ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ނައިފަރު ޗެލްސީ އެސްސީން ކަށަވަރުކޮށްފި!

މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ މުހައްމަދު އަފްވާން

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގްރޫޕް އޭގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިއަދު ކުޅޭ އިރު މިއަދު ހަވީރުގެ މެޗްގައި ވާދަކޮށްފައިވަނީ ކޮމެޓްސް އެސްސީ އަދި ނައިފަރު ޗެލްސީ އެސްސީއެވެ.

މި މެޗަށް ނައިފަރުން ނިކުތް އިރު އެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ވެފައެވެ. އަދި ކޮމެޓްސް އިން މި މެޗަށް ނިކުތް އިރު ސެމީގެ ޖާގައެއް ހޯދުމަށް މި މެޗުން މޮޅުވުން މަޖުބޫރެވެ.

ފުރަތަމަ ހާފް ފެށިގެން ނައިފަރުން ގިނަ ހަމަލާތަކެއް ކޮމެޓްސްގެ ގޯލަށް އަމާޒުކޮށް ވަނީ ފޮނުވައިލާފައެވެ. އެގޮތުން މެޗްގެ 17ވަނަ މިނެޓްގައި ނައިފަރު ޓީމްގެ އިބްރާހިމް ޖިމޯ ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ނަގާދީފައެވެ. އަދި ގާތްގާތުގައި ނައިފަރުން ވަނީ ގިނަ ހަމަލާތަކެއް ކޮމެޓްސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗްގެ 29ވަނަ މިނެޓްގައި ނައިފަރަށް ލިބުނު ކޯނަރެއް އެ ޓީމްގެ ޖައުޝަން ގޯލަށް ނަގައިދިނުމުން އެ ޓީމްގެ ޖާޒީ ނަންބަރު 30 ޕްރިންސް ވަނީ ބޮލުން ގޯލަށް އަމާޒުކޮށް ކާމިޔާބުކޮށްފައެވެ.

މެޗް ޑޮމިނެންޓް ކޮށްގެން ނައިފަރުން ކުޅެންގެންދިޔައިރު މެޗްގެ 36ވަނަ މިނެޓްގައި ނައިފަރު އިތުރު ގޯލެއް ޖަހައި ލީޑް ފުޅާކުރިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު އަށެއް މަފާޒްއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ މުހައްމަދު އަފްވާން

ދެވަނަ ހާފް ފެށިގެން ނައިފަރުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގް ޖާޒީ ނަންބަރު އަށެއް އިބްރާހިމް ޖިމޯއެވެ. ނައިފަރުން ހަތަރުވަނަ ގޯލެއް ކާމިޔާބުކޮށް މާ ގިނަ ވަގުތުތަކެއް ނުވެ އަނެއްކާވެސް ގޯލެއް ކާމިޔާބު ކުރިއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު ހައެއް އިމްރާންއެވެ.

މެޗްގެ 62ވަނަ މިނެޓްގައި ނައިފަރު ޓީމްގެ ޕްރިންސް ކާމިޔާބުކޮށްދިން ގޯލާއެކު ލީޑް އިތުރަށް ފުޅާވެގެނެދިޔައެވެ. އަދި މެޗްގެ 72ވަނަ މިނެޓްގައި ނައިފަރުން އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ 7-0އަށް ބަދަލުކޮށްލިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 22 އިބްރާހިމް ޖިމޯއެވެ.

މި ނަތީޖާއެކު މެޗް ނިމުނުއިރު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީގެ ޖާޒީ ނަންބަރު 22 އިބްރާހިމް ޖިމޯއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ މުހައްމަދު އަފްވާން

މިރޭވެސް މި ގްރޫޕްގެ މެޗެއް ކުރިއަށްދާނެވެ. މިރޭގެ މެޗްގައި ވާދަކުރާނީ ވިންޑް ވޯރިއާސް އެސްސީ އަދި ވެލިދޫ އެސްސީއެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް އެސްއެސްޓީވީގެ ޔޫޓުޔުބް އަދި އެފްބީ އިން ލައިވް ކުރާނެވެ.

comment ކޮމެންޓް