އިވެންޓް މޯލްޑިވްސްއިން ސްޕޮންސާ ކޮށްގެން 'ޓޫ އޮފް އަސް'ގެ ދެވަނަ ޝޯއެއް ބާއްވަނީ

ޓޫއޮފްއަސް ބޭންޑުގެ މެންބަރުން: އިވެންޓް މޯލްޑިވްސްއިން ސްޕޮންސާ ކޮށްގެން 'ޓޫއޮފްއަސް'ގެ ދެވަނަ ޝޯއެއް ބާއްވަނީ ----

އިވެންޓު މޯލްޑިވްސް އިން ސްޕޮންސާކޮށްގެން، ގިނަ ދިވެހީންގެ މެދުގައި މަގުބޫލު ދިވެހި މިއުޒިކު ބޭންޑު 'ޓޫ އޮފް އަސް'ގެ ދެވަނަ ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ބޭންޑުގެ ފުރަތަމަ ޝޯ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާއިރު، ދެ ޝޯއަށް ވެސް މިހާރު އެކަމަށް ޚާއްސަ ވެބްސައިޓު މެދުވެރިކޮށް އަންނަނީ ޓިކެޓު ވިއްކަމުންނެވެ. އެގޮތުން، އެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފަހުގައި ޓިކެޓު ގަނެވޭނެއެވެ.

ބޭންޑުގެ ފުރަތަމަ ޝޯ ހުކުރު ދުވަހުގެ ރޭ 08:00އިން 12:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

އިވެންޓް މޯލްޑިވްސްއިން މި ޝޯތަކުގެ ސައުންޑް އެންޑް ލައިޓްސް ހަދައިދެނީ މުޅިން ހިލެއެވެ. އެގޮތުން، ދެވަނަ ޝޯއެއް ބާއްވަން ނިންމާފައި ވަނީ އެ ބޭންޑަށް އޮތް ތަރުހީބުގެ ސަަބަބުން ކަމަށްވާއިރު އެ ޝޯތަކުގެ ޓިކެޓުތައް ވެސް މިހާރު ވަނީ އަގުހެޔޮކޮށްފައެވެ.

މި ޝޯގެ ޓިކެޓު ތިން ކެޓަގަރީއެއްގައި ވިއްކާއިރު، މިހާރު ޓިކެޓު ވިއްކާ އަގުތަކަކީ:

ކެޓަގަރީ 1: ޕްލެޓިނަމް

  • މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 1،000 ރުފިޔާއަށް
  • ޕްރައިމް ސީޓިން
  • ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް
  • ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތު
  • އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
  • ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
    ކެޓަގަރީ 2: ގޯލްޑް
  • މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 500 ރުފިޔާއަށް
  • އެކްސަލެންޓް ސީޓިން
  • ސުވެނިއާސް އަދި ގިފްޓްސް
  • އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
    ކެޓަގަރީ 3: ބްރޮންޒް
  • ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 250 ރުފިޔާއަށް
  • ސުވެނިއާސް އަދި ގިފްޓްސް
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް

މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ނޫނެވެ. މިއުޒިކްގެ އިތުރުން އިންޑިއާ އަދި ރާއްޖޭގެ ސަގާފަތް ވެސް ތަޖުރިބާ ކޮށްލުމަށް ލިބޭ އުފާވެރި އަދި ޚާއްސަ ފުރުސަތެކެވެ.

ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ތެރޭގައި:

  • 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެ
  • 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން
  • ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް
  • އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް'
  • އެ ޝޯގެ ސްޓޭޖް މަތިން ފެންނާނެ ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ހިމެނެއެވެ

ޓޫއޮފްއަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

ޖުމުލަ ފަސް މެންބަރުން ހިމެނޭ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދާފައެވެ. އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.

comment ކޮމެންޓް