އެކްޓިން ސީޕީ ނަވީން ހަވާލުވެ ފުލުހުންގެ އިދާރީ ހިންގުމުގެ 9 ބަހާއެއްގެ ވެރިން ބަދަލުކޮށްފި

(ކ-ވ) ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާާނާއި، މިހާރުގެ އެކްޓިން ސީޕީ ނަވީން: -- ފޮޓޯ/ ފުލުހުން

ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ނުވަ ބަހާއަކަށް އައު އޮފިސަރުން އައްޔަނުކޮށްފައިވާ ކަމަށް އެ ޚިދުމަތުން މިއަދު ބުނެފިއެވެ.

އެ ބަހާތަކުގެ ތެރޭގައި ހިމެނެނީ، އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސްއާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްއާއި ތިލަމާލެ ޕޮލިހާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓުގެ އިތުރަށް ޕްރޮޓެކްޓިވް ސެކިއުރިޓީއެވެ.

އެ ބަދަލުތަކާ ގުޅިގެން ބަހާތަކަށް އައްޔަނުކުރި އާ ވެރިންނަކީ:

  • އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު
  • ޑްރަގް އެންފޯސްމަންޓްގެ ހެޑަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް
  • ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް
  • ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސްގެ ހެޑުގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިޙު މުޙައްމަދު
  • ތިލަމާލެ ޕޮލިސްގެ ހެޑަކަށް, ކުރިން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑުކަން ކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު
  • ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން
  • ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު
  • ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމް
  • ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން

އެ އިދާރާއިން ބުނީ، އެ މަގާމުތަކަށް ބަދަލު ގެނައީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ކަމަށެވެ.

އެ މަގާމުތަކަށް އޮފިސަރުން އައްޔަނުކޮށް، ބަދަލު ގެނެސްފައިވަނީ މިއަދެވެ.

އެ މަގާމުތަކުގެ އިތުރަށް މިފަހުން ވަނީ، ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ، ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް އެ މަގާމުން ވަކިކޮށް، ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށް ބަދަލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް