ޓެކާސް ރިސޯޓު މުބާރާތުގެ ސްޓްރީމިން ޕާޓްނަރަކަށް އެސްއެސް މީޑިއާ

މުބާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ---

ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސްޓްރީމިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ސޮއިކޮށްފިއެވެ.

ސްޓްރީމިން ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖައްސައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޓެކާސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޝްމީ އެވެ. އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޒަހީން ވިދާޅުވީ މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް އެސްއެސް މީޑިއާއިން ކުރެވެން އޮތް އެންމެ ފުރިހަމަކޮށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ދާދިފަހުން ލޯންޗުކުރި ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް މުބާރާތުގެ ހުރިހާ މެޗުތަކެއް ފެންނާނެ ކަމަށާއި، ޓީވީން ވެސް މެޗުތައް ދައްކާނެ ކަމަށެވެ.

https://sun.mv/206839

ޓެކާސް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހުމަކީ ލިބުނު ބޮޑު އުފަލެއްގެ ގޮތުގައިވެސް ޒަހީން ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޓެކާސް ރިސޯޓު ކަޕު ކުރިއަށްދާނީ އަށް ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ސައުތު ކާފު، ޅ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ދ. އަތޮޅު އަދި އއ. އަތޮޅާއި ނޯތު ކާފް އަތޮޅު ޒޯނެވެ.

ޓެކާސް ރިސޯޓު ކަޕު ކުރިއަށްދާނީ އަށް ޒޯނަކަށް ބަހާލައިގެން --

މުބާރާތުގައި އެންމެ ފުރަތަމަ ފަށާނީ ސައުތު މާލެ ޒޯނެވެ.

ކްރޮސްރޯޑްސްގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ޒޯނުގެ މެޗު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ ގައި ހިމެނެނީ ދަ މެރީނާ، އެސްއޯ މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޖޭ ޑަބްލިއު މެރިއަޓް، އޮޒެން ލައިފް މާދޫ، ސާއީ ލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު