ފިލްމީ ކެއިއަރު ފެށިއިރު ވަރަށް އެކަނިވެރިވި: ތާރާ

ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2"އިން 2019ވަނަ އަހަރު ފިލްމީ ދަތުރު ފެށި ބަތަލާ ތާރާ ސުތާރީއަށް ކެރިއަރުގެ ފުރަތަމަ އަހަރުތައް ހޭދަކުރަން ޖެހުނީ ވަރަށް އެކަނިވެރިކޮށް ކަމަށް ބުނެފިއެވެ.

ދާދި ފަހުން ތާރާ ބައިވެރިވި ރަންވީރު ރަންވީރު އައްލާހްބާދިއާގެ ޕޮޑްކާސްޓް ޝޯގައި ބަތަލާ ފިލްމު އިންޑަސްޓްރީއާ މެދު ދެކޭގޮތުގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައެވެ.

ފިލްމު އިންޑަސްޓްރީއިން ބޭރުން އެ ދާއިރާއާ ގުޅޭ ފިލްމީ ތަރިންނަށް ވުރެ ބޮޑަށް ފިލްމީ ދާއިރާގައި ދަންނަ އެކުވެރިން ތިބެ އަލަށް އެ ދާއިރާއާ ގުޅޭ މީހުންނަށް އިންޑަސްޓްރީގައި އުޅުމަކީ ފަސޭހަ ކަމެއް ކަމަށް ތާރާ ވަނީ ބުނެފައެވެ.

ތާރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އެކްޓަރު ވީރު ޕަހަރިޔާ--ފޮޓޯ/ފިލްމުފެއަ

އެއާ ޚިލާފަށް އިންޑަސްޓްރީން ބޭރުން ބޮލީވުޑަށް ނުކުންނަ ތަރިއަކަށް އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލެވޭނީ ވަރަށް ހިތްވަރާ އެކު ކަމަށާއި އެ ކަމަށް ވަރަށް ވަގުތު ނަގާ މަސައްކަތްކުރަން ޖެހޭކަމަށް "އޭކް ވިލެން ރިޓާންސް"ގެ ބަތަލާ ވަނީ ބުނެފައެވެ.

ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް އިންޑަސްޓްރީގައި ތަޖުރިބާ ކުރުމަށް ފަހު ވެސް ފިލްމީ ދާއިރާގައި އަދިވެސް ސާބިތުކަމާ އެކު މަސައްކަތް ކޮށްލެވުމަކީ އަމިއްލައަށް ފަޚުރުވެރިވާ ކަމެއް ކަމަށް ތާރާ ވަނީ ބުނެފައެވެ.

ބަތަލާ ތާރާ ދާދިފަހުން ބައިވެރިވި ފެޝަން ޝޯއެއްގެ އޯޑިއަންސްގައި ވީރު--ފޮޓޯ/ފިލްމުފެއަ

ތާރާ 2019ވަނަ އަހަރު އިންޑަސްޓްރީއާ ގުޅުނުއިރު މާ ގިނަ ރަހުމަތްތެރިން އިންޑަސްޓްރީގައި ނެތުމުންނާއި ފިލްމީ ދާއިރާއަކީ ބަތަލާއަށް މުޅިން އާ މާހައުލަކަށްވުމުން އިންޑަސްޓްރީގެ މީހުންނަކީ ދެކެ ފަރިތަ މީހުންނަށް ހެދުމަށް ވަރަށް ވަގުތު ނެގި ކަމަށް މި ޕޮޑްކާސްޓްގައި ތާރާ ވަނީ ބުނެފައެވެ.

އިންޑަސްޓްރީގައި ދަންނަ މީހުން ތިބޭ ނަމަ އެ ބައެއްގެ ލަފައާއި މަޝްވަރާ ވަރަށް ގިނަ ފަހަރު މުހިންމު ކަމަށާއި ތާރާގެ ފިލްމީ ކެރިއަރާ ގުޅިގެން ނިންމި ވަރަށް ގިނަ ނިންމުންތަކަކީ އެފަދަ އެއްވެސް މީހެއްގެ ލަފައާއި މަޝްވަރާ ނުލިބި ނިންމި ނިންމުންތަކަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޚާއްސަކޮށް އިންޑިއާގެ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ޒުވާނާ އާދަރު ޖެއިނާ އެކު ތާރާގެ އޮތް ލޯބީގެ ގުޅުމަށް ނިމުން އައުމާ އެކު ބަތަލާ ވަރަށް އެކަނިވިރިކަމަށް ނުސީދާގޮތަކަށް މި ޝޯގައި ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް، އެ ވަގުތު ފާއިތުވެ ހިނގައްޖެ ކަމަށާއި މިއަދު ތާރާ އަކީ އަމިއްލަ ނަފުސަށް އިތުބާރު އޮތް ލޯބީގައި ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން އަންނަ މީހެއް ކަމަށް ތާރާ ވަނީ ބުނެފައެވެ. ތާރާއަށް މި ފަހަކަށް އައިސް މީޑިއާގެ ސަމާލުކަން ލިބެން ފެށީ ފިލްމު "ސްކައިފޯސް"އިން ބޮލީވުޑަށް ތައާރަފުވީ ވީރް ޕަހަރިޔާއާ އެކު އެކީގައި އެކި ހަފުލާތަކުންނާއި ރެސްޓޯރެންޓްތަކުން އެކީގައި ފެންނަ މަންޒަރު ގިނަވާން ފެށުމުންނެވެ.

ފިލްމު "މަރުޖާވާން"، "ތަޅަޕް" އަދި ޑިޖިޓަލް ކޮންޓެންޓްތައް ވެސް ކުޅެން ފަށާފައިވާ ބަތަލާ އެންމެ އަވަހަށް ފެންނާނީ އެކްޓަރު އިމްރާން ހާޝިމީއާ އެކު ފިލްމު "އާވާރާޕަން 2"އިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް