ސަން ސިޔާމް މީޑިއާއިން 'ސަން ޕްލޭ' އެޕް މިއަދު ލޯންޗުކޮށްފިއެވެ.
މި އެޕް، މިހާރު އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. 'ސަން ޕްލޭ' ޕޭޖުގެ އިތުރުން ތިރީގައިވާ ކިޔުއާރް ކޯޑުން ސްކޭންކޮށްގެން ވެސް މި އެޕް ޑައުންލޯޑް ކޮށްލެވޭނެއެވެ.
ކުރިއަށް މި އޮތީ މި އަހަރުގެ އަޟްހާ ޢީދު ކަމަށްވެފައި، މި އެޕް މެދުވެރިކޮށް ޢީދުގެ ކުޅިވަރުތައް ވެސް އެއް ފަހަރާ، އެތައް ރަށަކުން ބަލައިލެވޭނެއެވެ.

މި ކިޔުއާރް ކޯޑުން ސްކޭން ކޮށްގެން 'ސަން ޕްލޭ' އެޕް ޑައުންލޯޑް ކޮށްލެވޭނެ
މި އެޕަކީ ސަން ސިޔާމް މީޑިއާއިން އުފައްދާ އަދި ލައިވް ކުރާ ވީޑިއޯ/ އޯޑިއޯ ކޮންޓެންޓު ފަސޭހަކަމާ އެކު، ކޮންމެ ތަނަކުން ކޮންމެ ވަގުތަކު ވެސް ބަލައިލެވޭނެ އަދި އަޑު އަހައިލެވޭނެ ފުރުސަތު ހޯދައިދިނުމަށް ތައާރަފުކުރި ވަސީލަތެކެވެ.
އެސްއެސްޓީވީ ލައިވް ސްޓްރީމްގެ އިތުރުން އެއް ވަގުތެއްގައި ގިނަ ލައިވް އިވެންޓުތައް މި އެޕް މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ.
މީގެ އިތުރުން، 'ސަން ޕޮޑްކާސްޓް' އަދި އެސްއެސްޓީވީއާއި ސަން އޮންލައިންއިން އުފައްދާ ތަފާތު ވީޑިއޯ ކޮންޓެންޓު މި އެޕްގެ 'ވީއޯޑީ' ސެކްޝަނުން ބަލައިލެވޭނެއެވެ.

ސަން ސިޔާމް މީޑިއާއިން 'ސަން ޕްލޭ' އެޕް ލޯންޗުކޮށްފި --
އެޕް މެދުވެރިކޮށް އާ ޑްރާމާ ސިލްސިލާތައް ތައާރަފުކުރެވި، ވޯޓު ދިނުމާއި، ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދޭނެއެވެ.
ސަން ސިޔާމް މީޑިއާއިން ބުނާ ގޮތުގައި މި އެޕް އުފައްދާފައި މިވަނީ ކުރިއަށް އޮތް ތަނުގައި އަދި އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަށެވެ.