އަޟްޙާ ޢީދުގެ އުފާ ފާހަގަކޮށް އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދިޔާ ބަހައިފިއެވެ.
އުރީދޫން ބުނީ، ހަދިޔާ ބެހުމުގެ ހަރަކާތާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދީ، ޢާއިލާތަކަށް އުފާވެރިކަމާއި އެކުވެރިކަމުގެ ވަގުތުތަކެއް ފަހިކޮށްދެވިފައިވާ ކަމަށެވެ.
އެއީ ކޮންމެ އަހަރަކުވެސް އީދާ ދިމާކޮށް އުރީދޫން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އަޟްހާ އީދުގެ އުފަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫން ހަދިޔާ ބެހުން -- ފޮޓޯ/ އުރީދޫ
އުރީދޫން ބުނީ އެއީ އީދުގެ އުފަލާއި، ހިނިތުންވުން ފެތުރުމާއި އީދުގެ ހަގީގީ ސިފަ ކަމަށްވާ އޯގާތެރިކަމާއި ދީލަތިކަމާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަގުސަތުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އުރީދޫން އިސްކަންދެނީ މި މުޖުތަމައުގެ މީހުންނާ އެކު އުފާވެރިކަން ހިއްސާކޮށްގެން އީދު ފާހަގަކުރުމަށްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
"ކުޑަކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ފެނި، އެކުދިންގެ އުފަލުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ." އުރީދޫން ބުނެފައިވެއެވެ.

އަޟްހާ އީދުގެ އުފަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫން ހަދިޔާ ބެހުން -- ފޮޓޯ/ އުރީދޫ
އެ މަސައްކަތުގެ ޒަރިއްޔާއިން އުރީދޫގެ މަގުސަދަކީ މުޖުތަމައުތަކާ ގުޅުން ބަދަހިކޮށް، މުހިންމު ވަގުތުތަކުގައި އަޅާލާ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ ފަރާތުން ހުރިހާ ދިވެހީންނަށް އީދުގެ ތަހުނިޔާ ފޮނުވައިފައެވެ.