އެކްސްޕޯގެ އުރީދޫ ނޭޝަން ސްޓޯލުން ގޭމްކުޅެގެން 5ޖީ ރައުޓަރެއް ހޯދުމުގެ ފުރުސަތު

އުރީދޫ ނޭޝަން ސްޓޯލުގައި ގޭމްކުޅެގެން ފައިވްޖީ ރައުޓަރެއް ލިބުމުގެ ފުރުސަތު -- ފޮޓޯ/ އުރީދޫ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މޯލްޑިވްސް އެކްސްޕޯ 2025ގެ ތެރެއިން "އުރީދޫ ނޭޝަން"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެކްސްޕޯ ކުރިޔަށް ދާނީ މި މަހުގެ 31ގެ ނިޔަލަށެވެ.

އުރީދޫން ބުނީ އީސްޕޯޓްސްއާއި ގޭމިންއަށް ޝައުގުވެރިކަން ހުންނަ މީހުންނަށް، ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00އަށް އުރީދޫ ނޭޝަންގެ ސްޓޯލުގައި ގޭމް ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ގޮތުން ގްރޭން ޓުރިސްމޯ (ޖީޓީ7) ފަދަ ހައި ސްޕީޑު ރޭސިން ގޭމުތަކުގައި ވާދަކޮށްގެން ހުނަރު ދައްކައިލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ ތެރެއިން އެންމެ ކުޑަ ވަގުތުކޮޅެއްގައި ރޭސް ނިންމާ ކަސްޓަމަރަށް ކޮންމެ ދުވަހަކު ވެސް ލައިޓްނިން ފާސްޓް ކަނެކްޓިވިޓީ ފައިވްޖީ ރައުޓަރެއް ދިނުމަށާއި، ޑްރެގަން ޒޯން ވައުޗަރުތައް ދިނުމަށް އުރީދޫން ވަނީ ނިންމައިފައެވެ.

އުރީދޫ ނޭޝަން ސްޓޯލުގައި ގޭމްކުޅެގެން ފައިވްޖީ ރައުޓަރެއް ލިބުމުގެ ފުރުސަތު -- ފޮޓޯ/ އުރީދޫ

އުރީދޫން ބުނީ މިއީ ގޭމިންއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަން ދައްކާލައި، އިނާމުތައް ހޯދުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

އުރީދޫއިން ބުނީ ހާޑްކޯ ގޭމަރުންނާއި އަލަށް ފަށައިގަންނަ މީހުންނަށް ވެސް މި ގޭމުތަކުގައި ވާދަކުރެވޭނެ ކަމަށެވެ. މި ސްޓޯލަށް އަންނަ މީހުންނަށް ތަފާތު ގޭމުތައް ތަޖުރިބާކުރުމުގެ ފުރުސަތުގެ އިތުރުން، ރައްޓެހިންނާއި އާއިލާއާއެކު އެތަނުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ މިކަމުގެ މަގުސަދަކީ ގޭމިންގެ ހުނަރުތައް ކުރިއެރުވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމަރުން އެއްތަން ކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ. އަދި އުރީދޫން މަސައްކަތް ކުރަނީ ވާދަވެރި ގޭމިން މުބާރާތްތަކުގެ ތެރެއިން، ގޭމަރުން އެއްތަންކޮށް، އެ މީހުންގެ ހުނަރުތައް ދައްކާލައި، އެ ހުނަރުތައް ކުރިއެރުވުމަށް ކަމަށް ވެސް އުރީދޫން ބުންޏެވެ.

comment ކޮމެންޓް