ޝެއިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަނީ

ޝެއިޚް ފަރީދު: އޭނާގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ވަނީ ނިންމާފައި --

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން އާއިލާއިން މިއަދު ނިންމައިފިއެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

އާއިލާއާ ހަވާލާދީ ފަރީދުގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި މެލޭޝިއާގައި ޖަނާޒާ ބާއްވައި އެ ގައުމުގައި ހަށިކޮޅު ވަޅުލަން އާއިލާއިން ވަނީ ނިންމައިފައެވެ. އެ ގޮތަށް ނިންމީ ފަރީދުގެ ހަށިކޮޅު މެލޭޝިއާއިން ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީއެވެ.

އެހެންވެ، އާއިލާއިން ނިންމީ ޝެއިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވާށެވެ.

https://sun.mv/207095

ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދީނީ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ފަރީދު މިދިޔަ ބުރާސްފަތި ދުވަހު ވެސް އަރަފާތު ދުވަހާ ގުޅުވައި ވީޑިއޯއެއް ހިއްސާކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެ ގެނައުމަށް ކުރިއަށްގެންދިޔަ އިސްލާހީ މަސައްކަތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ގޮތުން، އޮގަސްޓް 12، އަދި 12ގެ ހަރަކާތާ ގުޅިގެން ހައްޔަރުކޮށް ޖަލުގައި އެތައް އަނިޔާއެއް ލިބުނު މީހުންގެ ތެރޭގައި ވެސް ފަރީދު ހިމެނިވަޑައިގަންނަވައެވެ.

މިނިވަން ބަހުސްގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް