ކުޅުދުއްފުއްޓަށް ޖައްސަން ދިޔަ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި މާލެއަށް

ކުޅުދުއްފުއްޓަށް ޖައްސަން ދިޔަ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި މާލެ އައުން --

ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް، އެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސި އެނބުރި މާލެ އަތުވެއްޖެއެވެ.

މޯލްޑިވިއަންގެ ފްލައިޓު Q2442 ކުޅުދުއްފުއްޓަށް ޖައްސަން އޮތީ މިއަދު ހެނދުނުއެވެ. ނަމަވެސް، އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށް، ނުޖެއްސުމުން 11ޖަހާ އެހާއިރު ވަނީ އަނބުރާ މާލެ އައިސްފައެވެ.

މާލެ އައުމުގެ ކުރިން މި ބޯޓު ނ. މާފަރު އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މާފަރަށް ވެސް ވައި ގަދަވުމުގެ ސަބަބުން ނުޖެއްސުނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިވަގުތު ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު މިއަދު ހަވީދު 04:00އާ ހަމައަށް ދަމަހައްޓާފައި ވާއިރު، މި ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

"އަދި ގަނޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭ،" މެޓުން ނެރުނު ސަމާލުގައި ވެއެވެ.

comment ކޮމެންޓް