އިންޑިއާ ސަރުކާރުން ކޮށްދިން މަރާމަތަށް ފަހު، ކޯސްޓުގާޑު އުޅަނދު ސީޖީއެސް ހުރަވީ ރާއްޖެ ގެންނަން ނިންމައިފިއެވެ.
މި އުޅަނދަކީ މެއި، 2023ގައި އިންޑިއާއާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ނިޝާނެއްގެ ގޮތުން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. މިދިޔަ ނޮވެންބަރު މަހު އެ އުޅަނދު މަރާމާތު ކުރަން ޖެހުނެވެ. ނަމަވެސް، އޭރު ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އިންޑިއާއިން ހިލޭ އެ މަސައްކަތް ކޮށްދިނުމަށް ނިންމިއެވެ.

މަރާމާތަށް ފަހު މި އުޅަނދަށް ބޮޑެތި ސްޓަރްޗަރަލް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އޭގެތެރޭގައި، ބޭރުގެ ސުޕަސްޓްރަކްޗާގެ އިތުރުން އުޅަނދުގެ ވަސީލަތްތައް ރަނގަޅުވުން ހިމެނެއެވެ.
މި އުޅަނދު ރާއްޖެ ގެނައުމަށްފަހު، ހުޅުމާލޭގައި ރަސްމީ ހަފުލާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ހަފުލާގައި ދެ ގައުމުގެ ގުޅުން ފާހަގަކުރާއިރު، އިންޑިއާގެ ހައިކޮމިޝަނަރާއި ސިފައިންގެ އިސްވެރިންނާއި ދެ ގައުމުގެ އިތްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ ހަފުލާގައި ޝިޕު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްތަކާ އާލާތްތައް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށްވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ ފަސް އަހަރު ނިމޭއިރު ދިވެހި އަސްކަރިއްޔާއިން ބޭނުންކުރާ ކޯސްޓުގާޑު ކެޕޭސިޓީ ދެގުނައަށް އިތުރުކޮށްދެއްވާނެ ވިދާޅުވެފައެވެ.
މީގެއިތުރުން، އެއާކޯއަށާއި އެއްގަމުގައި ބޭނުންކުރުމާއި ކަނޑުގައި ބޭނުންކުރުމަށް އުޅަނދުތައް އިތުރުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.