެ. ނަމާދުކޮށްގެން ދުޢާ ކުރަން ބޭނުންވީވެސް ދަރިފުޅުގެ ރައްކާތެރިކަމަށް އެދިއެވެ. އެނޫން އެހެން އެއްވެސް ބޭނުމެއް އޭނަގެ ސިކުނޑިއަށް ނުވަނެވެ.

***

މެހެކް ހަނދާންވީ މީގެ ކުޑައިރުކޮޅެއް ކުރިން މިރެލް ކަތުރެއް ހިފަހައްޓައިގެން ހުރި މަންޒަރެވެ. އެނދުގެ ކައިރީގައި އެކަނި ހުރެ، އެ ނާޒުކު ދެ އަތުން އެ ކަތުރުގައި ހިފަހައްޓާފައި ހުރި ގޮތް ވަރަށް އަޖައިބެވެ. ލޮލުގައި ނުރައްކާތެރި ވިދުވަރެކެވެ. ފޯނު އައުމުގެ މިނިޓެއްހާއިރު ކުރިން އޭނާގެ އަތުން ކަތުރު ދޫވިއެވެ. މެހެކްއަށް އެ މަންޒަރު ފެނުމުން ހިތަށް އެރި ޚިޔާލުތަކުން ހަށިގަނޑުގައި ފިނިކަމެއް އިހުސާސްކުރެވުނެވެ.

އެ ފޯނު ރިންގު ނުވިނަމަ ދިމާވާނީ ކޮންފަދަ ހާދިސާއެއް ކަމެއްވެސް ނޭގެއެވެ.

މެހެކް ބަލައިލިއިރު މިރެލް އޭނާގެ ކުޑަ އެނދުގެ ރެއިލިންގ މައްޗަށް އަރަަނީއެވެ. ފިޔަވަޅުތަކުގެ އަޑެއްވެސް އެހެން އަޑެއްވެސް ނެތެވެ. އުދަގޫވާފަދަ ހިމޭން ކަމެކެވެ. މިރެލް ނިކަން ހަމަޖެހިލައިގެން އެނދުގައި އޮށޯތެވެ. ގެންގުޅޭ ކުޑަ ކަފަ ބުދުތަކުގެ ތެރެއިން ބެއާއެއްގައި ބައްދާލައިގެން ނިކަން ހަމަޖެހިލައިގެން އޮށޯވެ ހީލިއެވެ. ބުދާއި ވާހަކަދެއްކިހެންވެސް ހީވިއެވެ. ވައި އަޑަކުންނެވެ. ހުރިހާ ނުބަޔަކީ މިހާ ގިނަ ބުދުތައް ގެންގުޅުންހެއްޔެވެ؟

ނިދީގައި ވިޔަސް މިރެލް ގެ މިޒާޖު އާދަޔާ ޚިލާފެވެ.

އުރުޖުވާން ވެސް ދަންވަރު ގުޅާނީ ކޮންމެވެސް ބިރުވެރި އިހުސާސެއް ވެގެން ނޫންހެއްޔެވެ؟ ބިރުވެރި ހުވަފެނެއް ކަމުގައި ވިޔަސް ހަގީގަތަކީ މިރެލްގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތައް ފެންނަ ކަމެވެ.

މެހެކްގެ އަރިކަށްޓަށް ކުއްލި ތޫނު ތަދެއް އިހުސާސްކުރެވުމުން ނޭވާވެސް ހުއްޓޭގޮތްވިއެވެ. އޭނާގެ ތުންފަތުން ކުޑަ އަޑެއް ބޭރުވިއެވެ. އެއީ އޭނާއަށް އާ އިހުސާސެއް ނޫނެވެ. ދަރިފުޅު ބައިގެން ދިޔަ ދުވަހުވެސް އެރި ތަދަކީ މިއީއެވެ.

***

މަދީނާގެ ކޮޓަރިތެރެއަށް މަޑުމަޑު ހޫނުކަމެއް ވެރިވުމާއެކު ނޭފަތުގައި މީރު ވަހެއް ޖެހުނެވެ. އޭނަ ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރެ ފަހަރަކު ހެދުމެއް ޗެކް ކުރަމުން ދިޔައެވެ. ހިޖާބު ރީތިކޮށް އަޅާ، މަޑު ރަން ކުލައިގެ ފަށުވި ޕިނަކުން ހަރުކޮށްފައިވެއެވެ. މަޑު ކަނޑުފެހި ކުލައިގެ ހެދުމެއް އޭނާގެ ކޮނޑުގައި އެލުވިފައިވެއެވެ. މަތީގައިވާ މަޑު އަލިކަން އެ ފޮތީގެ މައްޗަށް އެޅެމުންދާއިރު، އޭނާ އެކިގޮތްގޮތަށް އަރިވެ އެ ކުލަ އޭނާގެ ހަމުގައި ފެންނަ ގޮތް ދިރާސާކުރަމުންދިޔައެވެ. އަތުގައި އޮތީ އެހެން ފޮއްޗެކެވެ. ރަތްވިލާ ކުލައިގެ ފޮއްޗެކެވެ.

" ސޯ ކޮމްޕްލިކޭޓިން....މިތަނުން ލާން ވީ ހެދުމެއް ވެސް ނޭގޭ...." މަދީނާ ކުދި ކިޔަންފެށިއެވެ. މިރޭގެ ނިދިން މަހުރޫމުވުމުން އޭނާ ރާވަމުން ދިޔައީ ކައިވެނީގެ ހަފްލާއަށްލާނެ ހެދުންތަކާއި މެދުއެވެ. އެކަމުންވެސް އޭނާގެ ސިކުނޑީގަިއ ފުނި ޖެހިަފއިވާ ހިޔާލުތަކާއި ދުރަށް ދެވޭނެތީއެވެ.

އޭނާ އެނބުރި ހެދުން އަނބުރާ ރެކުގައި އަޅުވަން ދިޔައެވެ. ކުއްލިއަކަށް އޭނަގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ. އޭނާގެ ފުރަގަހުގައި، އުވައިސް ހުއްޓިފައި ހުރި މަންޒަރު ފެނުނީ ލޯގަނޑުންނެވެ. ހިމޭންކަމާއެކު އޭނަގެ މޮޔަ ހަރަކާތްތައް ދެކެން ހުންނަތާ ވީ އިރެއްވެސް ނޭގެއެވެ.

" ވައި އާ ޔު ހިއާ؟" މަދީނާ ރުޅއާއި ފޫހި އެއްވެފައިވާ ގޮތަކަށް މޫނު ހަދައިލަމުން ހަށަން ބަދެލިއެވެ. އޭނަ ފެންނައިރަށް އުވެއިސް ގެއްލޭނެއޭ ހިތާއެވެ. އެއީ އާއްމުކޮށް ވާގޮތެވެ.

އުވައިސް ގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. "އެ ނޫ ކުލަ ރީތި ވާނެ މިކާއިލް އަށް...."

އުވެއިސް ނޫންކަމަށް ހަދާފައި އެ ބުނެލީ އޭނާ އަށް ރީތިވީ ކުލައެވެ. މަދީނާ ރުޅިވެރިކަމާއެކު ބުމަ ކައިރިކޮށްލަމުން އެނބުރުނެވެ.

" ޖެއްސުން ކުރަންތަ ތިއައީ؟....ޓެލް މީ ވަޓްސް ރޯންގް ވިތް މިރެލް...." މަދީނާ ގެ ދުލު ކުރިގައި އޮތް ބަސް ނެރެވުނެވެ.

އުވައިސްގެ ލޯ ތެރޭގައި ހުރި އަލިކަން މަޑުމަޑުން ފަނޑުވެގެން ދިޔައެވެ. މަދީނާއަށް އެ ކަން ފާހަގަވުމުން ކުޑަކޮށް ޖެހިލުންވިއެވެ.

މަދީނާ ތަންކޮޅެއް މަޑުމައިތިރިވިއެވެ. އޭނާގެ އަޑު މަޑުވެގެން ދިޔައެވެ. ކުރިމަތީގައި މިހިރީ އާދައިގެ މީހެއް ނޫނެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ތަފާތު ބާރެއް ލިބިފައިވާ ނަސްލެެއްގެ ޒުވާނެކެވެ. "ފައިން...........މިރެލްއަށް ވަމުންދަނީ ކީއްކަން ބުނެބަލަ. ނޯމަލްކުއްޖެއް ހެން ނޫން އުޅެނީ........"

އުވައިސް ހިމޭންކަމާއެކު ބަލަން އިރުކޮޅެއްވާންދެން ހުރީއެވެ.

" އިޒް އިޓް އިވޯން....އިޒް ޝީ ބެކް؟...ފަރަހް ވެސް މަރުވީ އޭނަ އާއި ހެދި...އާ ޔޫ ވިތް ހާ އުވެއިސް ޖަވާބު ދީބަލަ........" މަދީނާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.

" ނޯ އައިމް ނޮޓް....އައި ކުޑް ނެވާ ބީ ވިތް ހާ......." އުވައިސް ގެ އަޑުވެސް ބާރުވިއެވެ. މަދީނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.

" އައިމް ޖަސްޓް ސޭވިނގް މިރެލް...އައިމް ޕްރޮޓެކްޓިންގ ޔޫ ޓޫ..." އުވެއިސް ހިނގައިގަތް ތަނެއްވެސް ނުފެނި ކުޑަދޮރަށް ލެނގިލިތަން ފެނުނެވެ.

" ވަޓް ޑަޒް އިވޯން ވޯންޓް...ވަޓް އިޒް ޝީ އާފްޓާ؟" މަދީނާގެ ސުވާލުތަކަކަށް ނިމުމެއް ނެތެވެ.

" މީ..." އުވެއިސް ބުނެލިއެވެ. މަދީނާ ހިތް ގެނބުނެވެ. އެހެން ބުނުމަށް ފަހު އުވެއިސް ލޯ މަތިން ގެއްލުނެވެ. މަދީނާ ކުޑަ ދޮރުކައިރިއަށް ގޮސް ބޭރު ބަލަން ހުރިއިރު ލޮލުން ފެނުނީ މޮޅިވެރިކަމެވެ. ހިތުގައި އުފެދުނު ސުވާލުތަކާއެކު ހައިރާންވެފައި ހުއްޓެވެ. މިރެލްގެ ރައްކާތެރިކަމަށްޓަކައި އުވައިސް އޭނާއާ ދުރުވެގަތީހެއްޔެވެ؟

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު