ހެކިންނަށް ނުފޫޒު ފޯރުވުމާއި މަކަރާއި ހީލަތުގެ ދައުވާއެއް ސާބިތުވެ، ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ 12 އަހަރަށް ގޭންބަދުކުރުމަށް ހުކުމް ކޮށްފިއެވެ.
އުމުރުން 73 އަހަރުގެ އުރީބޭ އަކީ ކޮލަމްބިއާގެ ތާރީޚުގައި ވެސް ކުށެއް ސާބިތުވި ފުރަތަމަ ރައީސްއެވެ. ކުށް ސާބިތުވުމުން އޭނާ ވަނީ 578،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
އުރީބޭގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެފައިވާއިރު، ހެކިންނަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ތަހުގީގު ކުރާތާ، ގާތްގަޑަކަށް 13 އަހަރު ވެއްޖެއެވެ.
ޖަލުގައި ތިބި ކުރީގެ އަސްކަރީ ދެ މީހަކު ހެކިބަސް ދިން ގޮތުގައި އުރީބޭގެ ކުރީގެ ވަކީލު ޑިއޭގޯ ކެޑޭނާ ވަނީ އުރީބޭގެ ފަރާތުން ހެކިބަސް ދިނުމަށް މީހުންނަށް ފައިސާ ހުށަހަޅާފައެވެ.
އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް އުރީބޭ ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓާ އިދިކޮޅު ޕާޓީގެ އަގު ކަނޑުވާލުމަށް ކުރި ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ހަފްތާގެ ކުރީކޮޅު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް އުރިބޭގެ މައްޗަށް ކުރި ދައުވާ ކުށްވެރިކުރައްވާފައެވެ.
ކޮލަމްބިއާގެ ވެރިކަން 2002 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި އުރީބޭ އަކީ ކަނާތު ފިޔައިގެ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމަށް އަސްކަރިއްޔާއާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އޭނާއަކީ އަދިވެސް ކޮލަމްބިއާގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.
ނަވާރަސަތޭކައަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ކޮލަމްބިއާގައި އަސްކަރީ ގްރޫޕްތައް އުފެދުނީ ބާކީވުމާއި ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަގުސަދުގައެވެ.
އެ މީހުން ހަނގުރާމަ ކުރީ މީގެ 20 އަހަރު ކުރިން ކޮލަމްބިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި މާކްސިސްޓް ފިކުރުގެ، ޖަމާއަތްތަކާއެވެ.
ހޯދީ ޑްރަގް ވިޔަފާރިންނެވެ.
އެފަދަ އެއް ޖަމާއަތަކީ ފާކް ނުވަތަ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާއެވެ. ނަވާރަސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރު އުފެއްދި އެ ޖަމާއަތުން ވަނީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކޮށްފައެވެ.
ކޮލަމްބިއާ ސިފައިންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ޕޮލިސް ސްޓޭޝަންތަކާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ މަތިންދާ ބޯޓުތައް ހައިޖެކްކޮށް، ޖާނުންފިދާވުމުގެ ހަމަލާތައް ދީފައިވެއެވެ. ތެޔޮ ހޮޅިތަކާއި ބްރިޖްތައް އަދި އިޖްތިމާއީ ކްލަބުތަކަށް ބޮން އަޅާ އެ ތަންތަން ހަލާކުކޮށްފައިވެއެވެ.
ފާކް ނައްތާލުމަށް އުރިބޭ މަސައްކަތް ކުރެއްވި ނަމަވެސް ގައުމުގެ ފަގީރުކަން ނައްތާލައި ހަމަހަމަކަން ގާއިމު ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރައްވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.