މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ގައުމީ ޔުނިވާސިޓީން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ)އާއި ޔުނިސެފާ ގުޅިގެން ހެލްތު ފެއާއެއް ބާއްވައިފިއެވެ.
'ފަހި ސިއްހަތު' ފެއާ ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރާއި، ވައިސްޗާންސެލަރާއި ޑަބްލިއުއެޗްއޯ، ޔުނިސެފް ރިޕްރެސެންޓިވްގެ އިތުރުން ޔުނިވާސިޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލާ ވިދާޅުވީ، ސިއްހަތަކީ އިންސާނުންގެ އެންމެ މުހިންމު އެއް ވަސީލަަތް ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ނޫނީ ދިރިއުޅުމުގެ އެހެން ދާއިރާތަކުގައި ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ.
އެހެންވެ، މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވައިސްޗާންސެލާ ވިދާޅުވިއެވެ.
މި ކެމްޕެއިނުން ދައްކުވައިދީފައި ވަނީ، ތައުލީމާއި ބައިވެރިވުމާއި ބާރުވެރިކުރުމުގެ ޒަރިއްޔާއިން ގައުމުގައި ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލުމަށާއި ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމަށް ކުރާ މަސައްކަތެވެ.
އޭގެއިތުރުން، މި ފެއާގައި 15 އަށްވުރެ ގިނަ އިންޓަރެކްޓިވް ސްލޯލްތަކުން ވަނީ ހިލޭ ސްކިރީނިން ހަދައިދީފައެވެ. އަދި، އަމިއްލަ ނަފުސަށް އަޅާލުމާއި ރަނގަޅު ކާނާ ކެއުމާއި ޖިސްމާނީ ހެޔޮކަން ހިފެހެއްޓުމާ ގުޅޭގޮތުން ސިއްހީ މައުލޫމާތުތައް ވަނީ ދީފައެވެ.
ފެއާގައި ބައިވެރިވި ފަރާތްތަކަކީ:
- ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ހުރިހާ ޑިޕާޓްމަންޓުތައް (ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު، ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން، ޑިޕާޓްމަންޓްއޮފް މެޑިކަލް ސައިންސަސް، ޑިޕާޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސަސް)
- ސުކޫލް އޮފް މެޑިސިން
- ސުކޫލް އޮފް ނާސިން
- ދަމަނަވެށި
- ކެއާ ސޮސައިޓީ
- ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
- ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް
- ހެލްތު ޕްރޮޓެކްޝަން އެޖެންސީ
- ހުޅުމާލެ ހޮސްޕިޓަލް
- ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން
- ސުވިމް މޯލްޑިވްސް
- ޑަބްލިއުއެޗްއޯ
- ޔުނިސެފް