ރާއްޖޭގައި ހެދޭ އޮނު ގަހާ ގުޅޭ ދިރާސާއެއް ހަދަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އާއި އެޓްމޮސްފިއާ ފައުންޑޭޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވަސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޝެނެހާޒު އާދަމެވެ. އެޓްމޮސްފިއާގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަނުގެ ނައިބު ރައީސް، އަބްދުލް އަޒީޒް އަބްދުލް ހަކީމެވެ.

ގައުމީ ޔުނިވަސިޓީން އޮނުހަގާ ގުޅޭ ދިރާސާއެއް ހަދަންވަނީ އެޓްމޮސްފިއާ ފައުންޑޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައި --
މި ދިރާސާގެ މަގުސަދުތައް:
- ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދޭ އޮނު ގަހުގެ ބާވަތްތައް ދެނެގަނެ ގިންތިކުރުން
- އޮނު ގަހުގެ ބާވަތްތަކުގެ މޮފޮލޮޖިކަލް އެނަލިސިސްއެއް ހެދުން
- އޮނު ގަހުގެ ސަބަބުން ބިމަށް ކުރާ އަސަރު ދެނެގަތުން
އޮނަކީ ތިމާވެއްޓަށް އެއިން ފަައިދާކުރަނިވި، އަދި އިގުތިސާދީ ގޮތުން ވެސް ވެސް މުހިންމު އެއްޗެކެވެ. އޮނުގެ އެހެން ބާވަތްތަކާ ތަފާތު، ވަރަށް ޚާއްސަ ބާވަތެއްގެ އޮނެއް ތައާރަފު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އެއީ އެތެރޭގައި ހޮއިކޮށް އޮންނަ ބައިކުޑަކޮށް ހުންނަ އޮނުގެ ބާވަތެކެވެ. މި ބާވަތުގެ އޮނުގައި ކާބަން ރައްކާކޮށްދޭ މިންވަރު އިތުރެވެ. މި ޕްރޮޖެކްޓުގެ ތެރޭގައި ހދ. ވައިކަރަދޫއާއި ށ. ގޮއިދޫގައި އޮނު ހެއްދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖޭގައި އޮނު ހެއްދުން ޕްރޮމޯޓުކޮށް، ތިމާވެއްޓަށާއި އެއިން އިގުތިސާދީ ގޮތުން ވެސް ފައިދާ ހޯދުން ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.
ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޓްމޮސްފިއާ ފައުންޑޭޝަނުން އަންނަނީ ރާއްޖޭގައި އޮނު ހައްދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޮނު ހައްދަނީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދޭން އެހީ ވެދޭ ގަހަގަކަށް އެ ގަސް ވާތީއެވެ.