ރާއްޖޭގައި މިހާރު އެންމެ އާންމު އެއް ސިއްހީ މައްސަލަކަމަށް ވެފައިވާ ސައިނަސްއާއި ރޯގާއަށް، ދުނިޔޭގެ ނަންބަރު އެއްވަނަ ޕްރޮޑަކްޓް ކަމަށްވާ އެމެރިކާގެ މަޝްހޫރު ބްރޭންޑު "ނީލް މެޑް"ގެ ޕްރޮޑަކްޓްތައް ވައިޓަލް ކެއާ ފާމަސޫޓިކަލްސްއިން އެތެރެކޮށް ޑިސްޓްރިބިއުޓްކުރަން ފަށައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ސެލައިންއިން އެކުލަވާލެވިފައިވާ ހުރިހާ އުމުރުފުރާތަކަކަށް ރައްކާތެރި، ނޭފަތް ސާފުކުރާ ސްޕްރޭތަކާއި ރިންސްތަކެވެ. އަދި، އެ ކަމަށް ޚާއްސަކުރެވިފައިވާ މެނުއަލް ފުޅިތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކެވެ. ނޭފަތް ބެދުމާއި، ނޭފަތް ހިކުމުން އަދި ސައިނަސް ހުންނަ ފަރާތްތަކަށް ލުއި ހޯދުމަށާއި ކުޑަކުދިންގެ ނޭފަތް ބެދުމުން ސާފުކުރަން މި ތަކެތި ބޭނުންކުރެވޭނެއެވެ.
ވައިޓަލް ކެއާއިން ލިބެންހުރި މި ޕްރޮޑަކްޓްތައް ބޭނުންކުރާނެ ގޮތް:
ސައިނަސް ރިންސް ޕްރީމިކްސް ޕެކެޓުތައް: ސައިނަސް ރިންސް ފުޅިއަށް ފެން އެޅުމަށް ފަހު އެއާއެކު ލިބޭ ސައިނަސް ރިންސް މިކްސްޗާ ޕެކެޓް ފެނާ އެއްކޮށްލާށެވެ. އެއަށް ފަހު ސިންކެއް ކުރިމަތީ ހުއްޓި ކުރިމައްޗަށް ކުޑަކޮށް ގުދުވެލާށެވެ. އަނގަ ހުޅުވައި ނޭވާލަމުން ނޭފަތުގެ އެއްފަޅިން ހޮރުގައި ފުޅި ޖައްސާލުމަށް ފަހު މަޑުމަޑުން ފިތާލާށެވެ. މި ފެން ނޭފަތުގެ އަނެއް ފަޅިން ނުކުންނާނެއެވެ. އޭރުން ބާރު ނުލާ ނޭފަތް ފޮޅާލާށެވެ.

ނާޒަ ފްލޯ ނެޓި ޕޮޓް: މިއީ ސައިކުރައެއްގެ ބައްޓަމަށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ހަލުވިކަމާ އެކު ވިކޭ ނެޓި ޕޮޓް ނުވަތަ ނޭފަތް ސާފުކުރާ ފުޅިއެވެ. މި ޕްރޮޑަކްޓް ވެސް ބޭނުން ކުރާނީ ސައިނަސް ރިންސް ފުޅި ބޭނުންކުރި ގޮތަށެވެ.
ނޭޒަ ޖެލް އަދި ނޭޒަ ޖެލް ސްޕްރޭ: މިއީ ނޭފަތް ހިކޭނަމަ ބޭނުންކުރާ ޕްރޮޑަކްޓެކެވެ. މީގެ ސްޕްރޭ ނޭފަތަށް ވައްދާލުމަށް ފަހު ސްޕްރޭ ކުރުމުން ނުވަތަ ނޭފަތުގެ އެތެރޭގައި އުނގުޅައިގެން ބޭނުން ކުރެވޭނެއެވެ.
ނަސަލް އޯރަލް އެސްޕިރޭޓާ: މިއީ ކުޑަކުދިންގެ ނޭފަތް ފޮޅަން އުނދަގޫވާނަމަ ބޭނުންކުރާ ޕްރޮޑަކްޓްތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ ބުންބާއެއް ނުވަތަ އަނގައިން ދަމާގޮތަށް ހުންނަ ޑިވައިސްއެކެވެ. މި ޕްރޮޑަކްޓް ބޭނުން ކުރާނީ ތުއްތު ކުއްޖާގެ ނޭފަތަށް ބުންބާލުމަށް ފަހު ފިތާލައިގެން ނުވަތަ އަނގައިން ދަމާލައިގެން ނޭފަތުން ރޯގާ ނެގުމަށެވެ.
ނީލް މެޑް ބެޓެރި އޮޕަރޭޓަޑް "ނޭސަލް އެސްޕިރޭޓާ"އަކީ މިފަދައިން ނޭފަތް ސާފުކުރުމަށް ބޭނުންކުރެވޭ އިލެކްޓްރޯނިކް ޕަމްޕެކެވެ. މިއީ ވެސް ކުޑަކުދިންގެ ނޭފަތުން ރައްކާތެރިކަމާ އެކު ފަސޭހައިން ރޯގާ ދަމާލެވޭ ޑިވައިސްއެކެވެ.
ނޭސަލް މިސްޓް ސެލައިން ސްޕްރޭ: މީގެ ތެރޭގައި ހިމެނެނީ ހަތަރު ވައްތަރެކެވެ. އެއީ، އައިސޮޓޮނިކް ނުވަތަ އެންމެ ސްޓްރެންތް ކުޑަ ލޮނާއި އެކްސްޓްރާ ސްޓްރެންތް އަދި ޒައިލިޓޯލް ނުވަތަ އިންފެކްޝަންތަކާއި ރޯގާތަކަށް ބޭނުން ކުރާ ސެލައިން ރޭންޖްތަކެވެ. އަދި، އެންމެ ތުއްތު ކުދިންނަށް ޚާއްސަ " ހެޕީ މިސްޓް"އަކީ ޚާއްސަ ނޮޒަލްއެއް ހިމެނޭ އެއްވެސް ޕްރެޝާއެއް ނެތި ޖަހާލެވޭ ތުއްތު ކުދިންނައް ރައްކާތެރި ސެލައިން ފުޅިއެކެވެ.
ވައިޓަލްކެއާއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮޑަކް ހަމައެކަނި މުހިންމު ވަނީ ރޯގާއާއި ސައިނަސްގެ މައްސަލަތައް ލުއިކޮށްދޭތީއެއް ނޫނެވެ. ނަމަވެސް، ރޯގާތަކާއި ސައިނަސް މައްސަލަތަކުން ރައްކާތެރިކޮށް ދިނުމަށް ޤުދުރަތީ ލޮނުން ތައްޔާރުކޮށްފައިވާ މި އާލާތްތައް އެހީވެދޭތީއެވެ.
ނީލްމެޑްގެ ރޭންޖް އޮފް ޕްރޮޑަކްޓްސް ވައިޓަލްކެއާގެ ހުރިހާ ފާމަސީތަކުންނާއި އައުޓްލެޓްތަކުން ލިބެންހުންނާނެއެވެ. އަދި، އޮންލައިންކޮށް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް "ވައިޓަލް ސްޓޯ" އިންސްޓަގްރާމް ޕޭޖުން ފަސޭހަކަމާ އެކު ބައްލަވައި ގަނެވޭނެއެވެ. މީގެ އިތުރުން، "ވައިޓަލްކެއާ ފާމަސީ", "ކެއާޕްލަސް ފާމަސީ", "ހެލްތް ގްލޯވް", "ހެލްތް ޕްރޯ ފާމަސީ," އަދި "ހިރާޝާ މެޑިކަލްސް"އިން ވެސް މި ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ.