ގައުމީ ފުޑް ސެކިއުރީޓީ މަޝްރޫއު ފެށުމަށް ކޮނޑޭ ކައުންސިލުން މިނިސްޓްރީއާ ބިން ހަވާލުކޮށްފި

ގައުމީ ފެންވަރުގައި ފުޑް ސެކިއުރީޓީ މަޝްރޫއު ފެށުމަށް ކޮނޑޭ ކައުންސިލުން މިނިސްޓްރީއާ ބިން ހަވާލުކުރުން ---- ފޮޓޯ/ އެންވަޔަމެންޓް މިނިސްޓްރީ

ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއު ފެށުމަށް ގއ. ކޮނޑޭ ކައުންސިލުން އިއްޔެ އެންވަޔަރަމެންޓް މިނިސްޓްރީއާ ބިން ހަވާލުކޮށްފިއެވެ.

އެ ބިން ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮނޑޭ ކައުންސިލްގެ މެންބަރުންނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގަތެވެ.

ކޮނޑޭގައި ފުޑް ސެކިއުރިޓީގެ މަޝްރޫއެއް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ފުޑް ސެކިއުރިޓީ މަޝްރޫއު ފެށުމަށް ކޮނޑޭ ކައުންސިލުން ބިން ހަވާލުކުރުން ---- ފޮޓޯ/ އެންވަޔަމެންޓް މިނިސްޓްރީ

ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ ފުޑް ސެކިއުރިޓީ މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފައްދާމިންވަރު އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ.

https://sun.mv/190360

ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އުތުރުތިލަފަޅުން ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވެސް ވަނީ ހަވާލުކޮށްފައެވެ.

އެސްޓީއޯއިން ވަނީ، މޭވާއާއި ތަރުކާރީއަށް އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާ ބަޔަކު ވެސް މި މަޝްރޫއު ނިމޭއިރު ތިބޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް