އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކާ އޭޖީ ބައްދަލުކުރައްވަނީ، ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކާ އެކު އޭޖީން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައި -- ފޮޓޯ/ ސަރުކާރު

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ހަތަރު ވަނަ ސައިކަލްގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓާ ގުޅޭގޮތުން، އިންސާނީ ހައްގުތަކާގުޅޭ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާ ކުރުމަށް ބަންޑާރަނައިބު (އޭޖީ) އޮފީހުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫޕީއާރަކީ އދ.ގެ މެންބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އެ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާއި، އިންސާނީ ހައްގުތަކާގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒު ކުރެވެމުންދާ މިންވަރު ދެނެގަތުމަށްޓަކައި، އ.ދގެ ހިއުމަން ރައިޓްސް ކައުންސިލުން ކޮންމެ 4.5 އަހަރަކުން ކުރާ ރިވިއުއެކެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ހޯމަ ދުވަހުގެ 11:00 ގައި، އޭޖީ އޮފީހުގައެވެ. އެ އޮފީހުން ބުނީ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ޖަމްޢިއްޔާ ޖަމާއަތްތަކުން، މި ލިންކް މެދުވެރިކޮށް، އަންނަ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓަރިވާ ފަރާތްތަކަށް ބައްދަލުވުމާ ގުޅުންހުރި އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް