މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ފަރުވާއަށް ބޭނުންވާ ފައިސާގެ ތެރެއިން، 25,000 ޑޮލަރު އެންސްޕާ ފަންޑު މެދުވެރިކޮށް ހަމަޖައްސައިދީފިއެވެ.
އެއީ، 385,500 ރުފިޔާއެވެ. ޔުމްނުގެ ބޭސްފަރުވާއާ ގުޅިގެން އެންސްޕާއިން ފޯރުކޮށްދީފައި ވަނީ 12 މީހުންގެ ޓިކެޓާއި އިތުރަށް ބޭނުންވާ ފައިސާއެވެ.
ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާތީ މިއަދު ވަނީ ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ހޯދާފައިވާ ފައިސާގެ އަދަދަކީ:
- 565,501.21 ރުފިޔާ
- 11,015.95 ޑޮލަރު
- މުޅި ޖުމުލަ: 735,367.16
ޝެހޭ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ.