ކުއައެޓް ޕްލޭސްގެ ތިންވަނަ ބައެއް ވެސް ނެރެނީ

ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ހިޓް ފިލްމު "އަ ކުއައެޓް ޕްލޭސް"ގެ ތިންވަނަ ބައެއް ނެރޭނެކަން ޕްރޮޑަކްޝަނުން އިއުލާނުކޮށްފިއެވެ.

ފުރަތަމަ ފިލްމުގެ ކާމިޔާބީ އާ ގުޅިގެން ސީކުއަލް އެއް ނެރެފައިވަނީ 2021 ވަނަ އަހަރުގައެވެ. އެއާއެކު އެ ފިލްމު ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. އަދި އެ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ފިލްމު ހިމެނިގެން ދިޔައެވެ.

އެއާއެކު ތިންވަނަ ފިލްމެއް ނެރެން އުޅޭ ކަމުގެ ވާހަކަ ދެކެވުނެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ކަށަވަރު ކޮށްފައެއް ނުވެއެވެ. މިހާރު ޕްރޮޑަކްޝަނުން ބުނަމުން އަންނަނީ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ޕްރޮޑަކްޝަން ޔުނިވާސަލް އިން ވަނީ ހާމަކޮށްފައެވެ. މި ފިލްމުވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރި ޖޯން ކްރަސިންސްކީ އެވެ. އޭނާ އަކީ ފުރަތަމަ ފިލްމުގައި ލީޑު ރޯލުވެސް ފެނިގެންދާ އެކްޓަރެވެ.

އާ ފިލްމު ނެރުމަށް ތައްޔާރުވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ.

އެމިލީ ބްލަންޓް ލީޑް ރޯލުން ފެނިގެންދާ ސައިންސް ފިކްޝަން ފިލްމަކީ އޭލިއަން ފަދަ ތަކެތި ދުނިޔެއަށް އައިސް އުޅޭ ތަން ދައްކުވައިދޭ ފިލްމެކެވެ.

އަދި އެތަކެތިން ސަލާމަތްވުމަށްޓަކައި މީހުން ދިރިއުޅެމުންދަނީ އެއްވެސް ކަހަލަ އަޑެއް ނުލައްވަ އެވެ.

އެތަކެއްޗަކީ ފަސޭހައިން އެކި އެއްޗެހީގެ އަޑު އިވޭ އޭލިއަންތަކެކެވެ. އެގޮތުން ދެވަނަ ފިލްމުގައި ފެނިގެންދިޔައީ ފިލްމުގެ ލީޑް ކެރެކްޓަރު އޭނާގެ ދަރިންތައް ގޮވައިގެން ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދަކަށް ދާ ތަނެވެ. އަދި އެ ދަތުރުގެ ތެރޭގައި އެހެން ބަޔަކާ ދިމާވާ މަންޒަރު ވެސް މި ފިލްމުން ވަނީ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް