އަންނަ މަހުގެ 2ގެ ކުރިން ވިނަރެސްގެ 4 ޔުނިޓަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތެއް

ވިނަރެސް ފުލެޓްތައް: ވިނަރެސްގެ ހަތަރު ޔުނިޓަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތެއް -- ފޮޓޯ/ އެޗްޑީސީ

ވިނަރެސްގެ ހަތަރު ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ކުއްޔަށް ދޫކުރުމަށް ހުޅުވާލީ، 755.95 އަކަފޫޓާއި 1،030 އަކަފޫޓާއި 652.51 އަކަފޫޓުގެ އިތުރުން 2،442.33 އަކަފޫޓުގެ ޔުނިޓުތަކެކެވެ.

އެ ޔުނިޓުތައް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ 14:00ގެ ކުރިއެވެ.

އެ ޔުނިޓުތަކުގައި ކުރުން މަނާވާނެ ކަންތައްތަކެއް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އެއީ، ކާއެއްޗެހި ވިއްކުމަށާއި ޖިމެއް ނުވަތަ ވެލްނެސް ސެންޓަރެއް ގޮތުގައި ބޭނުންކުރުމާއި ކްލިނިކަކަށް ހެދުމެވެ.

އެޗްޑީސީން ބުނީ، ޕްރޮޕޯސަލް މީޓިން އޮންނާނީ މިމަހު 16ގައި 10:00ގައި އޮންލައިންކޮށް ކަމަށެވެ.

އޭގެފަހުން، ކަމާ ގުޅޭ މައުލޫމާތެއް އޮތް ނަމަ މި މަހު 19ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އެ ޔުނިޓުތަކުގެ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި އަންނަ މަހު ދެވަނަ ދުވަހުގެ 14:00ގައެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ލިޔުންތައް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ/

comment ކޮމެންޓް