ޓެކަސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފިއެވެ.
މި އަހަރުގެ ޓެކާސް ރިސޯޓު ކަޕު ކުރިއަށްދާނީ އަށް ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ސައުތު ކާފު، ޅ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ދ. އަތޮޅު އަދި އއ. އަތޮޅާއި ނޯތު ކާފް އަތޮޅު ޒޯނެވެ.
ދިރާގުން ބުނީ މާލޭ ޒޯނަށް ޚާއްސަކޮށްގެން ބާއްވާ މެޗުތައް ކުރިއަށްދާނީ ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ.
މި މުބާރާތަކީ ރިޒޯޓުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތެކެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ:
ގްރޫޕް އޭ
- ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް
- އެސްއޯ/ މޯލްޑިވްސް
- ސަން ސިޔާމް އޮޅުވެލީ
- ވެލައްސަރު މޯލްޑިވްސް
- އެނބޫދޫ ވިލެޖް
ގްރޫޕް ބީ
- ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް
- އޮޒެން ލައިފް މާދޫ
- ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން
- ހާޑް ރޮކް ހޮޓެލް މޯލްޑިވްސް
ދިރާގަކީ ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކުންފުންޏެކެވެ.
މި މުބާރާތުގެ ސްޓްރީމިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.