ވަޓްސްއެޕުން ސްކޭމްތަކާ ގުޅުން ހުރި 6.8 މިލިއަނަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްފި

ވަޓްސްއެޕުން ސްކޭޕާ ގުުޅުންހުރި 6.8 މިލިއަނަށްވުރެ ގިނަ އެކައުންޓު ވަނީ ފުހަަލައިފައި. ފޮޓޯ/ގެޓީ

ވަޓްސްއެޕްގައި މީހުންނަށް އޮޅުވާލައި މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ބެލެވޭ 6.8 މިލިއަނަށްވުރެ ގިނަ އެކައުންޓު ބޭނުންނުކުރެވޭ ގޮތް ހަދައިފިއެވެ.

ވަޓްސްއެޕް ހިންގާ މެޓާއިން ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ބްލޮކްކުރި 6.8 މިލިއަން އެކައުންޓްގެ ތެރޭގައި ގިނައީ ދެކުނު އިރުމަތީ އޭޝިއާގައި އިންތިޒާމުކޮށްގެން ކުށް ކުރާ ޖަމާއަތްތަކުން ހިންގާ އެކައުންޓްތައް ކަމަށެވެ. އެ އެކައުންޓުތަކުގައި ގިނަ ފަހަރަށް މީހުން ލައްވާ މަޖުބޫރުކޮށްގެން މަސައްކަތް ކުރުވާ ކަމަށްވެސް މެޓާއިން ބުންޏެވެ.

އެ ބަޔާން ނެރެފައިވަނީ ވަޓްސްއެޕުން ސްކޭމްތައް ހުއްޓުވަން އާ ފީޗާތަކެއް ވެސް ތައާރަފުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރޭގައި އަމިއްލަ ކޮންޓެކްޓް ލިސްޓުގައި ނެތް މީހަކު، ވަޓްސްއެޕް ގްރޫޕަކަށް އެ މީހާ އެޑް ކުރުމުން އެނގޭ ފީޗާއެއްވެސް ހިމެނެއެވެ.

މި ފީޗާ އަމާޒުކޮށްފައިވަނީ ވަޓްސްއެޕް އެކައުންޓްތައް ހެކްކޮށް ނުވަތަ ފޭކް އިންވެސްޓްމަންޓް ސްކީމްތަކާއި އެހެނިހެން ސްކޭމްތައް ޕްރޮމޯޓްކުރާ ގްރޫޕް ޗެޓްތަކަށް ޔޫޒަރުން އިތުރުކުރުމުގެ އުކުޅުތައް ދެނެގަތުމަށް ޓަކައެވެ.

ބީބީސީގެ ރިޕޯޓެއްގައިވާ ގޮތުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ މިޔަންމާ، ކެމްބޯޑިއާ އަދި ތައިލެންޑްގައި އެތައް ބިލިއަނުން މީހުން ސްކޭމް ކުރާ ހަރަކާތްތައް ހިންގައެވެ.

comment ކޮމެންޓް