ފިލްމު 'ލަވް އެންޑް ވޯ'އަށް ރަންބީރު އާއި ވިކީ ބަރުދަން ލުއިކުރުމުގައި

ވިކީ ކޯޝަލް އަދި ރަންބީރު ކަޕޫރު--ފޮޓޯ/އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ތަޖުރިބާކާރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގައި ކުޅޭ ރޯލްތަކަށް ތައްޔާރުވުމުގެ ގޮތުން ރަންބީރާއި ވިކީއަށް ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްލަން ޖެހިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ދެ ތަރިން ވެސް މި ފިލްމުގައި ކުޅެނީ އަސްކަރީ އޮފިސަރުންގެ ރޯލްތައް ކަމަށް ވުމުން ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް އަސްކަރީ އޮފިސަރުންގެ ހުންނަ ބުންވަރު ގެންނަން ޚާއްސަ ތަމްރީނުތަކެއް ވެސް ވަނީ ފަށާފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި މި ދެ ތަރިންނަށް ވެސް އަންގާފައި ވަނީ ހަށިގަނޑުގައި މިހާރު ހުރި ބަރުދަނުން 10 ކިލޯ ލުއިކުރުމަށެވެ. އެގޮތުން ރަންބީރަށް 12 ކިލޯ ލުއިކުރެވިފައި ވާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން ވިކީ ވަނީ 15 ކިލޯ ލުއިކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިކީ ފިލްމު "ޗާވާ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމީ ތަރިން ސޮއިކުރާ ފިލްމެއްގެ މައްޗަށް ބިނާކޮށް ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެންނަން މަސައްކަތްކުރާއިރު އެއީ ބައެއް ތަރިންނަށް އެހާ ބޮޑު ކަމަކަށް ނުވެއެވެ.

ވިކީ ކޯޝަލް އެންމެފަހުން ކުޅުނު ފިލްމު "ޗާވާ"ގައި އެކްޓަރު ފެނުނީ ވަރަށް ހިތްވަރުގަދަ ރަސްކަލެއްގެ ރޯލަކުން ކަމަށްވާއިރު އެ ރޯލަށް ވިކީ ވަނީ 100 ކިލޯއަށް ބަރުދަން އިތުރުކޮށް ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. ހަމައެއާއެކު ރަންބީރު ކުޅުނު ފިލްމު "އެނިމަލް"ގެ ބައެއް މަންޒަރުތަކަށް ވެސް އެކްޓަރު ވަނީ ބަރުދަން އިތުރުކޮށް ފަހުން ބަރުދަނުން އެތައް ކިލޯއެއް ދުއްވާލާފައެވެ.

ރަންބީރު ވަރަށް ބޮޑަށް ބަރުދަން އިތުރުކުރި ފިލްމު "ސަންޖޫ"ގެ މަންޒަރުތަކެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ "ލަވް އެންޑް ވޯ"ގެ ބަތަލާ އަކީ އާލިއާ ބަޓްއެވެ. އާލިއާ ވަނީ މީގެކުރިން ވެސް މި ދެ އެކްޓަރުންނާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް