ގައުމީ އެންޖީއޯ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެންޖީއޯ ގައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި: ފޯރަމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހު -- ފޮޓޯ/ ޔޫތު މިނިސްޓްރީ

މަދަނީ ޖަމިއްޔާތަކުގެ ނުވަތަ އެންޖީއޯތަކުގެ ގައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ، އެ ފުރުސަތު ހުޅުވާލާފައިވަނީ މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ މަދަނީ ޖަމިއްޔާތަކަށެވެ.

މި ފޯރަމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެންޖީއޯ ގައުމީ ފޯރަމެއް ބޭއްވުމުގެ މަގުސަދަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި، ޖަމިއްޔާތައް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ވެސް މެއެވެ.

ޔޫތު މިނިސްޓްރީން ބުނީ، އެ ފޯރަމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ކަމަށެވެ. އެގޮތުން، އެ ފޯރަމްގައި ބައިވެރިވުމަށް އެ ކަމަށް ޚާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ފޯރަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހޮޓްލައިން 3000480 އަދި 3000488 އަށް ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް