އަމީނާ ޕްރިއަމް ލައުންޖު(އޭޕީއެލް) ނާސްތާއެއް ނަގައިގެން 5،000 ޕޮއިންޓް ލިބޭ ގިވްއަވޭއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްދާ މި ގިވްއަވޭގައި ބައިވެރިވުމަށް އޭޕީއެލްގެ މެންބަރަކަށްވާން ޖެހެއެވެ. އެގޮތުން، މެންބަރަކަށް ވުމަށް އޭޕީއެލް ވެބްސައިޓުން ރަޖިސްޓްރީ ކުރުމަށް ހިލޭ އެދެވޭނެއެވެ. އަދި، އޭޕީއެލް ނާސްތާއެއް ނެގުމުން ވަގުތުން އެ ގިވްއަވޭގައި ބައިވެރިވެވޭނެއެވެ.
މި ގިވްއަވޭއިން ހޮވޭ ނަސީބުވެރިއަކަށް ލިބޭ 5،000 ޕޮއިންޓް އެތަނުގެ ޑިސްކައުންޓުތަކާއި ބުކިންގެ އިތުރުން ޚާއްސަ އޮފާތަކަށް ވެސް ބޭނުންކުރެވޭނެއެވެ.

މިފަހަރުގެ ނަސީބުވެރިޔާ އަންނަ ޖޫން މަހު އެކެއްގައި ހޮވައި، އޭޕީއެލްގެ ސޯޝަލްމީޑިއާ ވެބްސައިޓުތަކުގައި އިއުލާނުކުރާނެއެވެ.
އޭޕީއެލްއަކީ ހަމަހިމޭން މާހައުލެއްގައި ކާން ބޭނުންވާ މީހުންނާއި މުނިފޫހިފިލުވަން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާ ތަނަކަށް ވާނެއެވެ. އެގޮތުން، އޭޕީއެލްއިން ލައުންޖް ޑައިންއިންނާއި ޕޫލް ޓޭބަލްގެ އިތުރުން ކަރޯކޭގެ ޚިދުމަތް ވެސް އޭޕީއެލްއިން ލިބެއެވެ.
ސަންޑެކެއް ވެސް މި ލައުންޖުގައި ހުންނައިރު، އެތަނުގައި ކެއުމުގެ އިންތިޒާމު ވެސް އޭޕީއެލްއިން ހަމަޖައްސައިދެއެވެ. އަދި، އަންނަ މަހުގެ ތެރޭގައި އިތުރު ގިވްއަވޭއެއް ހިންގުމަށް އޭޕީއެލްއިން ވަނީ ނިންމާފައެވެ.