އެމްއެންޔޫއިން މާދަމާ ހެލްތު ފެއާއެއް ބާއްވަނީ

ގައުމީ ޔުނިވާސިޓީ: އެމްއެންޔޫއިން މާދަމާ ހެލްތު ފެއާއެއް ބާއްވަނީ-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ގުޅިގެން މާދަމާ ހެލްތު ފެއާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޔުނިވާސިޓީން ބުނީ، މާދަމާ އާޓިފިޝަލް ބީޗުގައި 'ފަހި ސިއްހަތު'ގެ ނަމުގައި މި ހަރަކާތް ބާއްވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅޭ ތީމަކީ، "ދުޅަހެޔޮ ފެށުމެއް، އުންމީދީ މުސްތަގްބަލެއް"އެވެ. އެމްއެންޔޫއިން ބުނީ، އެ ތީމުން އަލިއަޅުވާލަނީ މައިންނާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

މާދަމާ ބާއްވާ ފެއާގައި މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ތީމާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

މި ހަރަކާތް ކުރިއަށް ގެންދާނީ ދެ ސެޝަނަކަށް ބަހާލައިގެނެވެ. އެއީ، 16:00 އިން 18:00އަށް އަދި، 20:00 ފެށިގެން 22:00އަށެވެ.

އޭގެއިތުރުން، މި ފެއާގައި ގިނަ އަދަދެއްގެ ސިއްހަތާ ގުޅޭ ޖަމިއްޔާތަކާއި ސުކޫލު ބައިވެރި ވާނެކަން އެމްއެންޔޫއިން ފާހަގަކުރެއެވެ. އެއީ:

  • ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ހުރިހާ ޑިޕާޓްމަންޓުތައް (ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު، ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން، ޑިޕާޓްމަންޓްއޮފް މެޑިކަލް ސައިންސަސް، ޑިޕާޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސަސް)
  • ސުކޫލް އޮފް މެޑިސިން
  • ސުކޫލް އޮފް ނާސިން
  • ދަމަނަވެށި
  • ކެއާ ސޮސައިޓީ
  • ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
  • ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް
  • ހެލްތު ޕްރޮޓެކްޝަން އެޖެންސީ
  • ހުޅުމާލެ ހޮސްޕިޓަލް
  • ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން
  • ސުވިމް މޯލްޑިވްސް
  • ޑަބްލިއުއެޗްއޯ
  • ޔުނިސެފް
comment ކޮމެންޓް