މީގެ އަހަރުތަކެއް ކުރިން ހައްވަ ފެނިލީ ވަތަނިއްޔާގެ 'ލިވް އަންލިމިޓެޑް' އިސްތިހާރަކުންނެވެ. އެ ދުވަސްވަރުގައި ހައްވަ އުޅުނީ ލިވް އަންލިމިޓެޑުން ގުޅުންތައް ބަދަހިކުރުމުގައެވެ. ރަހުމަތްތެރިޔާ ލިފޫގެ ކައިވެނި ޕާޓީގެ ތައްޔާރީތަކުން ފެށިގެން ޕާޓީ ފެށުމާ ހަމައަށް އެންމެން ގުޅުވާލިދިނީ ލިވް އަންލިމިޓެޑުގެ ފޯން ކޯލުތަކާއި މެސެޖުތަކެވެ.
އޭގެ ފަހުން، ވަތަނިއްޔާގެ ނަން އުރީދޫއަށް ބަދަލުވެއްޖެއެވެ. އެކަމަކު، އަދި ވެސް ހައްވަގެ އެކަނިވެރިކަމަށް ދިރުން ގެނެސް، އާއިލާއާ ގުޅުވާލަދެނީ އެ ޕެކޭޖުތަކުންނެވެ.
އުރީދޫއިން ވަނީ، އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ދިމާކޮށް ޒަވާޖީ ހަޔާތެއް ފަށައިގެން ހައްވަގެ ހަޔާތް އުޖާލަކޮށްދިން 'ލިވް އަންލިމިޓެޑް' ޕެކޭޖުގެ ވާހަކަ ވީޑިއޯ އިސްތިހާރަކަށް ތިލަކޮށްފައެވެ.
ދިމާވި ބައިވެރިޔާއާ އެކު ހައްވަ ޒަވާޖީ ހަޔާތެއް ފަށައި، ދަރިއަކު ލިބުނީއެވެ. ހައްވަގެ ފިރިމީހާ ކަނޑުމައްޗަށް މަސައްކަތު ދިޔުމުން، އޭނާގެ އެކަނިވެރިކަން ފަޅުފިލުވީ ފޯނު ކޯލުތަކާއި މެސެޖުންނެވެ. އެގޮތުން، ދިރިއުޅުމުގެ ކަންކަމާ މަޝްވަރާކޮށް، ހެއްވާ މަޖާ ވާހަކަތަކުން ހައްވަގެ ދެމަފިރިން ގުޅުވާލަދީފިއެވެ. އިންޓަނެޓު މެދުވެރިކޮށް، އެންމެ ފަހުގެ މައުލޫމާތުތައް ބަލައި ކަންބޮޑުވުންތައް ހިއްސާކުރެވެއެވެ.
އެއަށް ފަހު، އުރީދޫގެ ވީޑިއޯ ކޯލުތައް ތައާރަފުވެއްޖެއެވެ. އެހެންވެ، އިވޭ އަޑުތަކާއި ފެންނަ މަންޒަރުން ކިތަންމެ ދުރުގައި ތިއްބަސް ހައްވައަށް އުފާވެރިކަން ގެނެސްދިނެވެ. އަހަރުތައް ފާއިތުވަމުން ގޮސް، އެ ދެމަފިރިންގެ ދަރިފުޅު ބޮޑުވެ، ކައިވެންޏެއް ކޮށްގެން މާމަ ކިޔައިފިއެވެ.
އޭރު ވެސް ބަދަލު ނުވެ، އޮތީ އުރީދޫގެ 'ލިވް އަންލިމިޓެޑް' ޕެކޭޖުތަކުން ހައްވައަށް ގެނެސްދިން އުފާވެރިކަމާއި ހިނިތުންވުމެވެ.
އިސްތިހާރު ނިންމާލަމުން ދިން މެސެޖުން ވެސް އެކަން ސާބިތުވެއެވެ.
"ހަޔާތަކީ ވަގުތީ އެއްޗެއް ކަމުގައިވީ ނަމަވެސް ހަޔާތުގެ މުހިންމު ހިނދުކޮޅުތައް ހިތުގައި ދެމިގެންދޭ. ކޮންމެ ފޯނު ކޯލެއް ކޮންމެ މެސެޖެއް، ކޮންމެ ގުޅުމެއް ވެސް ލޯތްބެކޭ އެއްފަދައިން ދެމިގެންދޭ،"
އެހެންކަމުން ހައްވަގެ ހަޔާތަށް ދިރުން ގެނެސް، އާއިލާއާ ގުޅުވާލަދިން މަގަކީ އުރީދޫގެ 'ލިވް އަންލިމިޓެޑް'ކަމާ މެދު ޝައްކެއް ނެތެވެ.