ދިރާގު ގޭމިން ކޮންކުއެސްޓް 1500އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ފަށަނީ

ދިރާގު ގޭމިން ކޮންކުއެސްޓް 1500އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ފަށަނީ

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ), 1500އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ.

ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުން ވަނަ ހޯދާ ކުޅުންތެރިންނަށް ޖުމްލަ 170،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން ބުނީ ޑީއެމްޖީސީގައި، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، މި ޗެމްޕިއަންޝިޕްގެ މައިގަނޑު ގޭމިން މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.

މިގޮތުން، މި މުބާރާތް ކުރިއަށްދާ ވަގުތު އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭސިން ސްޓިމިއުލޭޓާ ޒޯން، ވާޗުއަލް ރިއާލިޓީ (ވީއާރް) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާއެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށާއި، މިއީ ގޭމް ކުޅުންތެރިންނަށް އަދި ގޭމިންއަށް ލޯބި ކުރާ ފަރާތްތަކަށް ފޯރިގަދަ ތަޖުރިބާއެއް ކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ ސްޕޯޓްސް އަދި ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑީޖީޖީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް މިކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު